މިދިޔަ ހަފުތާގައި ތުރާކުނުގެ ބޭރުން އޮޔާދަނިކޮށް ފެނުނު ލަންކާގެ މަސް ބޯޓު ހއ. އުލިގަމު ބަނދަރުގައި އަޅާފައި: ލަންކާގެ ދެ މަސް ބޯޓެއް ދިވެހި ސިފައިން ވަނީ ހޯދާފައި
13 ޖެނުއަރީ 2017 - 20:23
ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުގެ މީހުން މިރޭ މާލެ ގެނެސްފި އެވެ.
އެ މަސްބޯޓު ހޯދަން ލަންކާ ސަރުކާރުން ރާއްޖޭގެ އެހީތެރިކަމަށް މިދިޔަ ހޯމަ ދުވަހު އެދުމުން، ކޯސްޓް ގާޑުން ފެށި މަސައްކަތުން އެ ބޯޓު ފެނުނީ ބުދަ ދުވަހުގެ ރޭ ފަތިހު، މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން އޮޔާ ދަނިކޮށެވެ.
އޭރު ބޯޓުގައި ހަތަރު މީހުން ތިބި އިރު އޭގެ ތެރޭން އެކަކުގެ ހާލު ދެރަ އެވެ. ސިފައިންނަށް ބޯޓު ފެނުމުން ކަފު ޖަހައިގެން ހދ. ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި މިރޭ އެ މީހުން މާލެ ގެނައީ ކުޅުދުއްފުށީގައި އިއްޔެ މަޑުކުރުމަށް ފަހު އެވެ.
ސިފައިންގެ އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކުގެ ހާލު މާ ބޮޑަށް ދެރަވީ މާ ބޮޑަށް ބަނޑުހައިވުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ލަންކާގެ އެހެން ބޯޓެއް ވެސް ހއ. ތުރާކުނު ބޭރުން އޮޔާ ދަނިކޮށް ވެސް މިދިޔަ ހަފުތާގައި ފެނިފައިވެ އެވެ. ދެ މީހުންނާ އެކު ފެނުނު އެ ބޯޓުގައި ތިބި އިތުރު ހަތަރު މީހަކު ގެއްލިފައިވާ ކަމަށާއި އެ މީހުން ހޯދުމަށް ދިވެހި ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެ އެވެ.
މި ދެ ބޯޓު ހޯދައި، މީހުން ސަލާމަތްކޮށްފައިވާތީ ލަންކާގެ ސަފީރު އަސޯކާ ތޮރަޑެނިޔަ މިއަދު ވަނީ ދިވެހި ސިފައިންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ދިވެހި ސިފައިން އެކަން ކުރީ އަމިއްލަ ކަމެއް ކަމުގައި ދެކިގެން ކަމަށާއި އެ މީހުން ހޯދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މި ދެ ބޯޓުގެ އިތުރުން ލޭނު އަޅަން ނުކުމެ އުޅުނު ބޯޓެއްގައި އަލިފާން ރޯވުމުން އޭގައި ތިބި ނުވަ މީހުން ވެސް ރޭ ސިފައިން ވަނީ މާލެ ގެނެސްފަ އެވެ. ގދ. ތިނަދޫ ބޭރުން ފެނުނު އެ ބޯޓުގައި ދިވެއްސަކާއި އިންޑޮނޭޝިއާގެ އަށް މީހުން ތިއްބެވެ.
ބޯޓުގައި ރޯވެ، ފަޅުވެރިންގެ ހަބަރެއް ނުވުމުން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ކުރަނިކޮށް އެ މީހުން ހޯދީ އެ ކުންފުނީގެ އެހެން ބޯޓަކުން އޭގެ 12 ގަޑިއިރު ފަހުންނެވެ. އޭރު އެ މީހުން ތިބީ ބޯޓުން ފުންމާލައި ކަނޑުމަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ
16 January 2017
އަސްލުގައި ދެރަވާން ޖެހޭ ސަބަބަކީ ބަގާވާތެއްކުރެވިފައި އޮތީމަ.. އެހެން ނޫން ނަމަ ވަރަށް ލޯބި ވާންޖެހޭ ބައެއް ތީ....
2ކޭ3
14 January 2017
ދިވެހި ސިފައިންނަށް އައްސަރި ބަހާއި ސާބަސް
ޙަސަން
13 January 2017
ކޯސްޓްގާޑުގެ މަސައްކަތައް ސާބަސް. ކިތަންމެ ބުރަމަސައް ކަތެއް ރެޔާދުވާލު ކުރިއަސް މިގައުމުގަ އުލެނީ ބަދުބަސްބުނާ މީހުން. މީގެ ދެތިންމަސް ކުރިން ކ.ވާދޫ ރިސޯތުން ގެއްލުނު ޗައިނާގެ ދެ ފަތުރުވެރިންވެސް ކޯސްޓްގާޑުން ވަނީ ހޯދައި ސަލާމަތްކޮއްފަ. ކޮބައިތޯ ކަނޑުގަދައިރު ބަލިމީހުން އުފުލުމަށް ކުރާމަސައްކަތް. ތަނެއަދޮރެއަ ނުބަލަންނާ ރަނގަޅު އެއްވެސް ކަމެއްނުފެންނާނެ
ރޯނުަައެދުރު
13 January 2017
ކިތަންމެ ބަޔަކު މި ކޮމެންޓަށް ޑިސްލައިކު ކުރިޔަސް އަދު ގެ ސަރުކާރަށް ގޮވާލަން ވީ އެންމެ އަވަހަކަށް އެމްއެންޑީއެފް ގެ އެއާ ވިންގް އަށް ވައިގެ ވަސީލަތްތަަށް އިތުރުކުރުމަށް އަދި ދިވެހި ޕައިލެޓުން ތަމްރީނުކުރުމަށް... މިފަދަ ސާރްޗް އެންޑް ރެސްކިއު އޮޕަރޭޝާން ތަށް ކާމިޔާބު ކުރުމަށް އޭރަށް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ...ރާއްޖޭގެ ކަނޑު ގެ ސަރަހައްދު ބޮޑުކަމާއެކު ހުރި ވަސީލަތްތަކުން މިމީހުން ހޯދުމަށް ކޯސްޓް ގާރޑް ސެއިލަސަރުން ކުރީ އަގުވަޒަން ކުރަންޖެހޭ ވަރު މަސަތްކަތެއް...ދިވެހި ސަރުކާރަށް ގޮވާލަން ކަނޑު ގެ ސަރަހައްދު ބޮޑު ކަމާއެކު ކޯސްޓު ގާރޑް ފުލީޓް ވަރުގަދަ ކުރުމަށް މަނަވަރެއް ހޯއްދެވުމަށްވެސް...ޖޮބް ވެލް ޑަން ސެއިލާރސް