15 ޑިސެމްބަރ 2022 - 12:14
އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ، އދ.ގެ ކޮމިޝަނުން އީރާން އިއްޔެ އިން ފެށިގެން ބޭރުކޮށްލައިފި އެވެ.
އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އިން އީރާން ބޭރުކޮށްލީ، އެ ގައުމުގެ އަންހެނުންގެ ހައްގުތައް އީރާން ސަރުކާރުން ތަކުރާރުކޮށް ނިގުޅައިގަންނަމުންދާ މައްސަލައިގަ އެވެ. އެ ކޮމިޝަނުން އީރާން ބޭރުކޮށްލުމަށް ގޮވާލައި، ޖުމްލަ 54 މެންބަރު ގައުމު ހިމެނޭ، އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް އެމެރިކާ އިން ހުށަހެޅި ގަރާރު، ފާސްވީ 29 ގައުމުގެ ތާއީދާ އެކުގަ އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ އަށް ގައުމެވެ. ވޯޓުގައި 16 ގައުމު ބައިވެރިނުވެ އެވެ.
ސީއެސްޑަބްލިޔޫ އިން އީރާން ބޭރުކޮށްލުމަށް ފާސްކުރުމާ ގުޅިގެން، އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިކަން ކޮށްދިނުމަށް އެދި އީރާންގެ އަންހެނުންނާއި، އަންހެނުންގެ ހައްގުތަކުގެ ހިމާޔަތުގައި އުޅޭ ހަރަކާތްތެރިން އެމެރިކާގައި އެދިފައިވާ ކަމަށެވެ. އެހެންކަމުން މިއަދު މިވަނީ އެކަންތައް ކޮށްދެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
A powerful reminder of the systematic brutality and violence against women by the Islamic Republic. Appalling for a regime that tortures, rapes and kills women and girls to have ever been elected to the UN Commission on the Status of Women. #MahsaAmini #IranRevolution pic.twitter.com/hK5PSbDDVh
— Dr. Nina Ansary (@drninaansary) December 14, 2022
އިކޮނޮމިކް ކައުންސިލްގެ މި ނިންމުމާ ގުޅިގެން އީރާނުން ބުނީ އެއީ ނާއުންމީދީ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އެ ގާއިމުކުރެވެނީ ނުބައި އާދައެއް ކަމަށް ވެސް އީރާނުން ބުންޏެވެ. ސީއެސްޑަބްލިޔޫ އިން އީރާން ބޭރުކޮށްލުމަށް ނިންމި ނިންމުން ދެމިއޮންނާނީ، އެ ކޮމިޝަންގެ މިހާރު ހިނގަމުންދާ ދައުރު 2026 ގައި ހަމަވުމާ ހަމައަށެވެ.
އަންހެނުންގެ ހައްގުތަކާ ބެހޭ، އދ.ގެ ކޮމިޝަނުން އީރާން މި ބޭރުކޮށްލީ، އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން، އެ ގައުމުގެ އަންހެނުން އިސްވެ ކުރަމުންދާ މުޒާހަރާތައް ރޫޅައިލުމަށް ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.
އީރާންގެ ސަރުކާރާ ދެކޮޅަށް އީރާންގައި މުޒާހަރާތައް ފެށުނީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އާންމު ތަންތަނުގައި އުޅޭ އިރު ބުރުގާ އަޅަންވީ ގޮތުގެ ގާނޫނެއް އުފައްދައި އެ ގައުމުގައި އަމަލުކުރަން ފެށީ، 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިސްލާމީ އިންގިލާބަށް ފަހުގަ އެވެ. އަންހެނުން މަގުތަކަށް ނުކުންނަނީ އެ ގާނޫނާ އެއްގޮތަށް ހެދުން އަޅައިގެންތޯ ބެލުމަށް، އަޚުލާގީ ފުލުހުންގެ ނަމުގައި، އެ ގާނޫނުގެ ދަށުން، ފުލުހުންގެ ވަކި ޔުނިޓެއް އުފައްދައި، އެ ގާނޫނު ތަންފީޒުކުރަމުން ދެ އެވެ.
ނަމަވެސް މަހްސާގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް މުޅި އީރާނަށް ފެތުރި، ހަމަނުޖެހުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މެދުކަނޑާލައި، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު މުރާޖައާ ކުރަން، އީރާން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގާނޫނުގައި ހުރި ކަންކަމުގެ ތެރެއިން، ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވަނީ، އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު ބޮލުގެ އިސްތަށިގަނޑު ނިވައިވާ ގޮތަށް އަންހެނުން ބުރުގާ އެޅުން މަޖުބޫރުކުރާ މާއްދާތަކާ މެދުގަ އެވެ.
އީރާންގެ ބަންޑާރަ ނާއިބު މުހައްމަދު ޖައުފަރު މުންތަޒިރީ ވިދާޅުވި ގޮތުގައި ބުރުގާގެ މައްސަލައިގައި ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގިޔަސް، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު އުވައިލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. ނަމަވެސް އީރާންގެ ގާނޫނު ހަދާ މަޖިލީހުންނާއި އެ ގައުމުގެ ޝަރުއީ ދާއިރާ އިން، އެ ގާނޫނު އަލުން މުރާޖައާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްސާގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ހާހަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، އިންގިލާބީ ކޯޓުގައި ޝަރީއަތް ހިންގައި، ބައެއް މީހުންގެ މައްޗަށް މިހާރު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ފަސާދަ އުފެއްދުމާއި، "މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ ކުށް" ސާބިތުވެ މަރުގެ ހުކުމް އިއްވި މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ދަން ޖައްސައި މަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުތާގެބޭބެ
19 December 2022
ހުޅަގާއި އެމެރިކާއިން އުޅެއުޅެގެންވެސް އަދި އަތްލާނުކެރި އުޅޭގައުމަކީ އީރާން. އެގޮތުން ކޮއްޓާކޮއްޓުން ތަކެއްމީ. މުސްލިމު ގައުމެއް ވިއްޔާ މިޖެހެނީ މިމީހުންނަށް އަޅުވެތިވާން ނޫނީ ގައުމުގެ މުއްސަދިކަން ފޭރިގަންނަނީ އެއްގޮތަކަށްވެސް ދުލެއްދޭނެކަމެއްނެތް. އީރާނަށް އަންހެނުންގެ ހައްގުތައް އިންސާނީ ހައްގު ކިޔާދޭން ކުރިއަރުވަން އަލިފުދާލެއްގެ ބޭނުން މުހިއްމެއްނުވާނެ
އަފްރާސިޔާބު
16 December 2022
ޢެމެރިކާގެ އިންސާނީ ހައްގުތައް ދީފާ އޮތްގޮތަކީ އެއްމަގާމެއްގައި އެމެރިކާގެ ސިފައިންގެ ތެރޭގައި ތިބޭ އަންހެނުންގެ މުސާރަ ފިރިހެނެއްގެ މުސާރައަށްވުރެ 1/3 ކުޑަ. އެކަމާ އަންހެން މުވައްޒަފުން އިހުތިޖާޖު ކުރީމާ ބުނީ އާންމުގޮތެއްގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ވިސްނުން ކޮށިވީމާ އެތަފާތު ގެންނަންޖެހެޔޭ. އެހެންނޫނީ ޑިސިސަން މޭކަރުން ލިބުން ދަތިވާނޭ ފިރިހެނުން އުފައްދަވާފައިވަނީވެސް ހާޑް ވޯކިންގ އަށް ފިޓްވާ ގޮތަށޭ.
މުގާބޭ ބެ
16 December 2022
ތި މެދުއިރުމަތީ ގައުމުތަކަކީ މިދުނިޔޭގެ ހަލާކު
އދ
15 December 2022
ގާނޫނު ހަދައިގެން ބަޔަކު ވަކިގޮތަކަށް ހެދުން އަޅުވާ ބަޔަކު ލައްވާ ވަކިދީނަކަށް އުޅެން މަޖުބޫރުކޮށްގެން އެދީނެއްގަބޫލުކުރާބަޔަކު ވޭތޯ އިސްލާމުންގެ ތެރެއިން ނުވޭދޯ؟ ޢެހެންކަމަށްވާނަމަ ކޮން މޮޔަކަމެއްތޯ ތިކުރަނީ؟ އޭނާގެ އަމިއްލަ ބުއްދިން ދީންގަބޫލުނުކުރާމީހަކު ޖަލައްލާތީ ނަމާދުކުރަނީ ބޯކަނޑާތީ ދީންގަބޫލުކުރަނީ މިގޮތައް މަޖުބޫރުން ދީނެއްގަބޫލުކުރުވުމުކީ މޮޔައިންވެސް މަލާމަތްކުރާކަހަލަ ކަންކަން
ރަމްޒާން
15 December 2022
އީރާން ނޫން ގައުމެއް ނޯންނަނީތަ ދުނިޔޭގެ ތި ޖައްބާރު ހުދުމުޙުތާރު ސައޫދީގެ ވާހަކަ ދައްކަބަލަ ސައޫދީ ސަރުކާރައް ފާޑުކިޔާފިޔަސް އޮންނަނީ މަރުގެ ހުކުމް މީ ކޮންކަހަލަ އިންސާފެއް ހުޅަނގާ އެމަރިކާގެ ދުޝްމިނެއް ކަމުގައިވާނަމަ ކޮންމެކަމެއްވެސް އޮންނަނީ ފަލްސުރުހީގައި
ހަސަނު
15 December 2022
އދ ގެ އަންހެނުންނާ ބެހޭ ކޮމިޝަންގާ އިރާނު، އިންސާނީ ހައްގު ތަކާ ބެހޭ ކޮމިޝަނުގާ ސައުދީ އަރަބިއްޔާ.. މީ ކިހިނެއްވާ ކަމެއް؟