މަޖިލިސް ކޮމިޓީއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ: ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހެން މަސައްކަތް ކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
19 ޑިސެމްބަރ 2022 - 10:30
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެން އުޅެނިކޮށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަނިކޮށް މިއަދު މަރުވި، އަބޫބަކުރު ފައިސަލް ދަންޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން އަދިވެސް ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހައި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓާ ދަންޖެހެން މަސައްކަތް ކޮށްފައި ވަނީ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަން ޖެހުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ދަންޖެހެން މަސައްކަތްކުރުމުން ވެންޓިލޭޓަރުގައި އޮންނަތާ ހަ ދުވަހަށް ފަހު ފައިސަލް މަރުވީ މިއަދު ހެނދުނު އެވެ.
ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ފައިސަލް މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ކުރާ ތަހުގީގު ހުއްޓާ ނުލާނެ ކަމަށެވެ.
"އެ ގޮޅިއަކީ ރައްކާތެރި ގޮތަށް ހުރި ތަނެއްތޯ ބަލާނެ. ފައިސަލް ދަންޖެހެން މަސައްކަތް ކުރި ހާދިސާ ހިނގީ ކިިނެތްތޯ ބެލުމަށްކުރާ ތަހުގީގު ވެސް ކުރާނެ. ހުއްޓައެއް ނުލާނެ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅު އެ މައްސަލާގައި ބުނެފަައި ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެފަދަ ނުރައްކާތެރި ކަމެއް ހިނގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ.
20 December 2022
ވަލީދު ބުން މިޤީރާގެ ސިސާސީ ފިކުރު ދުވަހަކުވެސް ހަޤީޤަތަކައް ބަހެއް ނުބުނާނެ
އިހްސަަސް
19 December 2022
ދީނީ ކާޑުކުޅެގެން ބޮޑު މަގާމުލިބުނީމަ އޭގެ ކުރިން ދައްކަމުންއައި ވާހަކަތައް މަތިން ހަނދާން ނެއް މީހެއް. ޢިސްތިއުފާދީ.
ޢެމެރިކާ
19 December 2022
ކޮރަޕްޓު މީހުން އަދާލަތު ޕާޓީގަ ގިނަވެއްޖެ
ޝޮކްތެރަޕީ
19 December 2022
އަދާލަތު ޕާޓީ އިންޑިޔާއިން ގަނެލީ.
ސަޅި
19 December 2022
ތަހުގީގައި ހެކި ހޯދަނީ ހޮވަފެން ބަލައިގެން ތޯ
ހުވަދޫ އަލިބެއްޔާ
19 December 2022
ދަންޖެހުނީއޭ ބުނެ ނިންމާލީމާ ރައްޔިތުން ޤަބޫލު ކުރަންވީތޯ؟؟؟
1828
19 December 2022
ކިތައްމެވަރަކަށް ތަހުޤީޤްކުރިޔަސް ދެން އަނބުރައެއް ނާންނާނެ، ނުގެނެވޭނެ.
ރަދީފްއޮފިޝަލް
19 December 2022
ލަދު ކޮބާ؟؟/
ކަރާބެ
19 December 2022
އެހެންތަ ދެން ކުއްވެރިވާނީ ޔާމިން ދެއްތޯ ފައިސްލް ދަންޖެހުމުގެ ކުރިން ޕޮލިހުން ބުންޏޯ ފައިސަލް ބުންނޭ އަޑިގަހުރީ ޔާމީނޭ ބުންޏޭ ލޮލް
މަރުވީމަ މާއަޅާލާކަމައް ހެދިފަ، 5 އަހަރު ދުވަހު ހޫނ ކިޔާފަ
19 December 2022
ރެސްޓް އިން ޕީސް. ދިރިހުންނަ އިރު އަބަދުމެހެ ހަނގުރާމަ، ވޯރ އަންލިމިޓަޑް