ފުލުހުން ދޫނިދޫގައި މިދިޔަ އަހަރު ފުލުހުން ޑްރަގް ނައްތާލަނީ. އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ޑްރަގްގެ 264.93 ކިލޯގެ ޑްރަގް ނައްތާލި -- ފޮޓޯ: ނިޝާން އަލީ/މިހާރު
19 ޑިސެމްބަރ 2022 - 10:25
ޑްރަގް ގެންގުޅެ އެ ތަކެތީގެ ވިޔަަފާރިކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު އޭނާ އަތުން ފެނުނު ތަކެއްޗަކީ ޑްރަގް ނޫން ކަމަށާއި ގޮދަން ފުށް ކަމަށް ކޯޓުގައި ބުނެފި އެވެ.
އައްޑޫ މަރަދޫގެ، އުމުރުން 32 އަހަރުގެ އެ މީހާ ޑްރަގް ކަމަށް ޝައްކު ކުރެވޭ ތަކެއްޗާ އެކު ހައްުޔަރުކޮށް ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުގައި ފުލުހުންނަށް ވަނީ އޭނާ ލައިގެން ހުރި ޖިންސުުގެ ވައަތް ފަރާތުގެ ކުރިމަތީ ޖީބުން ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފަ އެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ދިފާއުގައި ބުނެފައި ވަނީ ޖީބުން ފެނުނު ތަކެއްޗަކީ ރައްޓެއްސަކަށް ލަނޑެއް ދޭން ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ.
ކޯޓު އަމުރުގައި ވަނީ ފެނުނު ޑްރަގް ކަމަށް ޝައްކު ކުރެވޭ ތަކެއްޗަކީ ގޮދަން ފުށް ކަމަށް އޭނަ ބުނާތީ އެ ތަކެތި އަވަހަށް ތަހުލީލު ކުރުން މުހިންމު ކަމަށެވެ. ތުހުމަތުވާ މީހާ އަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑުތައް ހުރި މީހެކެވެ. އަދި އޭނާ ބަންދުކުރި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި މި މަރުހަލާގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
އެ މީހާ ކޯޓުގައި އެދުނީ ވަކީލަކާ އެކު ކުރިއަށްދިޔުމަށެވެ. އެހެންވެ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށް، ގާޒީ ސޮފްއަތު ހަބީބު ނިންމެވީ ތުހުމަތުވާ މީހާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަހީދުބެ
20 December 2022
އެސްޓީއޯއިން ވިއްކާ ހަކުރު މަރަދުއަށް އެތެރެކޮށް އެވިޔަފާރިން ނަފާވެ، އޭނަ މިހާރު ފުށް ވިއްކަން އެފެށީ. އޭނަ ދޫކޮށްލާ.
ޖަލީލީ
19 December 2022
މަންމަ ބުނެގެން ހެނދުނު ރޮށި ފިހާނެ ފުއް ހުސްވެފަ ހުރުމުން ޒުވާނާ ދިޔައީ ފުއް ގަންނަން ފިހާރައަށެވެ. ފުއް ގަނެގެން ފިހާރައިން ނިކުންތަނާ ފުލުސް އޮފިސަރު އައިސް ހިފަހައްޓާ ޗެކް ކޮށްފިއެވެ އަދި މަސްތުވާތަކެތީގެ ދައުވާވެސް ސޯލިހު ޒުވާނާގެ މައްޗަށް އުފުލައިފިއެވެ. އެއީ ގޮދަން ފުށް ކަމުގައި ވާތީ ދޫނީރާއްޖޭގެ އިސް ކޯޓްގެ ގާޒީ ނިންމެވީ ފަންސުރާއި އުންސުރު ވެސް މައްސަލައިގައި ހަމަ ނުވާތީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. ވާހަކަ ނިމުނީ
ގުރާ
19 December 2022
ދެން ފެންނާނީ ތިމީހާ ދަންޖެހިފަހުއްޓާ!
އަހައްމަދޫ
19 December 2022
ހައްހައް. ދެން ދޫކޮށްލާނީކީ ނޫން
ޙަބީބު.
19 December 2022
ފުލުހުންގެ ތެރޭގަ އެބަތިބި އަތުލާ ޑުރަގް ބޭރައް ނެރެވިއްކާ ފުލުހުން ކިހިނެއްތޯ އެނގެނީ ފުއްޕެކެޓެއް ވައްދާފަ ހަކުރުޕެކެޓު ވިއްކާލީމަ ޑުރަގްޔުނިޓުން ނޫސްiވެރިންނާ ބޮޑުން އެއްކޮއްފަ ކީހުކުނޑިޔާ ގޮދަންފުށާ އެންދީމަ ހުރިހާކަމެއް ނިމުނީ މިއޮތީގައުމެއް
ޒަންޒަންސޯ
19 December 2022
ދެންފޭކު އިންޓެލްރިޕޯޓެއް ހަދާފަ ވާނުވާ ޖަހަ ، މީވާ ގައުމެއް.
ރަދީފްއޮފިޝަލް
19 December 2022
ބަދިގޭގަ މަންމަ ގެންގުޅުން ފުށް ކޮތަޅު ލެވުނީ ޖީބަށް ދޯ.!! ލަދު ކޮބާ ގޮދަން ފުށޭ ކޮމާންޑޭ ކިޔަން.