ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނު ހަދަނީ.--ފައިލް ފޮޓޯ: މިހާރު
14 ޖެނުއަރީ 2017 - 18:34
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އަންނަ ބުދަ ދުވަހުން ފެށިގެން ދޫކުރުމަށް ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ބޭއްވި ކޭމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ސްލިޕް އަންނަ ބުދަ ދުވަހުން ފެށިގެން ފެބްރުއަރީ 6 ގެ ނިޔަލަށް އެ ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ދޫކުރާނެ އެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި ނަތީޖާގައި އެއްވެސް މައްސަލައެއްވާ ނަމަ، އަންނަ ފެބްރުއަރީ 7 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަން ލިޔުމަކުން ޕަބްލިކް އެގްޒަމިނޭޝަނަށް ހުށަހަޅަން ޖެހެ އެވެ. އަދި ނަތީޖާ ރީ-ޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ފެބްރުއަރީ 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް ވެސް އެދިފައިވެ އެވެ.
ރާއްޖޭގެ އެކި ސްކޫލުތަކުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،033 ދަރިވަރުން ބައިވެރިވި އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނު އެއްކޮށް ބާއްވާފައި ވަނީ ވެސް މިދިޔަ އަހަރުގަ އެވެ. އޯލެވެލް އިމްތިހާނު އާއްމުކޮށް ބާއްވަނީ އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ނަމަވެސް އޭގެ ކުރިން އޭލެވެލް އިމްތިހާނު ބާއްވަމުން އައީ ޖޫން/ޖުލައި މަހުގެ ތެރޭގަ އެވެ.
މި ދެ އިމްތިހާނު އެކުގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ގްރޭޑް 10 ނިންމައި އޭގެ ދުވަސްތަކެއް ފަހުން އޭލެވެލް އަށް ކިިޔެވުމުގެ ފުރުސަތު ލިބޭތީ އެވެ. އެގޮތުން، ދަރިވަރުން ގްރޭޑް 10 ނިންމައި ޖޫން މަހު ފަށާ މަތީ ސާނަވީއާ ގުޅުމާ ދެމެދު ހައެއްކަ މަސްދުވަސް ކުރިން ހޭދަވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔަވާ ކުއްޖެއް
14 January 2017
މަތީ ސާނަވީގެ ކިޔެވުން މިހާރު ފެށެނީ ޖޫން މަހަކު ނޫން. މާރޗް މަހުގައެވެ.
ފްރޮމްދިސް
14 January 2017
އޯލެވެލް ނަތީޖާ ބުދަ ދުވަހުން ފެށިގެން ދޫކުރާ އިރު ޓޫރިޒަމް މިނިސްޓްރީން އިސް ނަގައިގެން ރާއްޖޭގެ ރިސޯރޓް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ދިވެހިން ތަމްރީން ކުރަން އެކުދިންނަށް 2 އަހަރު ދުވަހުގެ ހޭންޑްސް އޮން ޓްރެއިނިންގް ދިނުމަށް ފަހު ދެން އެކުދިންނަށް ލޯން ދީގެން ސިންގަޕޯރ ފަދަ ގައުމަކަށް އެކުދިން ފޮނުވައިގެން އެކުދިން އިންޓަރެސްޓް ވާ ދާއިރާ އަކުން އެންމެ ދަށްވެގެން މާސްޓަރސް ހެދޭނެ ފެންވަރަށް އެކުދިންނަށް ސްކޮލަރޝިޕްސް އާއި އަދި ލޯން އެރޭންޖް ކޮށްދޭން ޓޫރިޒަމް މިނިސްޓަރު މަސައްކަތް ނުކުރަނީ އެއީ ކީއްވެގެން ތޯއެވެ. ރިސޯރޓް ތަކުން އެޕްރެންޓިސް ޝިޕް ޕްރޮގްރާމް އޭ ކިޔާ ޖައްސަނީ ބޮޑެތި ފޭކް ގޭމްސް ތައް ކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެެކަމުގެ ހަގީގަތް އިމާރޖް ވާން ވީ އާންމުން ނަށް. ޓްރުތް ހޭޒު ޓު ކަމް އައުޓް. އޯލް ވީ ބިލީވް އިޒް ދެޓް ޔޫ ޖަސްޓް ހޭވް ޓު ޓޭކް އިނީޝިއޭޓިވް އޮން ދިސް. ފްރޮމް ދިސް މޯމެންޓް އޮން، ފްރޮމް ދިސް މޯމެންޓް އޮން، ޔޫ ގޮޓާ ޓޭކް ކެއަރ އޮފް ދިސް.
ބިލީޖީން
14 January 2017
އޯލެވެލްގެ ނަތީޖާ ބުދަދުވަހުން ފެށިގެން ދޫކުރަނީ އެވެ. ރާއްޖޭގެ އޯލެވެލް ހަދާ ކުދިންތައް މަމެން ޕިންކީންގެ ވެރިކަމުގައި ގެންނަނީ ވޯލްޑް ކްލާސް ނަތީޖާ ތަކެވެ. މިހާރު އޯލެވެލް އިން ޔޫސެޓް ގެންނަ އެއްވެސް ކުއްޖަކު ނުހުންނަ ކަމަށް މަމެންނަށް މައުލޫމާތު ލިބެނީ ދޯ. ޔޫ ނޯ ޔޫ ސްޓަޑީޑް ވެލް އިނަފް. ބޯއިސް އެން ގާރލްސް. ޔޫ ވާރ ހެވިންގް ގުޑް މޯމެންޓްސް އެޓް ދަ ސްކޫލް. ސްޕެޝަލީ ވީ ލައިކް ސައެންސް ސްޓޫޑެންޓްސް އެން ފައިން އާރޓްސް ސްޓޫޑެންޓްސް އެން ބީ ޓެކް ސްޓޫޑެންޓްސް... ގޮނޑިން ކޮއްޅަށް ތެދުވެ ކުޑާ ކޮށް އަތް ޖަހާލާ، އަތްޖަހާލާ، އަތްޖަހާލާ. ޕީޕަލް އޯލްވޭޒް ޓެލް މީ ޔޫއާރ ދަ ވަންސް، ބީ އިން ދަ ވަންސް. ހޯއް، ހޯއް، އޯއް، އޯއް، ޑޫ ތިންގްސް ފައިން. ޑާންސް ޑާންސް ޑާންސް އެން ހޭވް އަމޫން ވޯރކް. މާމާ އޯލްވޭޒް ޓެލް މީ ބީ ކެއަރފުލް ވެން ޔޫ އާރ އައުޓް. ބިލީ ޖީން އިޒް ނޮޓް އަވަރސް ޑާޑާޑަޑަޑާ، ޑާޑާޑަޑަޑާ، ޑާޑާޑަޑަޑާ..
ޝާމް
14 January 2017
ސަރުކާރަށް އެނގެންއެބަޖެހޭ ނަތީޖާއަކީ ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ ބުރަ މަސައްކަތުގެ ނަތީޖާކަން. އެއީކީ ވަކި މިނިސްޓަރ އަކު މަގާމުގަ ހުންނާތީ ލިބޭ ނަތީޖާއެއް ނޫން. ތައުލީމީ މުދައްރިސުންގެ އަގުވަޒަންކޮށް އެބޭފުޅުންނަށް ލިބޭ އުޖޫރަވެސް އެބަޖެހޭ ރަނގަޅުވާން. މުޅި ގައުމުގެ މުސްތަގުބަލު އުޖާލާ ކުރަންތިބީ މުދައްރިސުން.
އެނގިހުރިމީހާ
14 January 2017
އޯލެވެލް ނަތީޖާ ބުދަ ދުވަހު ދޫކުރަން ފަށަނީއެވެ. އިރާދަ ކުރެއްވިއްޔާ ކުރީ އަހަރަށްވުރެ ނަތީޖާވެސް ރަނގަޅު ވާނެއެވެ. އެކަމަކު ކުރިމަތިވެގެން އަންނަން އޮތީ ތައުލީމީ ދާއިރާއަަށް މިހާތަނަށް ކުރިމަތިވާ އެންމެ ކަޅު ދުވަސްތަކެވެ. މީގެ ތިން މަހެއްހާ ދުވަސްފަހުން ސްކޫލްތަކުން އެތަކެއް ޓީޗަރުންގެ ވަޒީފާ މަދުކޮށް، ބާކީތިބި ޓީޗަރުންނަށް ހިންދަމާ ނުލެވޭވަރަށް މަސައްކަތް އިތުރު ކުރުމުގެ ޕްލޭން ބާރަށް އެހަރެގެން ކުރިއަށް ދަނީއެވެ. މިކަމެއްކުރާ ބަޔަކަށް ހީވެފައި އޮންނަނީ ޓީޗަރުންނަކީ ޓައިމްޓޭބަލްގައި އޮންނަ ވަކި ޢަދަދަކަށް ގަޑިނަގަން އެކަނި ތިބޭ ބައެއްކަށެވެ. އެހެންވީމާ ސިވިލްސަރވަންޓުން ދުވާލަކު 6 ގަޑިއިރު ރަސްމީގަޑީގެ ގޮތުގައި އޮންނާތީ ކޮންމެ ދުވަަހަކު ހަގަޑިއިރު ޓީޗަރުވެސް ހުންނަންވާނީ ކްލާހުގަޔޯލައެވެ. އެވެރިން ހިތުން ދެން ކުރަންޖެހޭ ރަސްމީ އެހެންކަމެއް ޓީޗަރުންގެ ނޯވެއެވެ. ގްރޭޑް 10 ގައި އޯލެވެލްއަށް ތައްޔާރުވާ ދަރިވަރަށް ޓީޗަރު ނަގައިދޭނީވެސް ޓައިމްޓޭބަލްގައި އެ އޮންނަ ޢަދަދުގެ ގަޑި އެކަންޏޯލައެވެ. މިހާރުވެސް އިތުރު ޙަރަކާތްތަކާއި އިތުރު ގަޑިތައް ޓީޗަރުންލައްވާ ނަގުވަނީ ވަޒީފާއާ ބެހޭ ޤާނޫނުގައި ބުނާ ގޮތަށް އިތުރުގަޑިވެސް ނުދީއެވެ. އާއެކެވެ. 10 ޕަސެންޓް ދެއެވެ. އެކަމަކު އެއަށްވުރެ އިތުރުވެ ބަންޑުންވާ ވަރަށް ކުރާ މަސައްކަތް ކުރުވަނީ ގާނޫނާ ހިލާފަށެވެ. މިވަރުން ދާއިރު މީގެ ތިންމަސް ފަހުން ރާއްޖޭގެ އެތައް ސްކޫލަކުން އެތައް ޓީޗަރުންނެއްގެ ވަޒީފާ އުނިކުރަނީ ސްކޫލްތަކުގައި ކުރާނެ މަސައްކަތެއްނެތި ޓީޗަރުންތައް ތިބޭތީ ޔޯލައެވެ. އަޖައިބު ހީވެއެވެ.