ބާ ކައުންސިލްގެ ރައީސާއި މެމްބަރުން: ވަކީލުންނާއި ލޯ ކިޔަވައިދޭ މަރުކަޒުތަކުގެ އަތުން އަންނަ އަހަރު ފީ ނަގަން ފަށަން އެ ކައުންސިލުން ވަނީ ޚިޔާލަށް ހުޅުވާލާފައި --- ފޮޓޯ/މިހާރު
21 ޑިސެމްބަރ 2022 - 15:30
ގާނޫނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމާ މެދު ބާ ކައުންސިލުން ޚިޔާލަށް ހުޅުވާލައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނު އޮންނަ ގޮތުން ބާ ކައުންސިލަށް އާމްދަނީ ހޯދުމަށްޓަކައި ފީތަކެއް ނެގުމުގެ ބާރު އޮވެ އެވެ. އެކަމަކު ވަކީލުންގެ ލައިސަންސް އާ ކުރުމުގެ ފީ ނެގެން އޮންނަނީ 2024 ވަނަ އަހަރުގެ ފަހުންނެވެ.
ބާ ކައުންސިލުން އާމްދަނީ އިތުރުކުރަން ފީތަކެއް ނެގުމަށް ޚިޔާލަށް ހުޅުވާލީ ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް ލިބޭ ބަޖެޓުން އެންމެ ފުރިހަމައަށް މަސައްކަތްތަކެއް ނުކުރެވޭނެތީ ކަމަށް އެ ކައުންސިލުން ނެރުނު އިއުލާނުގައިވެ އެވެ.
ބާ ކައުންސިލުން ހުށަހަޅާފައިވަނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމަށެވެ. އެ ކައުންސިލުން ފީ ނަގން ހުށަހަޅާފައިވަނީ ތިރީގައިވާ ގޮތަށެވެ.
- ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ހޯދާނަމަ 6،000ރ. ގެ ފީއެއް
- ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް 4،000ރ.
- ލޯފާމް ރަޖިސްޓްރީ ކުރުމާއި އަހަރީ ފީއަށް އަހަރަކު 3،000ރ.
- ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް އެޕްރޫވްކުރަން ފަހަރަކު 50،000ރ.
- ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް ރީ އެޕްރޫވްކުރަން ފަހަރަކު 50،000ރ.
- ބިދޭސީ ވަކީލުން ދަށު ކޯޓުތަކަށް ދިއުމުގެ ހުއްދައަށް ކޮންމެ މައްސަލައަކަށް 20،000ރ.
- ބިދޭސީ ވަކީލުން ހައި ކޯޓަށް ދިއުމުގެ ހުއްދައަށް މައްސަލައަކަށް 20،000ރ.
- ބިދޭސީ ވަކީލުން ސުޕްރީމް ކޯޓަށް ދިއުމުގެ ހުއްދައަށް ކޮންމެ މައްސަލައަކަށް 20،000ރ.
- ވަކީލުންގެ ކާޑު ހެއްދުން އަދި އާކުރުމަށް ފަހަރަކު 500ރ.
- ލައިސަންސް ގެއްލިގެން އާކުރަން ފަހަރަކު 500ރ.
- ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ލައިސަންސް ހޯދަން އަދި އާކުރަން އަހަރަކު 2،500ރ.
މިގޮތަށް ފީ ނަގާނަމަ، އެ ކައުންސިލަށް އިތުރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
މީގެ އިތުރުން ބާ ކައުންސިލުން ހުށަހަޅާފައިވަނީ ވަކީލުންގެ ލައިސަންސް އަހަރަކު އެއްފަހަރު އާ ކުރަންޖެހޭ ގޮތަށް ހެދުމަށްފަހު ޖޫން، 2024 އިން ފެށިގެން 3،000ރ. އާއި 7،000ރ. އާ ދެމެދުގެ އަދަދެއް އެކަމަށް ވެސް ނެގުމަށެވެ.
މި އަގުތަކާ މެދު އަންނަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ބާ ކައުންސިލަށް ޚިޔާލު ފޮނުވަން އެ ކައުންސިލުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާންޗޯ ވަކީލު
27 December 2022
ރަނގަޅު ކަމެއް، ވަކީލުންނަށް ދޭ ލައިސަންސް އަކީ އަހަރުން އަހަރަށް ފީ އެއް ނަގަންޖެހޭ އެއްޗެއް؛ ލައިސަންސް ދޫކުރުމަކީވެސް ޚިދުމަތެއް؛ ފީ ދައްކަން ބޭނުން ނުވަންޏާ ލައިސަންސް ނުނަގަ!! ލައިސަންސް ނުނަގަވެސް ޤާނޫނީ މަސައްކަތްކުރެވޭނެ!!
ޥިޝާމް
22 December 2022
ފެލުން ނޫން ކަމެއް ނުކުރޭ. ލޯޔަރުންގެ ޙައްޤުތައް ކަށަވަރުކުރަން ހެދިތަނުން އެމީހުން ފެލުމާ ޖެއްސުން ކުރުން. ފޮނިވަހަކަ ދައްކާފަ ޖޮވުނީމަ ކުރާކަމެއް ނެތް.
ހޭޓަރ
22 December 2022
މާލެ ރިޗް ކިޑްސްއަށް ސަރުކާރު އޮފީސް ހިންގަން ހަވާލުކުރީމަ ވާނީމިހެން
ނަންހާމަ ނުކުރާ ވަކީލު
22 December 2022
ވަކީލުން އަތުން އެއްޗެއް ނެގުން ރަނގަޅު. އެކަމަކު އެކަން އޮންނަންވާނީ ވަކީލުން ޕްރެކްޓިސް ކުރާ ނިސްބަތެއްގެ މައްޗަށް ނުވަތަ އެ ވަކީލަކު ވަކާލާތުކުރާ ކޭސްތަކުގެ ނިސްބަތަށް ބެއްލެވުމަށްފަހު. މިހެން މި ދެންނެވީ އަޅުގަނޑަކީވެސް ވަކީލެއް. އެކަމަކު ސަރުކާރުގެ ވަޒީފާގައި އުޅޭތީ ދެވެނީ ވަރަށް މަދު ކޭސްއަކަށް. ތެދަށް ދަންނަވަންޏާ މަސް ނިމޭއިރު ކިރިޔާ ދަރަނިވެރި ނުވެ ގޭގެ ބިލްތައް ދެއްކުމަށްފަހު ކައިގެން އުޅެވެނީ. ބާ ކައުންސިލާ މެދު ނާއުއްމީދުވެއްޖެ.
ވަކީލެއް
22 December 2022
ސަރުކާރުން ދޭ ބަޖެޓުން ތަން ނުހިންގެންޏާ ފައިބާ. ހުރިހާ ވަކީލުންނަކީ 20 ރިޒޯޓު ރިޓެއިނާރޒްގެ ގޮތުގަ ގެންގުޅޭ ބައެއްނޫން. ކިހާ ދެރަކަމެއްތަ އަޅެ
ރައްޔިތުމީހާގެ ހިޔާލު
22 December 2022
ކޮންބައެއްގެ ހިޔާލު ހޯދަންތޯ ބޭނުންވަނީ؟؟؟؟ ފިނޭންސް މިނިސްޓަރުގެތޯ ނުވަތަ މީރާގެ ނުވަތަ ގާނޫނީ ވަކީލުންގެތޯ؟؟؟؟؟
ުުސުުެ
22 December 2022
ދެން މިޖެހުނީ އަނެއްކާ އިންޖިނިއަރިން ނުވަތަ ޑޮކްޓަރު ކަން ކިޔަވަން މި ފީއާއި ބާކައުންސިލުގެ ބަލާއިން ސަލާމަތްވާން
2000
22 December 2022
ދަރިން އެމީހުންގެ އުމުރު ދުވަހުން އެތައް ޥޭނެއް ތަހައްމަލުކޮށްގެން ކިޔެވީމާ އަނެއްކާ ފީ އާއި ކުލި ނަގަން ފަށަންވީތަ. މިއޮތީ ގައުމެއް. ކޮމިޝަންތައް ހަދަނީ ކަންކަން ހަރުދަނާ ކުރާކަށް ނޫންދޯ
ކުލިނުނަގާ
21 December 2022
މިއީ ވަރަށް ހިންގުން ދަށް ތަނެއް
ހަޗިސް
21 December 2022
އަނެއްކާވެސް ރައްޔިތުން ފެލޭނެ ގޮތެއް.