ޚަބަރު / އައްބާސް އާދިލް ރިޒާ

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލައިފި

މި ފަހަކާ ޖެހެންދެން ރާއްޖޭގައި އިންޑިއާ އެމްބަސީ ހިންގި ތަން: އެމްބަސީގައި ރޯކޮށްލަން ވަނީ ގޮވާލާފައި.-- ފައިލް ފޮޓޯ: މިހާރު

23 ޑިސެމްބަރ 2022 - 16:56

24 comments

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ބުނެ، އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ޓްވިޓާގައި މީހަކު ގޮވާލައިފި އެވެ.

އައްބާސް އާދިލް ރިޒާގެ ނަމުގައި މިއަދު ކުރި ޓްވީޓެއްގައި ބުނީ އައްޑޫގައި ފެބްރުއަރީ 8 ގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. ނަމަވެސް، އެކަމުން ލިބުނު ގެއްލުމުން އަދި އޮތީ ބަދަލު ނުހިފި ކަމަށް، ހުޅުޖަހާފައި ހުރި ފޮޓޯތަކާއެކު ކުރި ޓްވީޓުގައި ވެ އެވެ.

"އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ." އިންޑިއާ އައުޓް ހޭޝްޓެގާއެކު ކުރި ޓްވީޓުގައި ބުންޏެވެ.

ވެރިކަން ބަދަލުވުމުން ހިނގި ހަމަނުޖެހުންތަކުގައި ސ. މީދޫގެ މެޖިސްޓްރޭޓް ކޯޓާއި ޕޮލިސް ސްޓޭޝަން ފިޔަވައި އެހެން ހުރިހާ ކޯޓަކާއި ޕޮލިސް ސްޓޭޝަންގެ އިތުރުން ޕޮލިސް ޓްރެއިން ސެންޓަރުގައި ވެސް ރޯކޮށްލި އެވެ. ފަހުން ވަނީ އެ ހުރިހާ ތަނެއް އަލުން އިމާރާތްކޮށްފަ އެވެ.

އައްބާސްގެ ނަމުގައި ކުރި ޓްވީޓުގައި އެމްބަސީގައި ހުޅުޖެހުމަށް ގޮވާލިއަސް، އެއީ އޭނާގެ އެކައުންޓެއް ނޫން ކަމަށް އައްބާސް ބުންޏެވެ. އެ ޓްވިޓާ އެކައުންޓުގެ މައްސަލަ މިދިޔަ އަހަރު ޕޮލިހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު "މިހާރު"ން ބެލި ބެލުމުގައި، އެ އެކައުންޓު ގެންގުޅޭ ކަމަށް އަދި ވެސް ތުހުމަތުކުރަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސް މަގާމުތަކެއް އަދާކުރެއްވި އައްބާސް އަށެވެ.

އިންޑިއާއާ ދެކޮޅަށް ކްލަބް ހައުސްގައި ހިންގާ ބައްދަލުވުންތަކުގެ ލިންކުތައް ވެސް އެ އެކައުންޓުން ހިއްސާކޮށްފައިވާއިރު، މީގެ ކުރިން ވެސް ހަމަ އެ އެކައުންޓުން ވަނީ، ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާތައް ނަގަން އަމުރު ނެރުއްވި ފަނޑިޔާރަށް އިންޒާރު ދީފަ އެވެ. އެ މައްސަލަ ފުލުހުން ބަލަން ވެސް ފެށި އެވެ. އަދި އެ އެކައުންޓުން ކޮށްފައިވާ ޓްވީޓްތަކާ ބެހޭ އެއްވެސް ހަބަރެއް މީގެ ކުރިން އޭނާ ދޮގުކޮށްފައެއް ވެސް ނުވެ އެވެ.

އައްބާސް ވަނީ ކަސްޓަމްސް ކޮމިޝަނަރުކަމާއި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ފުރައިފަ އެވެ.

24 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުނޑުހަސަނު

25 December 2022

ތިޔަ ޓުވީޓަކުނެތް ހުޅުޖަހަން ބުނެފައި. ޖެހިހުޅުގެ ބަދަލު ނުހިފިއޮތްވާހަކައާއި ބަދަކުހިފަން އެމްބަސީން ފެށުން ކިހިނެއްވާނެތޯ ސުވާލުކޮށްފައި އޮތީ. ބަދަލުހިފަންވީގޮތެއް ނެތް. އެމާނައޮތީ ލިޔުނުމީހާގެ ހިތުގައި. މިޓުވީޓު އެކިމީހުން މާނަކުރާނީ އެކިގޮތަށް. މާނަ ހޯދަން ތަހުގީގު ހިންގަންޖެހޭނީ.

The name is already taken The name is available. Register?

ހަމައިގަތޯ

24 December 2022

ޔާމީންގެ ވެރިކަމުގައި އިންޓަނޭޝަނަލް ރިލޭޝަންތައް ކަނޑަމުން ދިޔައީ. އެކަމުގެ އުނދަގޫ ސަރުކާރުގެ ބޮޑުންނަށާއި، އާންމު ފަރުދުންނަށްވެސް ދިޔައީ ލިބެމުން. މީ ވަރަށް ބޮޑު ނުރައްކަލެއް. ދުނިޔޭގެ ގައުމުތަކާ ޖެހިގަނެގެން އުޅޭކަށް ނުޖެހޭ. އެންމެންނާވެސް ގުޅިގެން އުޅެވޭނީ. ހުރިހާ ގައުމަކާ އެއްވަރެއްގެ ގާތްކަމެއް ނުބޭއްވިދާނެ. އެކަމަކު ރުޅިއަރާ ގައުމެއް އޮވެގެން ނުވާނެ. ހުޅުޖަހަންޖެހޭ އެންބަސީއެއް ހުރެގެން ނުވާނެ. ބޮއިގެން ހުރި މީހެކޭ ބުނާކަށް ނެތިން.

The name is already taken The name is available. Register?

މޮޔަނުގޮވާޕްލީސް

24 December 2022

މީނަ ނޫންތަ ޖަލްސާއެއްގަ "މާކާ ދޫދު" އޭ ކިޔައިގެން ހިންދީބަހުން އިންޑިއާ އަށް ކުރިންވެސް އިންޒާރުދިނީ. ސިޔާސީ ވުމަކީ މޮޔަގޮވަން ޖެހޭ ކަމެއްނޫން. ތިމާ ކަނެކްޝަންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ރާއްޖެއިން ބޭރުގަ ފިލާ ހުއްޓަސް ތި ގޮވާ މޮޔަ ގޮވެލީގެ ސަބަބުން ޤައުމަށާ ޤައުމުގެ އާއްމު ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނާ. ޕާރޓީ ލީޑަރުން ހިތްހަމަ ޖައްސަން ޓްވީޓް ކުރަނީ ކުރިމަގުގަ ސިޔާސީ މަޤާމެއް ހޯދުމުގެ ދަހިވެތި އުއްމީދުގަ

The name is already taken The name is available. Register?

އަހުމަދުނީސް

24 December 2022

އެއްވެސްދީނެއްގެ އޮންނަގޮތެއްނޫން ބަދަލުހިފުން.ގައުމުތައް ހަލާކުވެގެންދަނީ މިކަހަލަ ފިތުނަ ފަސާދައުފައްދާ މީހުންގެ ސަބަބުން

The name is already taken The name is available. Register?

ސަމޭދާ

24 December 2022

އެކަމު މަށަށް އަޑުއިވެނީ އައްބާސް އަކީ އިންޑިއާއިން މުސާރަދޭ އެޖެންޓެކޭ ބުނާއަޑު. އޭނަ އުޅެނީ އިންޑިއާއަށް ޖާސޫސް ކޮއްދޭށޭވެސް ކިޔާ. ދެން ނޭގެދޯ… ވަރަށް ދެފުއްކެހެރިވާނެ ތިއެންމެންވެސް. ޢިންޑިއާއިން ބުނެފާނެ ތިހެން ޓްވީޓް ކޮއްލާށޭ އޭރުންނޭ ސެކިއުރިޓީއަށޭ ކިޔައިގެން އިތުރު އިންޑިއާ ސިފައިން ގެނެވޭނީ … ދޯ؟

The name is already taken The name is available. Register?

ޢެމެރިކާ

24 December 2022

ޢިންޑީޔާ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެޔައް ވަނުމަކީ ވަރައް ބޮޑު ގޯހެއް ދެރަވަރުކަމެއް. ޢިންޑީޔާ އައުޓް

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

23 December 2022

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށް ނުކޮށްފިނަމަ ތިޔަކަހަލަ ހޮޅި އެކައުންޓް ތަކުން ކުރާކަންތައް ތަކުން ބޭރަށް ދަތުރުކުރާ އެތެއް ދިވެހިން ނުރައްކަލަށް ހުށެހެޅިދާނެއެވެ. އައްބާސް އަކީ އެމްޑީޕީގައި އުޅުނު އިރުވެސް އަނިޔާއާއި ހަމަ ނުޖެހުމަށް ހިތްވަރުދީ އަދި ތިމާގެ ސިޔާސީ ފިކުރަށް ތާއީދު ނުކުރާ ނޫސްވެރިންނަށް ބިރު ދައްކަން އެކިކަހަލަ ފޭސްބްކު ޕޯސްޓްތަށް ލިޔެ އާއްމުކުރި ފަރާތެކެވެ. އެއިރު އެމްޑީޕީ އެވެ. މިހާރު ޕީޕީއެމްއެވެ.

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

23 December 2022

އައްބާސް އާދިލް ރިޒާމެން ފިތުނައުފައްދާތީއޭ ރައްޔިތުންގެތެރެއިން ބަޔަކަށް މިފަދަ ވިޔަޔާނުދާ ކަންކަންކުރާން ހިތްވަރުލިބެނީ.

The name is already taken The name is available. Register?

1828

24 December 2022

2012 ފެބްރުއަރީ 08ގައި ބޮޑު ހުޅު ޖެހީ އައްބާސް އާދިލް ރިޟާ ބުނެގެން ތޯ؟

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

23 December 2022

އައްބާސް އާދިލް ރިޒާ އެއީ ތިމަންނަގެ އެކައުންޓެއް ނޫނޭ ބުންޏަސް، އެއީ ކާކު ކޮއްފައިން ޓްވީޓެއްކަން އިންޑިޔާ މީހުން ހޯދާނެ. ތި ބުއީ ރީތި ބޮނޑިއެއް.ވ. ވެދުން

The name is already taken The name is available. Register?

1828

24 December 2022

އިންޑިއާމިހުން ހޯދިއްޔަ ވަރެއްވާނެ

The name is already taken The name is available. Register?

ށަވިޔަނި

23 December 2022

މަގޭ ސުވާލަކީ ތިޔައީ މުސްލިމުންހޭ. އަދާވާތްތެރިން ގެ ކިބައިން ވެސް ބަދަލު ހިފުން އެއީ އިސްލާމް ދީނުގައި އޮތްކަމެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454