ނިޝާމާ: އޭނާގެ މަރުގެ ތުހުމަތު ކުރެވެނީ ދަންޖެހިގެން ފަރުވާދެނިކޮށް މަރުވި ފިރިމީހާ އަށް.
24 ޑިސެމްބަރ 2022 - 14:48
ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފި އެވެ.
ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ، 28 ގެ މަރުގެ ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. އެކަމަކު ފުލުހުން ބަންދުގައި ބަހައްޓާފައި ހުއްޓާ، އޭނާ ދަންޖެހުމުން ހާލު ސީރިއަސްވެ ފަރުވާދެނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ.
ނަމަވެސް އެ މައްސަލައިގެ ތަހުގީގުކުރިއަށް ދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަރުގެ ސަބަބު ދެނެގަތުމަށް ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ އޭނާ މަރުވިތާ 11 ދުވަސް ފަހުން، މިދިޔަ ބުދަ ދުވަހު އެވެ. އެހެންވެ، އާއިލާ އިން ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ވެސް ހެދި އެވެ.
އެކަމަކު އާއިލާ ނުރުހުނަސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. ޕޯސްޓްމޯޓަމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު މާލެ ގެނަޔަސް އެ ރިޕޯޓާ ގުޅޭ ވަކި އެއްޗެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުން ނިޝާމާގެ ޖަނާޒާ އޮތީ މިއަދު މަޣުރިބް ނަމާދަށް ފަހު އާސަހަރާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެނީ
24 December 2022
އިބޫ ސަރުކާރުން ކުރާ އެންމެ ބޮޑު ޖަރީމާ އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުން މިސާލަކަށް މި ކަނބުލޭގެ ގާތިލް ކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް ކުފުރު މަރަކުން މަރުވި ފަހުން ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ ނުރުހުމުގައި ގެންދިއުމުގެ މާނަ އަކީ އިންޑިޔާގެ ފަރާތުން ކޮންމެވެސް ބަޔަކަށް ބައި އެޅި ފައިދާއެއް ކުރާތީ