މޯލްޑިވިއަންގެ ފްލައިޓެއް. މޯލްޑިވިއަންގެ ކޯލް ސެންޓަރަކީ ޓިކެޓިން އާއި ރިޒަވޭޝަނުގެ ހިދުމަތްތައް ދޭ ސެންޓަރެއް. -- ފޮޓޯ: މޯލްޑިވިއަން
25 ޑިސެމްބަރ 2022 - 13:04
ސ. ގަމުން ކޫއްޑު އަށް ކުރާ މޯލްޑިވިއަންގެ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނިން ބުނީ، އެ އެއާލައިނުން އެ ދަތުރުތައް އިތުރުކުރަން ނިންމީ ފްލައި ދުބާއީގެ ސީދާ ފްލައިޓުތަކެއް، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާތީ އެ އެއާލައިނުން އަންނަ ޓޫރިސްޓުންނަށް ފަސޭހެއަކަށް ކަމަށެވެ. އެ އެއާލައިނުން މިހާރު ކުރަމުންދާ ދަތުރުތަކުގެ އިތުރުން ކޮންމެ ދުވަހަކު ވެސް ގަމުން ކޫއްޑު އަށް ފެބްރުއަރީން ފެށިގެން ފްލައިޓެއް ތާވަލު ކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.
Starting on February 4, 2023, we will have daily additional flights from Gan to Kooddoo to supplement @flydubai’s daily flights from Dubai to Gan. pic.twitter.com/8R4PajzBYv
— MaldivianAero (@MaldivianAero) December 24, 2022
މޯލްޑިވިއަންއިން ކުރި ޓުވީޓު.
މޯލްޑިވިއަނުން ބުނީ އެކި ސަރަހައްދުތަކުގެ ޑިމާންޑަށް އަންނަ ބަދަލުތަކާ ގުޅިގެން އާއްމުންނާއި ޓޫރިސްޓުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަކީ އެ އެއާލައިނުގެ ބޮޑު އަމަޒެއް ކަމަށެވެ. އެހެންވެ، ޑިމާންޑަށް އަންނަ ބަދަލުތަކަށް ބަލައި، ފްލައިޓުތައް އިތުރުކުރާނެ ކަމަށް ބުންޏެވެ.
ފްލައި ދުބާއީ އިން ގަމަށް ސީދާ ފްލައިޓްތައް ފަށަން ނިންމާފައި ވަނީ ފެބްރުއަރީ 4 ގަ އެވެ. އެއީ ދުބާއީ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ފްލައިޓުތައް ފަށާ ފުރަތަމަ އެއާލައިނެވެ.
ފްލައި ދުބާއީ އިން ބުނެފައި ވަނީ ކޮންމެ ހަފުތާއެއްގައި 28 ފްލައިޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 December 2022
ގޭންއެއަރޕޯޓްގައި ބަޔަކު އަޅުވައިގެންއުޅޭ "މަރުގެތަޅު ނައްޓާލުމަށް" އެންމެބޮޑު މަސައްކަތެއްކޮށް ނަތީޖާ ނެރުނުމީހަކީ Inner Maldives އަދި އޭސް ޓްރެވަލްގެވެރިޔާ ފިރާޤު. # ސްރީލަންކަންގެ އިތުރަށް ފްލައި ޑްބާއީ އައްޑުއަށް ޝެޑިއުލް ދަތުރުކުރަން ތައްޔާރުވާއިރު މިދެންނެވި 2 އެއަރލައިނަށްއިތުރު މާކެޓްލިބޭގޮތަށް އިންޑިޔާގެ އެންމެބޮޑުފްލީޓްއޮތް IndiGo ގެ ޝެޑިއުލްދަތުރުތައް ކޮޗިން - ގޭން - ސައުތުއެފްރިކާއަށް (ރައުންޑް ޓްރިޕް) ހަމަޖެހޭތޯބެލުން ވަރަށްމުހިންމު.
ހުތްދީދީ
26 December 2022
ބަލަ ކޮންމެ ކަމެއްގެ ތެރެއަށް އިންޑިޔާ ވައްދަން ޖެހޭތަ ؟ މޯލްޑިވިއަނަށް އަންނަ އަހަރު ގެންނަ އޭ 330 ގެ ބޯޓާއި އެކުގައި ގަމާއި ސައުތު އެފުރިކާ އާއި ދެެމެދު ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން އޮތީ އިއުލާޏް ކޮށްފަ. ދެން ކީއްކުރަން އިންޑިގޯ އެއް ތިތަނަކަށް ވައްދަންވީ.
ކައިލާން.
25 December 2022
ތިކަން ކޮށްފި ނަމަ ކިތަންމެހާވެސް ރަނގަޅު. އެކަމަކު ތިކުންފުނި ހިންގަން ތިބީ އައްޑުއަށް ހެވެއް އެދޭ އައްޑޫ އެއަރޕޯޓަށް މުސްތަޤުބަލަށް އެދޭ ބައެއްނޫން. އެމީހުން ބޭނުމެއްނުވާނެ ތިކަން ކުރާކަށް. ކުރިޔަސް ކުރާނީ ޖެއްސުން.
ހަސީނު.
25 December 2022
މޯލްޑިވިއަންގެ ބޮޑު ފުލައިޓް ގަމަށް އާންމުކޮށް ދަތުރު ކުރާގޮތަށް ހަދާބަލަ. އަހަރުމެން ބޭރުން ގެންނަ ތަރުކާރީއާއި މޭވާގެ ބާވަތްތައް އައްޑުއަށް ނުގެނެވި މާލޭގައި ހުރެގެން ހަލާކުވެގެން އެތައްފަހަރަކު އުކާލަންޖެހޭ. އައްދޫގެ ރިސޯޓް ތަކަށާއި ގެސްޓް ހައުސް އަށް ބޭނުންވާ އެއްޗެހިވެސް ނުގެނެވޭ. ކުޑަ ގުލައިޓު ބާއްވާތީ ފެނަކަ ދިރާގު ފަދަ ތަންތަނަށް އާގެންޓްކޮށް ގެންނަންޖެހޭ ތަކެތިވެސް ނުގެނެވޭ.
އޮނަރަބްލް އަފީފު ދީދީ
25 December 2022
ސިލޯނުން އައްޑުއަށް ދަތުރުކުރަންފެއްޓިއިރު ކޮޅަކަށް 20 މީހުން ހަމަނުވާދުވަސްތައްގުނަމުންވެސް މެދުކެޑުމެއްނެތި ދަތުރުކުރުމުގެސަބަބުން ސްރީލަންކަންވަނީ ކޮލަމްބޯ ގޭން ސެކްޓަރ ކާމިޔާބުކޮށްފަ. # ޢެކަމަކު ދުވާލަކު ޑޭޝްފްލައިޓްގައި 5 ދަތުރު މާލެއިން އައްޑުއަށް ކުރުމުގެބަދަލުގައި ކުރޫސެޓާއި ޕައިލެޓަށްދޭންޖެހޭ ފްލައިންގ އެލަވަންސް ފަދަ އިތުރު އެތައް ޙަރަދެއް ސަލާމަތްވާން އޮތްއިރުވެސް ކުންފުންޏާއި ފަސިންޖަރުންގެ މަންފާއަށް A-321 އޮޕަރޭޓްކުރާކަށް ނޫޅޭ.
އޮނަރަބްލް އަފީފު ދީދީ
25 December 2022
މޯލްޑިވިއަންގެ ހިންގުމުގެޙަރަދާއި އިސްރާފުކުޑަކުރުމަށްފަހު ބައިނަލްއަޤުވާމީ ދަތުރުތައް އިތުރުކުރާންޖެހޭ. # މިގޮތުން ހަފުތާއަކު ދެދުވަހު (އައްޑުއަށް ފްލައިޑްބާއީ އަންނަދުވަސްތަކާއި ދިމާވާގޮތަށް) މާލެ-ގޭން، އަދި ގޭން - ކޮޗިން ރައުންޑް ޓްރިޕް އަޅާގޮތަށް ދަތުރުތަކެއް ޝެޑިއުލް ކޮށްގެން މިސެކްޓްރ ކާމިޔާބުކުރެވޭތޯ ބެލިދާނެ. # މިދަތުރުތައް ކާމިޔާބުކޮށް، ދެކުނުމީހުނަށް ފަސޭހަކޮށްދޭން ޑޮމެސްޓިކް އެއަރޕޯޓްތަކާއި ގޭންއެއަރޕޯޓް ކަނެކްޓިވިޓީ ފުޅާކުރެވިދާނެ.
ޝަންކަރު
25 December 2022
ގަމުން ފުވައްމުލަކަށް އެންމެ ފުލައިޓެއް ވެސް ނެތީ؟
ސޯސޯ
25 December 2022
ސޯ ތިނަދޫއިން މާލެދާމީހުން ދެންޖެހޭނީ ކޫއްޑޫއަަށް ދާންތާ
އޮނަރަބްލް އަފީފު ދީދީ
25 December 2022
ހަފުތާއަކު 2 ދަތުރު އެގޮތަށް ކޮށްލުމަކުން އެއީ މާބޮޑު މައްސަލައެއްނޫން. # މިދެންނެވި 2 ދުވަހު މާލެއިން އައްޑުއަށް އަދި އައްޑުއިން މާލެއަށް ދާން ބޭނުން މީހުންވެސް (އެ ފްލައިޓްގަ ދަތުރުކުރާ މީހުން) ޖެހޭނީ މާލެ ކޫއްޑޫ ގޭން އަށް އަދި ގޭން މާލެ ކޫއްޑޫ ރޫޓުން ދަތުރު ކުރަން. # މިއީ މޯލްޑިވިއަން އަށާއި މިފަދަ ދަތުރުތަކެއް އޮތުމަށްއެދޭ ދެކުނުގެ ރައްޔިތުނަށްވެސް މިވަގުތަށް މިކަން ކުރެވެންއޮތްގޮތް ކަމަށްވާތީ މިކަމާއި ދެކޮޅު ހެދުން އެހާ ރަނގަޅެއްނޫން.
ފައްލަންބޭ.
25 December 2022
އަންނަ އަހަރު ދޯ މިހާރު ހުރިހާ ކަމެއްވެސް ކުރަން ހަމަޖެހިފައިއޮތީ. އަންނަ އަހަރުތަ އައްޑޫ ހުޅުމީދޫ ބުރިޖްވެސް އަޅަނީ ؟ ގަން އެއަރޕޮޓް ތަރައްޤީ ކުރަނީވެސް އަންނަ އަހަރުތަ ؟ 800 އެނދުވެސް އައްޑޫގައި ތަރައްޤީ ކޮށް އައްޑޫގައި ރިސޯޓް ހިއްކުން އޮތީވެސް އަންނަ އަހަރުގައިތަ ؟ ތިޔަ އަންނަ އަހަރަކީ ކޮން އަހަރެއްތަ ؟
ވޮލީ ލަތީފު.
25 December 2022
އަންނަ އަހަރުގެ ފެބުރުއަރީ އަންނަންދެން ތިހެން ކިޔާނެ. ފެބުރުއަރީގެ ދަތުރު އޮންނަދުވަހު ޓްވިޓެއް ކޮށްލާނެ ޑިމާންޑް ނެތިގެން ހުއްޓާލައިފިއޭ ކިޔާފަ. ތިތަނަކު މޯލްޑިވިއަންގައި ނެތް ތިކަން ކުރާޏް ބޭނުން ބައެއް.
ނަސީރު.
25 December 2022
އައްޑޫ ކޫދާމެން ލޮލުގައި އަދުން އަޅުވަން ދައްކާ ވާހަކަ.ތިކަމެއް ނުކުރާނެ. އޭނާ ބުނި 5 މަންޒިލުން ޝެޑިއުލް ދަތުރު ފައްޓާނަމޭވެސް.