25 ޑިސެމްބަރ 2022 - 12:51
އަފްޣާނިސްތާނުގެ އަންހެނުން، ވަޒީފާ އަދާކުރުމުގެ ގޮތުން އަމިއްލަ އޮފީސްތަކަށް ދިއުން، އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން، އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.
އެކަން މަނާކުރީ، އެ ގައުމުގައި ސަރުކާރުން ހުއްދަ ދީގެން ހިންގާ އަފްޣާނިސްތާނުގެ އަމިއްލަ އޮފީސްތަކާއި ކުންފުނިތައް އަދި ޖަމިއްޔާތަކަށާއި، އެ ގައުމުގައި ހުއްދަ ލިބިގެން ހިންގާ ބައިނަލްއަގުވާމީ އެފަދަ ތަންތަނަށް، އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ފޮނުވި ސިޓީއަކުންނެވެ. ސަރުކާރުގެ އެ ނިންމުމާ އެއްގޮތަށް އަމަލުނުކުރާ އޮފީސްތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކުގެ ލައިސަންސް ބާތިލުކުރާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި އަފްޣާނިސްތާނު ސަރުކާރުން އަންގާފައިވަނީ، އެ ތަންތަނުގައި މަސައްކަތްކުރާ އަންހެނުން ވަޒީފާއަށް ހާޒިރުވުން މަނާކުރުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، އެ ތަންތަނަށް ވަޒީފާ އަށް ދާ އަންހެނުން، އިސްލާމީ ޝަރުއީ މިންގަނޑުތަކާ ޚިލާފަށް ހެދުން އެޅުމާއި، އެ ގައުމުގެ އެހެން ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލު ކުރުމެވެ.
ތާލިބާން ސަރުކާރުން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، އަމިއްލަ އޮފީސްތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކުގައި ވަޒީފާ އަދާކުރުމަށް ދާ އަންހެނުން، އިސްލާމީ ޝަރުއީ މިންގަނޑާ ޚިލާފަށް ހެދުން އަޅާކަމުގެ ޝަކުވާތައް ސަރުކާރަށް ލިބެމުންދާ ކަމަށެވެ.
އަފްޣާނިސްތާނުގެ އަންހެނުންނާ ދެކޮޅަށް ތާލިބާން ޖަމާއަތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމުގެ ޔުނިވަސިޓީތަކުގައި އަންހެނުންނަށް ކިޔަވައިދިނުން، ޑިސެމްބަރު 20، 2022 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. ވަކި ސަބަބެއް ނެތި އެކަން މަނާކުރުމަށް ފަހު، ބައިނަލްއަގުވާމީ މުޖްތަމައުގެ ފާޑުކިޔުންތައް އިތުރުވާން ފެށުމާ ގުޅިގެން، މިމަހުގެ 22 ވަނަ ދުވަހު ތާލިބާން ސަރުކާރުން ބުނި ގޮތުގައި، އަންހެނުން ޔުނިވަސިޓީތަކަށް ދިއުން މަނާކުރީ އިސްލާމީ ޝަރުއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ކިޔަވަން ދާތީ އެވެ.
އޭގެ އިތުރުން، ޔުނިވަސިޓީތަކަށް ދާ އަންހެނުން އިސްލާމީ އުސޫލުތަކާ ޚިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ވެސް، އެ ގައުމުގެ މަތީ ތައުލީމާ ބެހޭ ވަޒީރު ނިދާ މުހައްމަދު ނަދީމު، މި މަހުގެ 22 ވަނަ ދުވަހު ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވި އެވެ. އެ ގޮތުން އޭނާ ފާހަގަކުރެއްވީ، ފިރިހެން ބެލެނިވެރިއަކާ ނުލައި އެކަނި ޔުނިވަސިޓީތަކަށް ދަތުރުކުރާ ކަމަށެވެ.
ވިހި އަހަރު ވަންދެން އަފްޣާނިސްތާން އަޅުވެތިކޮށްގެން ތިބުމަށް ފަހު، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ނޭޓޯގެ ސިފައިން، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާ އެކު، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަނީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. އެއަށް ފަހު އެ ގައުމުގެ އަންހެނުންނާ މެދު ތާލިބާން ސަރުކާރުން އަމަލުކުރަމުން އަންނަނީ ވަރަށް އިހާނެތި ގޮތަކަށެވެ.
އެ ގޮތުން ތާލިބާނުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި ހުރިހާ އަންހެނުން ވަޒީފާތަކުން ވަކިކޮށްލުމެވެ. އެއަށް ފަހު، 2021ގެ ޑިސެމްބަރު މަހުން ފެށިގެން، ސާނަވީ މަރުހަލާގެ ސްކޫލްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންބައެއްގެ ފުލޯކު ވާހަކައިގައި ޖެހި ގައުމު ގަބުވަނީ!
27 December 2022
އަންހެނުން/ފިރިހެނުން އެބައެއްގެ ފެންވަރުގައި ކުރެވޭއެންމެ މަތީފަންތީގައި ވަޒީފާ އާއި އުފެއްދުންތެރިކަން ކުރުމުގެ މާހައުލު އޮތް ގައުމުތައް ކުރިއަރާތަން އެބަފެނޭ. ޖިސްމާނީ ތަފާތުތަކާ ހެދި ބައެއްކަންކަމުގައި އެއްވަރަކައް ވަޒީފާ އަދާ ނުކުރެވޭނެ. އެކަމު ކުރެވޭނެ ކަންކަމުގައި ކުރިއަރަން ފަހިކޮއްދޭން ޖެހޭނެ. އަންހެނުންނޭ ނަރަކައިގަ ގިނަވާނީ ކިޔާފަ ނުހުރެވޭނެ! ސިންގަޕޫރ، އިޒްރެއިލް، ފިންލޭންޑް، ނިއުޒީލަންޑް، އަކީ ތަފާތު ކުޑަކުރެވޭތޯ އުޅޭގައުމުތައް.
ލާހޯރުގަ އުޅޭ ކޮންމެ ކަމެއް އޯކޭ މުސްލިމުން
26 December 2022
ހުޅަނގަށް ވުރެން ތާލިބާނުން ރަނގަޅުވާނެ އެމެރިކާ އޯކޭ މީހުން ހިޖުރަކުރޭ އެގައުމަށް
ޖުހާ.
26 December 2022
މި ތާލިބާނުން މިއީ ފައްކާ ހަރާމްޖާދާއިން. މިރާއްޖޭގައިވެސް މިއޮތް ސަލަފިއްޔާ މިއީ މީގެ ވާސަނެއް.
ހޯދާ
26 December 2022
ކިހިނެތް ކަލެޔަށް އެކަން އެގުނީ...
ދޮންޑު
26 December 2022
މީ ހާދަ އަންހެނުންނާ އަޅައިގަނެގެން އުޅޭބައެކޭ.
ގަދަހިތްވަރުން
25 December 2022
މަރުޙަބާ، ނިކަމެތި ތާލިބށުން އަތްދަށުވެ އެންމެބޮޫޑުބާރު ( އެމެރިކާ) ބަލިވެ އެދިޔައީ. މީހަޤީގަތަކީ. ސަބަބަކީ ހިތްވަރާއެކު ކުރި ވިހިއަހަރުގެ ހަގުރާމަ، އިބުރަތުން ފުރިފައިވާ ހާދިސާއެއް.
ރޯޒަސް
25 December 2022
މީތޯ އިސްލާމްދީނުގައި މިކަން އޮންނަގޮތަކީ؟ އިންސާނިއްޔަތުގެ ދެ ބައިކުޅައެއްބައި ކިޔަވައިނުދީ، ގޭބަންދުކޮށް ގޯނިއަޅުވާފައި ލޯ އިންނަތަނުން ދެ ލޯވަޅުކަނޑާފައި ގެއިން ބޭރަށް ދެވޭގޮތް ހެދުމަކީ؟
ކިރު ސައި
25 December 2022
އަސްލު އެމީހުން ގެންގުޅޭ ފޮތްތަކުގަ އޮންނަގޮތް އެއީ. އިސްލާމް ދީނާ ގުޅުންއޮތް ކަމެއް ނޫން.
ރަދީފު ބިން ރަފައިދާ
25 December 2022
މި ތޯލިބާނަކީ ހާދަ ނުބައި ބައެކޭ. ވައުދަށް ވެފާ މިވަނީ ޣަދަރު. ބަޅެއްގެ ނަގޫ ސަންފާއޮނަކަށް ލިޔަސް އެ ތެދުވާނެ ހަމައެއްގޮތެއްވެސް ނޯންނާނެ.
ފިޖީ
25 December 2022
އީސްޓް އޯ ވެސްޓް' ތޯލިބާން އިސް ދަ ބެސްޓް.
ބުހާރީ
27 December 2022
ތިވިދާޅުވި ތިންބައިމީހުންނަކީވެސް އިންސާނިއްޔަތަށް ވަބާއެކަށް ވެފައިވާ ބަޔެކެވެ.