ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ ހާލު ދެރަވި މަރިޔަމް ޒައީމާ މޫސާ (މަރީ): އެ ވޭނުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށްފަހު މަރީ ނިޔާވީ މިއަދު.
25 ޑިސެމްބަރ 2022 - 14:21
މަރިޔަމް ޒައީމާ މޫސާ (މަރީ) އަށް ފަރުވާދިނުމުގައި އައިޖީއެމްއެޗުން އިހުމާލުވެފައިވާކަން އެޗްއާރުސީއެމްގެ ތަހުގީގަށް ވެސް ސާބިތުވެފައި ވާތީ، ޝަރީއަތް މެދުވެރިކޮށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމަށް އެ ކޮމިޝަނުން އާއިލާ އަށް ލަފާދީފައިވާކަން އެނގިއްޖެ އެވެ.
މަރީގެ ހާލު ދެރަވީ ކްރީމް ޖެހި ބަނަހެއް ކެއި ފަހުން އެލާޖިކުވެގެން އައިޖީއެމްއެޗަށް ގެންދިއުމުން ނުބައިކޮށް އިންޖެކްޝަނެއް ޖެހުމުގެ ސަބަބުންނެވެ. އެ ވޭނުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު މަރީ ނިޔާވީ މިއަދު ހެނދުނެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެޗްއާރުސީއެމުން މިދިޔަ ނޮވެމްބަރު މަހުގެ ހައެއްގައި އާއިލާއަށް ފޮނުވި ރިޕޯޓްގައިވާ ގޮތުން، އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދިނުމުން މަރީގެ ސިއްހީ ހާލަތަށް ދިމާވި މައްސަލަތަކަކީ އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރި މީހުންގެ އިހުމާލުންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން އަމިއްލައަށް ކުރި ތަހުގީގުން ވެސް އެކަން ސާބިތުވެފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން ގ. ރޯމްގެ، މަރިޔަމް ޒައީމާ (މަރީ) އަށް ސިއްހީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް، ޝަރީއަތް މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ދަންނަވައި މި ކޮމިޝަނުން ތަހުގީގުކުރަމުން އައި މައްސަލަ ނިމުނު ވާހަކަ ދަންނަވަމެވެ،" އެޗްއާރުސީއެމްގެ ރިޕޯޓުގައިވެ އެވެ.
• އިމަޖެންސީ ރޫމުގައި ދެވުނު ފަރުވާގައި އައިވީއެޑްރެނަލިން ދިނުމުން މަރީގެ ހިތުގެ ހިނގުމަށް ބަދަލު އައިސް، ހާޓް އެޓޭކެއް ޖެހި ހާލަތު އިތުރަށް ގޯސްވެ، އިމަޖެންސީގައި ފަރުވާދީ އައިސީޔޫއަށް ޝިފްޓްކުރި.
• މަރީއަށް އައިވީއެޑްރެނަލިން ދީފައި ވަނީ އެ އިންޖެކްޝަން ދޭން އޮންނަ އުސޫލާ ހިލާފަށް ޑައިލިއުޓް ނުކޮށް، ސްލޯއިންފިއުޝަންއެއް ނޫން ގޮތަށް، އައިވީކޮށް ކަމަށް ލިޔެކިޔުންތަކުން އެނގޭ.
• ޑައިލިއުޓް ނުކޮށް އައިވީއެޑްރެނަލިން ދިނުމަކީ ހިތުގެ ހިނގުމަށް ބަދަލު އައިސް ހިތް ހުއްޓުމުގެ ފުރުސަތު އޮންނަ ކަމެއް.
• ޑޮކްޓަރު އެކަން ކޮށްފައި ވަނީ ގަސްދުގައި ނޫން ކަމަށް އެނގިފައި ވިޔަސް، އެފަދަ ބޮޑު އިހުމާލެއް ހިނގައިގެން ނުވާނެ ކަމަށް ބުނެފައިވޭ.
• ޕޭޝަންޓަށް ފަރުވާދިނުމުގައި އެންމެ އެދެވޭ ގޮތް ނޫން ގޮތަކަށް ކަމެއް ހިނގައިފި ނަމަ އާއިލާއަށް އެކަން އަންގަން ޖެހޭ ގޮތުގެ އުސޫލެއް ހެދިފައި ނެތް.
• މި މައްސަލާގައި އިހުމާލުވާ ޑޮކްޓަރު ބަލި މީހުން ބަލަން ނުޖެހޭ ޑިޕާޓްމަންޓަކަށް ބަދަލުކޮށް، ފަހުގެ އިންޒާރު ދީފައިވާ ކަމަށް އައިޖީއެމްއެޗުން އެޗުއާރުސީއެމްގެ ތަހުގީގަށް މައުލޫމާތު ދިން.
• މި މައްސަލާގައި އިހުމާލުވާ ނަރުހުންނަށް ލިޔުމުން ނަސޭހަތް ދީފައިވޭ.
ހޮސްޕިޓަލުގެ ކެންޓީނުން ގަތް ބަނަހެއް ކެއި ފަހުން މަރީ އެލާޖިކުވެ، އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާގެ ހާލު މާ ބޮޑަށް ދެރަވީ އިމަޖެންސީގައި ފަރުވާދިންއިރު، ނުބައިކޮށް އިންޖެކްޝަނެއް ޖެހި ފަހުންނެވެ.
މަރީގެ ހާލު ގޯސްވީ އިންޖެކްޝަނެއް ނުބައިކޮށް ދެވިފައި ވާތީ ކަމަށާއި އެކަން އެހެން ދިމާވުމުގައި އިހުމާލުވެފައިވާ ކަމަށް އެއްބަސްވެ، އައިޖީއެމްއެޗުން މާފަށް ވެސް އެދުނެވެ. އަދި އެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ވެސް ބުންޏެވެ.
އެ އިންޖެކްޝަން ދިން ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހު މަރީ އޮތީ ރަނގަޅަށް ހޭ ނާރަ އެވެ. އާއިލާއިން އޭނާ އިންޑިއާއަށް ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ވެސް ދިނެވެ. ދެވެނޭ އިތުރު ފަރުވާއެއް ނެތިގެން މަރީ ރާއްޖެ ގެނައީ މިދިޔަ މެއި މަހު އެވެ.
ނުވަ އަހަރުގެ ކުޑަކުއްޖެއް ވެސް ހުންނަ އެކަނިވެރި މައެއް ކަމަށްވާ މަރީ އަކީ ވަރަށް ގިނަ ކާ އެއްޗިއްސަށާއި ބޭސްތަކަށް ވެސް އެލާޖިކްވާ މީހެކެވެ. އެލާޖިކް ވެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ވަނީ ފަރުވާ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާނުބެ
26 December 2022
މިކޭސް އެކަނިތޯ އެބޭފުޅުންނައް އެގެން އިގުނީ ބަދަލު ހޯދަން ލަފާދޭން ، ބޯހަލާކު. މައްޔިތާއައް ހެޔޮ ރަހުމައިލައްވާ އާއިލާއައް ކެއްތެރިކަން ދެއްވާންދޭވެ
ޝައްމޫނު ހަމީދު
26 December 2022
ޙިއުމަންރައިޓްސް ޤާނޫނުގައި އޮވޭ ބަދަލު ނަގައިދޭ އުސޫލު ހަދަން. ޢެ އުސޫލު ނަހަދާ 2 އަހަރުވީ. ނޫސްވެރިން މިކަން ބަލާބަލަ. މަޖިލިހަކުން ޖީހާނު މިކަމެއް ނުބަލާނެ. 5 މެންބަޅުން މުސާރަ ނަގައިގެން އެއްކަމެއްވެސް ނުކުރޭ
އެމްސް
26 December 2022
އައިޖީއެމްއެޗް ހިންގެންވީގޮތުގެ ޤަވާޢިދެއްވެސް ހެދެންވީ! ޑޮކްޓަރަކަށް ވެވުނީމަ ބޭނުން ބޭހެއް ބޭނުން ގޮތަކަށް ދެވޭނެ މަގު އޮތިއްޔާ އަބަދުވެސް މިފަދަ ކަންކަން ހިނގާނެ! ކުރީން މާބަނޑު މީހެެއްގެ ގަޔަށް އަޅާލެވުނީ އެއިޑްސް އަށް ޕޮސިޓިވް ލޭ! އެފަހަރުވެސް އެޑޮކްޓަރަށް ލިބުނު އަދަބެއް، ބަލިމީހާއަށް ދެވުނު އެކަށީގެންވާ ބަދަލެއްވެސް ނެތް! ދައުލަތުގެ ބޮޑުންނަށާއި މެމްބަރުންނަށް ސިންގަޕޫރު/ބެންކޮކް އިން ހިލޭ ބޭސްފަރުވާ އޮތްހާ ދުވަހަކު ސިއްޙީ ކަންކަން . . . .
ފެއާރީ
25 December 2022
ދެންވެސް ތިކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަހަށް ބަދަލުހޯދަން ކޯޓަށްދިއުން މުހިއްމު. މަރީގެ ނަމުގައި ސަދަގާތްކުރަންވިއަސް ބަދަލުހޯދަން ލާ! ހާދަހާ ނިކަމެތި އަދި ބަލިމީހުން މި ރާއްޖޭގައި އެބަ އުޅެއޭ. އެމީހުންނަށް އެހީވާންވެސް ތިޔަ ބަދަލުހޯދަން މަސައްކަތްފަށާ! ބަޔަކު ޖަވާބުދާރީ ކުރުވާ!
އާތި ކިރު ކިރު
25 December 2022
އައިޖީއެމް ހޮސްޕިޓަލް އުވާލަން ވީ . މުވައްޒިފުން ނައް ވެސް ހަދަނީ ހަދާނެ އެއްޗެއް .
އެމްސް
26 December 2022
އައިޖީއެމްއެޗް ހިންގަންވެސް ހުރީ ބޮންދެއް ބާ؟ ނޫނީ ދިވެހިން ދިވެހީންނަށް މާގޯހީ ބާ؟ މީހުން ހިތްހަމަޖައްސައިގެން ނުގެންގުޅެވޭ މީހަކަށް އެއްވެސް ތަނެއް ނުހިންގޭނެ!
ތި ކްރީމްޖެހި ބަނަސް ވެސް ތަހުލީލް ކުރަންޖެހޭ
25 December 2022
ރަނގަޅު ނިންމުމެކެވެ. އެެކަމަކު، އެއްވެސް މީހަކު މަރީ ކެއި ކްރީމްޖެހި ބަނަހުގެ ވާހަކަ ނުދައްކަނީ ކީއްވެގެން ހެއްޔެވެ؟ އެލަރޖިކް ވެ ޙާލު ބޮޑުވި ޚަބަރާއިއެކު މަރީ އަކީ ކުރިންވެސް ކްރީމްޖެހި ބަނަސް ކައިއުޅުނު ކުއްޖެއް ކަމަށް ނޫހުގައި ލިޔެފައި އޮއްވައި ދުށީމެވެ. އެހެންކަމުން އެފަހަރު މަރީ ކެއި ކްރީމްޖެހި ބަނަސް ތަހުލީލް ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ. އަމްދުން ހޮސްޕިޓަލް ކެންޓީނުން ގަތް ބަނަހަކަށް ވާތީއެވެ.
އެމްސް
26 December 2022
މަރީގެ ޙާލު މާ ބޮޑަށް ދެރަވީ އިމަޖެންސީގައި ފަރުވާދިންއިރު، ނުބައިކޮށް އިންޖެކްޝަނެއް ޖެހި ފަހުން. މަރީގެ ހާލު ގޯސްވީ އިންޖެކްޝަނެއް ނުބައިކޮށް ދެވިފައި ވާތީ ކަމަށާއި އެކަން އެހެން ދިމާވުމުގައި އިހުމާލުވެފައިވާ ކަމަށް އެއްބަސްވެ، އައިޖީއެމްއެޗުން މަޢާފަށް އެދުނު!
މިސްޓަރ ޓިނޭ
26 December 2022
ހޮސްޕިޓަލަށް ގެ ކެންޓީނު ަައެއި ސިޔާސީ ތަނެއް، އެތަނުގެ ވާހަކަ ނުދައްކާ ، އާދައިގެ ފަގީރު މީހާ ޖެހޭނީ ބޭރަށް ނުކުމެ މެމޮރީ ހޮޓަލުން ކާން، ތި ކެންޓީނު ކުއްޔާ ، ޚަރަދު ހަމަ ކުރަން ޖެހޭނެތާ. ރަން ތިރީސްއަހަރު ތިތަން ހަވާލު ކޮށްފަ ހުރި މީހަކު ވެސް ރައްޔިތުންނަށް ެަ އަންގާާލަ ދިނިއްޔާ ރަނގަޅު
ޢިބްރ
25 December 2022
މިސަރުކާރުގައި ހާދަހައި މީހުނެކޭ މި ގޮތްގޮތަށް މަރުވެވެދަނީ!
ހަހަ
26 December 2022
ކޮންމެ ކަމަކަށްވެސް ގޯސްވަނީ ސަރުކާރުތަ؟ މޮޔަ ނުގޮވާ. މައްސަލާގައި އިހްމާލުވީ މީހުންގެ މަތިން ހަނދާން ނައްތާލާގެން ކޮންކަމެށް ހައްލުވާނީ!
އާދަމް ޒާހިރު ދޯ
25 December 2022
އައިޖީއެމް އެޗަކީ އިންޑިއާގެ މެޑިސިން ސްކޫލެއް. ރަނހަޅަށް ބަލައިފިނަމަ މުޅިންވެސް ތިލަވާނީ ޖަރީމާ
އެމްސް
26 December 2022
އައިޖީއެމްއެޗް ވެސް ހިންގަން ލާފަ ހުރީ ސިޔާސީ ބޮލެއް! ހޮސްޕިޓަލެއް ހިންގުމުގެ ކަނޑެއް ފަޅެއް ދަންނަ މީހެއްވެސް ނޫން!
އެމްސް
25 December 2022
އައިޖީއެމްއެޗްގެ ހިންގުން ހަރުދަނާކޮށް މިފަދަ ކަންކަން ތަކުރާރުވިޔަ ނުދޭން އަރުވާ ލަފަޔަކީ ކޮބައިބާ؟ އައިޖީއެމްއެޗްގެ އެމަޖެންސީ ހިނގަނީ ކޮންފެންވަރެއްގަކަން އެތަނުގެ އިސްފަރާތްތަކަަށް އެނގޭބާ؟ ޢާއްމު އޯޕީޑީއަށް ދެއްކުމާއި އެމަޖެންސީއަށް ދެއްކުމާއި އެއްވެސް ތަފާތެއް ނުހުރޭ! ޚިދުމަތް ހުންނަނީ އެމަޖެންސީގެ މާނަވެސް އޮޅޭވަރުގަ!
ހަހަ
26 December 2022
އެއްބަސް. އެންމެ ކުއްޖެއް އިންނަނީ އިމަޖެންސީގަ ބަލަން. އަދިވެސް އެބަ ހަނދާންވޭ އިމަޖެންސީ ކިއުގައި އަސްމާ އެޓޭކް އެއް ޖެހިގެން އައިސް ހުރި ދުވަސް. އެ ނަރުސް ކުއްޖާ އަށް މިކަންތައް ފާހަގަވެސްވީ ނުލާހިކު ފަހުން. މިހެންދޯ ވާނީ. އެންމެ މީހެއް ދެ މީހެއް ހުންނަނީ. ވަރަށް ސަކަރާތް
ދިރާސީ
25 December 2022
ކުޑަ އިހުމާލެއް ކަމައް އެމީހުން ދެކުނަސް އެއީވެސް ނަފުސެއް. އަަހރެމެންނަށް ވެސް ތިޔަފަދަ އިހާނެތިކޮށް ކަންތައްކޮށްފައި ހުރީ އ.ޖއމ.އޗ އިން.
އެމްސް
26 December 2022
ކޮންމެ ދުވަހަކުވެސް މިފަދަ އެތައް ކަމެއް އައިޖީއެމްއެޗްގަވެސް ހިނގާ! މާލެއަށް ކިޔޭ ސަރަޙައްދުގަ ކޮންމެ ދުވަހަކު އެކްސިޑެންޓެއްވެސް ހިނގާ، އެކަމަކު މީހުން ދުއްވަނީ ޤަވާޢިދުންތޯ ބަލާނެ ބަޔަކު ފުުލުހުން ތެރެއަކުވެސް ނޫޅޭ! ދެން ކޮން ކަމެއްތޯ ރަގަނޅަށް ދާނީ؟
ސާބަހޭއެޗްއާރްސީއެމް
25 December 2022
ދި އޮޑަސިޓީ!