ސްޓެލްކޯގެ މައި އިމާރާތް: ދެ ލައްކަ ޑޮލަރުގެ ޗެކްގެ މައްސަލާގައި ޝަރޫ ލޯންޗް ކުންފުނީގެ މައްޗަށް ސްޓެލްކޯ އިން ވަނީ ދައުވާކޮށްފައ.. މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
15 ޖެނުއަރީ 2017 - 13:05
ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ) ގެ ޗެކްތަކެއް ދޫކުރި ލޯންޗް ކުންފުނިން ސްޓެލްކޯ އަށް ވެސް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއް ޝަރީއަތަށް ފޮނުވައިފި އެވެ.
ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ދޭނެ ކަމަށް ބުނެ ސްޓެލްކޯ އަށް ޗެކް ދޫކޮށްފައި ވަނީ ޝަރޫ ލޯންޗް ސާވިސް ކިޔާ ކުންފުންޏަކުންނެވެ. މިއީ ފެނަކަ އަށް ވެސް ޗެކް ދޫކުރި ކުންފުނިކަން ވަނީ "މިހާރު" އަށް އެނގިފަ އެވެ.
ސްޓެލްކޯ އިން ސިިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ 200،000 ޑޮލަރު ގަންނަން ސްޓެލްކޯ އިން ޝަރޫ ލޯންޗް ސާވިސް އަށް ދިން 3،084،000ރ. ގެ ބަދަލުގައި ދޫކުރި ޑޮލަރު ޗެކް ބައުންސް ވެފައިވާ ކަމަށެވެ. އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ލިބިފައި ނުވާ ކަމަށް ދައުވާގައި ބުނެ އެވެ.
ސްޓެލްކޯއިން ދައުވާކޮށްފައި ވަނީ ޑޮލަރު ގަންނަން ދިން ހުރިހާ ފައިސާ އެއްފަހަރާ ނަގައިދިނުމަށް އެދި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ކޯޓަށް ބަލައިގަތީ ނޮވެމްބަރު 9، 2016ގަ އެވެ. މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުގައި ކުރިއަށް ގެންގޮސް، ދެ ކުންފުނިން ވާހަކަ ދައްކައިގެން ހައްލު ނުވުމުން މިހާރު ވަނީ ޝަރީއަތަށް ފޮނުވާފައި ކަމަށް ސިވިލް ކޯޓުން ބުންޏެވެ. ޑިސްޕިއުޓް ޑިވިޝަނުން ޝަރީއަތަށް މި މައްސަލަ ފޮނުވީ ޑިސެމްބަރު 26، 2016ގަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ކޯޓާ ހިސާބަށް ދިޔައީ ފައިސާ ހޯދަން ސްޓެލްކޯ އިން ކޯޓުން ބޭރުގައި ކުރި މަސައްކަތް ވެސް ނާކާމިޔާބުވުމުންނެވެ.
ފެނަކަ އަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލާގައި ޝަރޫ ލޯންޗް ސެކްޝަންގެ އިސް މީހަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ކުރީގެ މުވައްޒަފަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ފެނަކަ އަށް ދޫކުރި ޗެކްގައި ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި ސްޓޭމްޕެއްގެ ގޮތުގައި ޖަހާފައި ވަނީ އެމްސީބީގެ ތައްގަނޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެން
16 January 2017
2018 ގަ ވެނުމަސް ވެނަށް ކާންދީގެން ރައިސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނަން.
ޒުހޫރު
16 January 2017
މިފަދަ ޚިޔާނާތުގެ ކަންކަމަކީ ޕީ ޕީ އެމް ސަރުކާރެއްގައި ހިގައިގެން ވާނެ ކަންތައް ތަކެއް ނޫން. އަދި ޕީ ޕީ އެމް ގެ މިސަރުކާރުގައި މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް އިތުރަށް ޕްރޮމޯޝަންތައްދީ ޕާޓީގެ ނަން ހުތުރު ވާގޮތަށް އަމަލު ކުރަމުން ގެންދާތީ އަދި ޕީ ޕީ އެމްގެ މެންބަރެއްކަން އެގުމުން އެހެން މީހުން މަލާމާތް ކުރާތީ އިހުތިޖާޖު ކުރުމުގެ ގޮތުން ޕީ ޕީ އެމުން ވަކިވާން ނިންމައިފިން.
ޖަމަލޭ
16 January 2017
މައްސަލަ ނުބެލޭނެ. ކޮންމެވެސް ނުފެންނަ އަތެއްގެ ބާރު އެބައޮތްކަމަށް ލަފާ ކުރެވެނީ
އަޖިތު
15 January 2017
ޔާމީނަށް 2018 ޔަގީން ވެއްޖެ.................
އދތ
15 January 2017
މިއިވޭއަޑުތަކުން 2018ގަ ކިހިލި ޖަހައިގެން ޖެހޭނެހޮވަން
އަލްޖިބްރާ
15 January 2017
މިސަރުކާރުގެ ބޮޑުން ރާވައިގެން ހިންގާ ޖަރީމާތައް !
ފަތޭ
15 January 2017
ވައްކަން ވައްކަން ވައްކަން ފަތުއަޑު ކިޔަާފަ ވައްކަން
މަގޭގައުމު
15 January 2017
މިވަނީ ކީއްބާ! ފެނަކައިންވެސް، ސްޓެލްކޯ އިންވެސް ހަމަ މިކުންފުނިން. ފެންކައިން އެފަދަބޮޑު އިހުމާލެއްވީމަ، އެތަނުގެ އެމްޑީ ނިމާލް ބަދަލުކުރީ އެންމެގިނަ ފައިސާވަންނަ ސިނާއަތް ބަލަހައްތާ ޓޫރިޒަމްގެ ބޮޑުމަގާމަކަށް. މިފަހަރު ކިހިނެތްބާވާނީ! މިހެންވެގެންނޭ އަބްދުއްރަހީމް މެން އެބުނަނީ ދެވަނަދައުރަކަށް ރައީސް ޔާމީން ހޮވަން ލާޒިމް ކަމަށް.
އޯސަމް/ފުލޯލަސް.
15 January 2017
އެހެންވެގެނޭ މިބުނީ ބުރޯ އާއި ހަމައިން މިކަން ނިމޭކައް ނެތޭ.
އޯސަމް/ފުލޯލަސް.
15 January 2017
އެހެންވެގެނޭ މިބުނީ ބުރޯ އާއި ހަމައިން މިކަން ނިމޭކައް ނެތޭ.