ޔާމީން އިއްޔެ ޝަރީއަތުގައި: އެމަނިކުފާނު ޖަލަށްލާން ކުރި ހުކުމުގެ ރިޕޯޓް މިއަދު ވަނީ ދޫކޮށްފައި --- ފޮޓޯ/މިހާރު
26 ޑިސެމްބަރ 2022 - 15:20
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ނުލިބިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރިޕޯޓް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމުގެ ހުލާސާ ރިޕޯޓް ނުލިބޭތީ ޔާމީންގެ ވަކީލުންނާއި އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރިޕޯޓް މިއަދު މެންދުރު ހަވާލު ކޮށްފައިވާކަން ކޯޓުން ކަށަވަރުކޮށް ދިނެވެ.
އެ ޝަރީއަތުގެ ޔޫޓިއުބްގެ ލައިވް ސްޓްރީމް ވެސް މިއަދު ޔޫޓިއުބުން ނުފެނެ އެވެ. އެހެން ނަމަވެސް މިހާރު ވަނީ އާންމުކޮށް ފެންނަ ގޮތަށް ހަދައިފަ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ވަކީލުން ވަނީ ނިންމައިފަ އެވެ.
ޔާމީންގެ އިތުރުން ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް މިހާރު ތިއްބެވީ މާފުށީ ޖަލުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު..
05 January 2023
މިގައުމުގެ މަދަރުސާތަކުން ދަރިވަރުންނަށް ކިޔަވާދޭ އެއްޗަކާއި މެދު ސުވާލު އުފެދެއެވެ. ގައުމާއި ގައުމުގައި ހުރި މުދަލާއި ފައިސާ އާއި ބިމާއި ކަނޑާއި ފަޅާއި އެހެނިހެން ތަކެއްޗަކީ ރައްޔިތުން ނުވަތަ ތިމާގެ ހިއްސާ އޮންނަކަން ގަބޫލުކޮށް އެތަކެތި ބަލަހައްޓަން ވެރިންނާއި މުވައްޒަފުންލާ ގާނޫނުހަދަނީ ތިމަންނަމެން ރައްޔިތުން ކަން ދަންނަ ބަޔަކު އުޅޭހެން ހިއެއް ނުވެއެވެ.
ކޮތަރުގެއަސަރު
26 December 2022
މި ޤައުމުގައި އަބުރާއި އިއްޒަތަކީ އެކައްޗެއްވެސް ނޫނެވެ. ދައްކާ ވާހަކައަކީ އިތުބާރެއްް އޮތް އެއްޗެއް ނޫނެވެ. އަނގަ އޮތީމައި ކޮންމެވާހަކައެއް ކޮންމެ ފަދަ ތަނެއްގައި ދައްކައި ފަހު ދުވަހު އެއީ ދުވަހަކުވެސް ނުދައްކާ ވާހަކައެއް ކަމަށްވެ ނިމިދެއެވެ. މިފަދައިން ކަންތައް އެތުރި ތަރުތީބުވެފައިވާ ގައުމެއްގައި އިންސާފަކީ ތަދު އެއްޗެކެވެ. ނިކަން ބައްލަވާށެވެ. ރައީސް ޔާމީނުއަކީ ޚިޔާނާތްތެރިއެއް ކަމަށާއި އަނިޔާވެރިއެއްް ކަމަށް އެެއްމެ ފާޅުގައި ބުނީ ޖަމީލުއެވެ.
އެމްސް
27 December 2022
ޔާމީންގެ ކިބައިން ބަދަލު ހިފަން ޖަމީލު އުޅެނީކީ ނޫންބާ؟
އެދުރުކަލޭގެފާނު
26 December 2022
ޔާމީނު ކޮންމެ ފަހަރަކު ސްޕްރީމް ކޯޓްން ސަލާމަތްވެގެން ސާފް ވާނަމަ މިޤައުމުގެ ކޯޓްތައް ފޭލްވެފައިވާ މިންވަރު ހާމަވެ އަދި ކޯޓްގެ ދޯހަޅިކަން އަދި މާބޮޑަށް ހާމަވާނެއެވެ. ދައުލަތުގެ އެތެއް ވަގުތަކާއި ފައިސާއެއް ޚަރަދުވެ، އަދި އެވަރުންވެސް ދަށު ކޯޓުތަކުން އިންސާފް ނުލިބި، ކޮންމެ ހައްލަކީ ސްޕްރީމް ކޯޓްނަމަ ދައުލަތް ކުޅޭކުޅޭ ތަނަކަށްވެ ނިމުނީއެވެ. ކިތައްމެ ބޮޑުކުށެއް ކުރުމަށް ފަހުވެސް ފިއްޔެގެ ފަރަގުން ސަލާމަތްވާ ނަމަ ކީއްކުރާ ޤައުމެއްތޯއެވެ.
ޕޫރުބެ
26 December 2022
އިންޑިޔާގެ ނުފޫޒު އޮންނަ ގައުމުތަކުގެ އިދިކޮޅު ލީޑަރުންނަށް އޮންނަގޮތަކީ އެއީ.
އިބުރާ
27 December 2022
އިންޑިޔާ ނުފޫޒުގައި ވިޔަސް ނޫނީ ޗައިނާ ނުފޫޒުގައި ކަމަށް ވިޔަސް ދައުލަތު ފައިސާއަށް ޚިޔާނާތްތެރިވި މީހަކަށް އަދަބު ލިބެންޖެހޭނެއެވެ.
ޕިންނަންބަރު
26 December 2022
ރިޔާސީ އިންތިކާބަށް މާޗުގަ އިއުލާނު ކުރުމުގެ ކުރިން ސުޕްރީމް ކޯޓުން ނިމެންޖެހޭނެ
ގެދާނޯމޮސް
26 December 2022
ކޮންމެ ފަހަރަކުސްޕްރީމް ކޯޓުން ނިންމާ ނިންމުން އިދިކޮޅަށް ކާމިޔާބު ވާއިރު ޑްރަގާ ޖިންސީ ގޯނާ ގެވެށިއަނިޔާ ގެ މައްސަލަތަށް ސްޕްރީމް ކޯޓާހަމަޔަށް ފަގީރުންނަށް ނުއުފުލެއެވެ. ނޫންނަމަ ބަޔަކު ސަިޔާސީ މަގުސަދު ގަ ނަހައްގުން އަނިޔާދެވިފަވާ އެތަށް ބަޔަކު ހާމަވާނެއެެވެ. ޔާމިންގެ ޙުކުމް ކެއްސަލް ވެއްޖެނަމަ 2023 ގަ މިސަރުކާރު ބޮޑުތަނުން ފެއިލްވެގެން ދާނެއެވެ.
ގަނީ
26 December 2022
ތިލިބުނީ މިލިއަން ޑޮލަރުގެ ރިޕޯޓެއް… ރައްކާތެރިކަމާއި އެކު ތިރިޕޯޓް ގެން ގުޅޭތި.. ކާފަ ދަރިންނަށް ތިރިޕޯޓް ދައްކަން ޖެހޭ
މިލިއަން
26 December 2022
ޕީޕީ ކުދިން ދެން ރޯނީ ކޯޗެއް ނުލިބިގެންބާ؟؟ ޕީޕީ ކުދިން ދެރަވާނެ ވަރު ވަޒަން ކުރެވޭ.. މިލިއަނުން ވަގު ފައިސާ ދީލަތިކަމާއި އެކު އެކުދިންނަށް ދިން މޭސްތިރި ޖަލަށް ލީމަ ދެރަވާނެ.. ތިކުރާ ހިތާމައަކީ މިލިއަނުގެ ހިތާމައެއް..
ބިލިއަން
26 December 2022
ޔާމީން އަތުން 5 މިލިއަން ޑޮލަރު ހޯދަން ހުކުމްކުރާ މީހުންވެސް ދެރަވާނެ އެ ނުލިބިގެން. މިހާރުގެ ވެރިން ބޮޑު ދަތުރެއް އަޅާލާހާ ލާރިކޮޅެއް އެއީ. ޔާމީނު ދިން ދުވަހަކުން އެ ތަޅާބުރުއްސޭނީވެސް. އެ 5 މިލިއަން ރައްޔިތުންނާ ހަމައަށް ނުދިއައަސް 5 މިލިއަން އަރާވަރުގެ ދަތުރެއް ވެރިން ކޮށްލާ ނިންމާލާނެ.
ނޭޝަންފަސްޓް
26 December 2022
ޔާމީނުގެ އެންމެއިސް ވަކީލް ޖަމީލްގެ ދުލުން ލައިވް ޓީވީގައި ބުނީ ޔާމީނު ތިޖޫރި ފަޅާލި ވާހަކަ، މުޅި ގައުމު ލޫޓްވާލި ވާހަކަ އަދި އެތައް ޖަރީމާއެއް ހިންގި ވާހަކަ. ދެން މާތާހިރުވާނެ އޭރުގެ ރިކޯޑިން ބަލަން އުޅުނިއްޔާ
ރަދީފްއޮފިޝަލް
26 December 2022
އަބްދުﷲ ޝާހިދު ، އިމްރާން ފަދަ ބޭކަލުން އެމްޑީޕީ އަދި އެޕާޓީގެ ލީޑަރުންނާ ގުޅުވައިގެން ދެއްކި ހުތުރު ވާހަކަ ވެސް އަޑު އަހާލަން ހިނގާ ދޯ.ލަދު ކޮބާ؟؟
ގެދާނޯމޮސް
26 December 2022
ކުރިން ބުނިއެތި ކެންސަލް :
ލަދު1
26 December 2022
ކަލޯ ރަދީފު، ލަދު ވެއްޖެ ޖަލުގަ! ކޮބާ ކަލޭ ލަދު؟?