ސީޕްލޭން ޓާމިނަލުގައި ހުންނަ ޓީއެމްއޭގެ ކައުންޓަރުގައި ބަޔަކު ޗެކިން ވާން މަޑުކޮށްލައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު
31 ޑިސެމްބަރ 2022 - 17:52
ޓީއެމްއޭގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ އަދަދެއްގެ ގެސްޓުންނަށް ނުފުރި އެއާޕޯޓްގައި މިއަދު ތާށިވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އެއާލައިނުގެ ޗެކިން ސިސްޓަމަށް މިއަދު ހެނދުނުން ފެށިގެން މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެހެންވެ ފަސިންޖަރުންނަށް ޗެކިން ވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ފްލައިޓްތައް ޑިލެވޭފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނުފުރި ތިބި ފަސިންޖަރުން ފުރުވާލުމަށް ރިސޯޓްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޗެކިން ސިސްޓަމަށް މައްސަލަ ދިމާވިޔަސް، މެނުއަލްކޮށް އެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ އެއާލައިންގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓުމަކަށް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެއާޕޯޓްގައި ތަށީވި ގެސްޓުން ރިސޯޓުތަކަށް ގެންދަން އެހެން އިންތިޒާމެއް ހަމަޖެއްސުމަށް ޓީއެމްއޭ އިން ރިސޯޓުތަކަށް ވަނީ އަންގައިފަ އެވެ. އެގޮތަށް އެންގީ އެ އެއާލައިންގެ ޗެކިން ސިސްޓަމަށް ދިން "މެލްވެއާ އެޓޭކެއް"ގެ ސަބަބުން ފްލައިޓައް ޑިލޭވާތީ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުނަށް ރިސޯޓުތަކަށް ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުގަ އެވެ.
އާ އަހަރާ ދިމާކޮށް މި ދުވަސްވަރު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
02 January 2023
ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްުޔާ! މީ ދުނިޔޭގެ އޮތް އެންމެ ބޮނޑު ސީޕްލޭން އޮޕަރޭސަން ކަމަށް ވަނީ! އަދި މި ކުންފުނީގެ އޯނަރުންނަކީ ބޮނޑެތި ޕްރައިވެޓް އެކުއިޓީތަކުގެ މަހުޖަނުން ކަމަށް ވަނީ! އިންމިތިހާއަށް ބޯކޮށް ލާރި ވަންނަ ތަނެއް މީ! ތިން ހަތަރު ރިޝޯޓަށް ވުރެ ބޮނޑަށް އާމްދަނީ ލިބޭ ކުންފުންޏެއް ކަަމަށް ވަނީ! ކީއްވެ ބާވެއޭ ބެކްއަޕް ނޯންނަންވީކީ ބިޒްނަސް ކޮންޓިނުއިޓީ މަފްހޫމުގެ ދަށުންވެސް މި ބުނީކީ އެނގިއްޖެ!
ޢެމެރިކާ
01 January 2023
ރޯ އެޖެންޓުން ވަކި ހިޕްޕާލަނީ
ކށިބެލި
31 December 2022
އިންޑިޔާއިން ތިކަންގަނޑު ހިންގާތާ ދިހަވަހަރަކަށް މަސްވެއްޖެ. ތިކަންވާނެކަން އެނގޭ ދިވެހިންތިބޭނެ.
އުދުހޭ
31 December 2022
މީގެ ފަހުން ވާނެ އަބަދުވެސް ކުރިއަށް އޮންނަ 3 ދުވަހުގެ ޑޭޓާ ބެކްޕް ނަގާފަ ލޯކަލް ސަރވަރ އެއްގަ ބަހައްޓަން.
ތައްޔާރު
31 December 2022
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮފަރޭޓަރ މިކަން ނުކުރޭތޯ. ބައެއް ކުދކުދި އޮފީސްތަށްވެސް އެކަން އެބަކުރޭ!