ތެޔޮބޯޓެއްގައި ވިލިމާލެއިން ފުރި ދެ މީހުންގެ ތެރެއިން މާލޭގައި ހުއްޓާ ފެނުނު މީހާ: އޭނާ ގެސްޓު ހައުސްއަކުން މިއަދު ފެނިއްޖެ ކަމަށް ފުލުހުން ބުނީ، މާލެ ތެރެއިން އިއްޔެ ފެނިގެން ސޯޝަލްމީޑިއާގައި އާއްމުންގެ މީހަކު ފޮޓޯ ވެސް އާއްމުކޮށްފައި ވަނިކޮށް.
03 ޖެނުއަރީ 2023 - 13:43
ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ކަނޑުމައްޗަށް ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުގެ ތުހުމަތުގައި މާލެ ތެރެއިން މިއަދު ހައްޔަރުކޮށްފި އެވެ.
ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45، އާއި ބަންގުލަދޭޝްގެ މުހައްމަދު ލިޓަން، 35، އެވެ. މި ދެމީހުން ދަތުރުކުރި ކަމަށް ބުނާ ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ހުޅުލެ ކައިރިން އޮޔާދަނިކޮށް ވަނީ ފެނިފަ އެވެ.
ގެއްލިގެން ހޯދަމުން ދިޔަ ނިޒާމް، އޭގެ ތިން ދުވަސް ފަހުން މާލޭ ކޮފީ ޝޮޕެއްގައި އިންދައި އާއްމުންގެ ބަޔަކަށް އިއްޔެ ފެނިގެން ސޯޝަލްމީޑިއާގައި އޭނާގެ ފޮޓޯ އާއްމުކުރި އެވެ.
ފުލުހުން މިއަދު ބުނީ ނިޒާމް މިއަދު ފެނުނީ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކުރީ މީހެއްގެ މަރުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ތަފުސީލެއް ނުދެ އެވެ.
އެކަމަކު ބޯޓުގައި އޭނާއާއެކު ދަތުރުކުރި ބިދޭސީ މީހާއަށް ވީގޮތެއް އަދި ނޭނގެ އެވެ.
ވ. އަތޮޅު ވެންފަރު ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ފެނިފަ އެވެ. ބަޔަކު ރިޕޯޓްކުރުމުން ގޮސް އެ މީހާ ނެގީ ފުލުހުންނެވެ. އެކަމަކު އެއީ ކާކު ކަމެއް ފުލުހުން މިހާތަނަށް ނުބުނެ އެވެ.
ވަރަށް ހަމަޖެހިލައިގެން މާލެ ތެރޭގައި އުޅެނިކޮށް ނިޒާމް އިއްޔެ ފެނުމުން ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދި އެވެ.
ނިޒާމް ދަތުރުކުރި ބޯޓު އޮޔާދަނިކޮށް ފެނުނުއިރު، އޭނާ މާލެ އެރި ގޮތެއް އަދި ނޭނގެ އެވެ. ކަމެއް ދިމާވިކަން ފުލުހުންނަށް ރިޕޯޓްނުކޮށް އެހާ ހަމަޖެހިގެން މާލެ ތެރޭގައި އޭނާ އުޅުނު ސަބަބާ މެދު ވެސް ސުވާލު އުފެދުނެވެ.
ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާންމުކުރި މީހާ މާލޭގައި ހުއްޓާ އާންމުންގެ މީހަކު ނަގާފައިވާ ފޮޓޯއެއް.
އެނގިފައިވާ ގޮތުގައި ބޯޓު އޮޔާދަނިކޮށް ފެނުނުއިރު އޭގެ ތެރޭގައި ބިދޭސީ މީހާގެ ބައެއް ސާމާނު ހުއްޓެވެ.
ނިޒާމް މާލެއިން ފެނިގެން އޭނާ ހޯދާ ވާހަކަ އާއްމުންގެ މީހަކު ބުނުމުން އޭނާ އެކަން ދޮގުކުރި އެވެ.
"އަޅުގަނޑު އެހީމަ ބުނީ މި އައީއޭ ފުލުހަށް ގޮސްފައޭ. އެ މީހުން ބުންޏޭ ހޯދާކަށް ނޫޅެމޭ،" ކޮފީ ޝޮޕެއްގައި އިންދައި އޭނާ ފެނުނު އިބްރާހިމް މުހައްމަދު ބުންޏެވެ.
އެ ދެ މީހުން ގެއްލިގެން ހޯދަމުން އަންނަކަން ފުލުހުން އިއުލާންކުރީ އާދިއްތަ ދުވަހު އެވެ. އެ މީހުން ގެއްލުނީ ކޮން ބޯޓަކުން، ކިހާ ހިސާބަކުން ކަމެއް އަދި އެކަމާ ގުޅޭ އެއްވެސް އެހެން މައުލޫމާތެއް ފުލުހުން އަދިވެސް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބޭބެ
05 January 2023
ރިޟުވާނު މަރާލީ 13 ފަޅުވެރިން ތިބި ކަންނެލިދޯއްޏަކަށް ގެންގޮސްނޭ ކިޔައިގެން ވެސް ސަރުކާރުން ވާހަކަ ފެތުރި. ސުވާލަކީ އެއެންމެން މީހަކު މަރާލަން ރުހުނީހޭ؟ އަދިއަދަށް ދާންދެން އެއެންމެން އެކަން ސިއްރު ކުރަނީހޭ؟ މަގޭހިތެއް އެގޮތެއް ގަބޫލެއް ނުކުރި.
ދޮންއިބުރާހިމް
04 January 2023
ކޮބާ އަދިވެސް ފޮޓޯނެގޭތޯބަލާ މަގުމަތިން
އެމްސް
04 January 2023
މަރާލި މީހާގެ އިތުރަަށް، މަރާލި ސަބަބު ހޯދާނެބާ؟
ފިނރުޓޭ
04 January 2023
ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ!
ރަބަތު
04 January 2023
މީގަ ބިދޭސީ މީހާ ނުފެނުމަކީ އޭނާ މަރާލުންކަމަށް ނިންމަނީތަ ؟ އެމީހާ ހުރެދާނެ ފިލައިގެން ގޮސް އެހެން ރަށެއްގަ.
އެމްސް
04 January 2023
ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނާ، ކޮމެންޓް ކުރުމުގެ ކުރިން އާރޓިކަލް އެއްކޮށް ކިޔާ!
ދެރަ
04 January 2023
ތިޔަ ތެޔޮބޯޓުގެ ޙަޤީޤަތަކީ، އޭގެ ވެރިފަރާތަކީ ކޮބާ؟
އައިމިނާ
03 January 2023
މިހާރަކަށް އައިސް ދޮގުހެދުން މިއީ އެއްވެސް ކަމަކަށް ނުވޭ.
ޙައްބޭ
04 January 2023
އެހެންތާ ވާނީ. އެންމެ ގިނައިން ދޮގުހަދަނީ ފުލުހުން ކަމަށްވީމަ.
ޙިނި
03 January 2023
މިހާރު ގިނަވާނީ ގުރަގު ނަގާމީހުން، ޑުރަގު ނަގާ މީހެއްތޯ ބަލާބަލަ
ގުދުގުދާބެއްޔާ
03 January 2023
އޭނާ ހިތުން އޭނާ އެހެރީ ސިފަ ބަދަލުކޮއްގެން! މައްޗައް ފުޅާއަޅާ ބޮލުގައި ޔާއި ތުނބުޅީގައި ހުދުކުލަ ހާކައިގެން ހިތުން ފިލަންވެގެން!
މަޖާ
03 January 2023
މަޖާވެގެން ފުލުހުންނަށް ފުރައްސާރަ ކުރަން ފޮޓޯ ނެގީމަ ތާހިރު ވެއްޖެއެއްނު.