މިދިޔަ އޭޕްރިލް މަހު އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ޕަވާ މިނިސްޓަރު ރާޖު ކުމާރު ސިންގްއާ ބައްދަލުކުރައްވަނީ
04 ޖެނުއަރީ 2023 - 11:54
އިއާދަކުރަނިވި ހަކަތަ ބަދަލުކުރަން ރާއްޖެ އާއި އިންޑިއާ އެއް ގްރިޑަކުން ގުޅާލުމަށް ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް އިންޑިއާގެ ޕަވާ މިނިސްޓްރީގެ ޓީމަކުން ރާއްޖެ އައިސް ބަލައިފި އެވެ.
"ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"އަކީ އިންޑިއާގެ ޕަވާ ގްރިޑާއި އެހެން ގައުމުތަކުގެ ޕަވާ ގްރިޑް ގުޅާލައި، އެ ގްރިޑް މެދުވެރިކޮށް އެ ސަރަހައްދުތަކަށް ސޯލާ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތެކެވެ.
މިދިޔަ އޭޕްރިލް މަހު އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ޕަވާ މިނިސްޓަރު ރާޖު ކުމާރު ސިންގްއާ ބައްދަލުކުރައްވައި ޕަވާ ގްރިޑް ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.
އިންޑިއާގެ ޕަވާ މިނިސްޓްރީން ޑިސެމްބަރު 27 ވަނަ ނެރުނު ބަޔާނެއްގައިވާ ގޮތުން ރާއްޖެ އާއި އިންޑިއާ އިއާދަކުރަނިވި ހަކަތައިގެ ގްރިޑަކުން ގުޅާލުމަށް ފުރިހަމަ ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް ބެލުމަށް އިންޑިއާގެ ޓީމެއް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ވެސް އައެވެ.
އެ މިނިސްޓްރީން މިދިޔަ އަހަރު ކުރި މަސައްކަތްތަކަށް އަލިއަޅުވާލައި ނެރުނު އެ ބަޔާނުގައި އެކަމުގެ ތަފްސީލެއް ނެތެވެ. އެކަމަކު އެ ބަޔާނުގައިވާ ގޮތުން އެ ގައުމުން ބަލާފައި ވަނީ ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން ގޮސް ރާއްޖެއާ ގްރިޑު ގުޅާލުމަށް ކުރަން ޖެހޭ ކަންކަމެވެ.
ޝައުނާ، އިންޑިއާގެ ޕަވާ މިނިސްޓަރާ ބައްދަލުކުރެއްވި ފަހުން ނެރުނު ބަޔާނެއްގައި ޕަވާ މިނިސްޓްރީން އޭރު ބުނެފައި ވަނީ އިންޑިއާގެ ޓީމެއް ރާއްޖެ އަށް ގޮސް ޓެކްނިކަލް ކަންކަން ބެލުމަށް ފަހު، ދެ ގައުމުގެ އިދާރާތައް ގުޅިގެން ކަނޑުއަޑީގައި ކޭބަލް އަޅާނެ ގޮތާއި މާލޭގެ ނެޓްވޯކަށް ބަދަލުގެންނާނެ ގޮތާ ބެހޭގޮތުން ތަފްސީލީ ޕްރޮޖެކްޓް ރިޕޯޓެއް އެކުލަވާލާނެ ކަމަށެވެ.
▪️To read the full report, visit: https://t.co/z1Yzc1ansC@airnewsalerts @DDNewslive
— Ministry of Power (@MinOfPower) December 27, 2022
އިންޑިއާގެ ޕަވާ މިނިސްޓްރީއިން ނެރުނު ޕްރެސްރިލީސް
އެ މަސައްކަތް ކުރުމަށް އިންޑިއާގެ ޕަވާ މިނިސްޓްރީން އެކުލަވާލި ޓާސްކްފޯސްއިން ދެކުނު އިރުމަތީ އޭޝިއާ، ދެކުނު އޭޝިއާ، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕްގެ ގައުމުތަކާ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް އެއް ގްރިޑަކާ ގުޅާލުމުގެ ޓެކްނިކަލް އަދި އިގްތިސާދީ ފީސިލިބިލިޓީ ބަލާފައިވެ އެވެ. އަދި މަޝްވަރާ އަށް ފަހު ނިންމާފައި ވަނީ އެންމެ ފުރަތަމަ މަރުހަލާގައި ރާއްޖެ، ސްރީލަންކާ އަދި މިޔަންމާ ގުޅާލުމަށެވެ.
"ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"ގެ މަސައްކަތް ނޮވެމްބަރު 2، 2021ގައި އޮތް ވޯލްޑް ލީޑާސް ސަމިޓުގައި ފައްޓަވައިދެއްވީ، އިންޑިއާގެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިނގިރޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެވެ.
The Hon’ble Minister of Power and New & Renewable Energy,Shri @RajKSinghIndia, met the Minister of Environment, Climate Change & Technology,Maldives, Ms. @anuahsa, and discussed initiatives for enhanced cooperation in the field of #RenewableEnergy, #EnergyEfficiency and #OSOWOG. pic.twitter.com/HwGU03IXiQ
— Office of R.K. Singh (@OfficeOfRKSingh) April 26, 2022
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޮޓް 1
09 January 2023
ވަން ވޯލްޑް، ވަން ސަން، މެނީ ގްރިޑްސް. ވަރަށް ވާހަކަ.
ކަރަންޓުބެ
05 January 2023
އަސްލު އިންޑިއާއިން ބޭނުންވަނީ ރާއްޖެއަށް އަތްގަދަކުރަން. ކަރަންޓު ވިއުގަލުމުން ލިބޭ ގެއްލުން ވަރަށްބޮޑު ޤައުމަށްލިބޭ ޑޮލަރު އިންޑިއާއަށް ދޭންޖެހޭނެ..އަދި އެމީހުނަށް ރާއްޖެ ކޮންޓްރޯލް ކުރުވަން ފަސޭހަވާނެ.ޢަދި އަހަރުމެން އެމީހުންގެ އަޅުވެތި ކަމަށް ވެއްޓެން މަޖުބޫރުވާނެ. އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި އެމީހުން އަހަރުމެނަށް ދެއްކި ބިރު ހަދާނެއް ނުނެތޭ. ރާއްޖެ ހިފަންގޮވާ. ޜާއްޖޭގެ ޓޫރިޒަމް ބޯއިކޮޓް ކުރަންގޮވި ހަދާން ނަައްތާނުލާ
ވަހީދުބޭބެ
05 January 2023
އެއިރުން ކަރަންޓުބިލްހަދާނީ ކޮންގައުމަކުންބާ؟
ޖާބެ.
05 January 2023
ގައުމު އެންޑިޔާ ޕާލިމެނޓާވެސް ގުޅާލާ އަދި މިތަނައް ޗީޕްމިނިސްޓަރެއް އޮންތިޙާބްކުރަމާ އެކަންދެން އޮތީނުވެ
ތޭކްސް
04 January 2023
ޝައުނާ ތިބޭފުޅާ އުޅޭ ގެެއެކަނި އެ ގުރިޑާ ގުޅާލަންފެންނަނީ. ދިވެހިންނަށް އަމިއްލައަށް މިކަން ކުރެވޭނެގޮތެއް ހަދައިދިނިއްޔާ ރަނގަޅީ.
ޢެނަލިސްޓު
04 January 2023
ޔޫރަޕާ ރަޝިއާގެ ކޯޅުމަށް ބެލިއަސް ތިއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫންކަން އިނގޭނެ.
ހޯހޯ..
04 January 2023
ޝައުނާ އިސްތިއުފާ!!
ހަސްނާ
04 January 2023
މިވަރަށް ސަޅިކަމެއް ކޮރަޕްސޮން އިތުރަށްފުޅާކޮށްލަން
ބޫޓުންކުނިވަސްދުވާތަކުރު
04 January 2023
މިކަމަކުން ލިބޭނެ ފައިދާއަކަށްވުރެން ގައުމުގަ ބަޔަކު އިތުރު ކަޑައެއްޖެހުން ނޫންކަމެއް ނުވާނެ. މިރާއްޖެއަކީ ގުރިޑު ގުޅާލުންނޫންގޮތެއް ނެތިގެން އުޅެންޖެހޭބައެއްނޫން. ފަސްލައްކައެއްހާމީހުންއުޅޭ ތަނެއްގަ ބައްތިދިއްލަން ކޮންމެ ގައުމަކަށް ކޮޅުލާކަށް އަދިނުވޭ.
ނަންނެއްގޮލާ
04 January 2023
މީ ގައުމީ ސަލާމަތައް އޮތް ވރައް ބޮޑު ނުރައްކަލެއް. މިވާ ގޮތުން އިންޑިޔާ ބޭނުން އިރަކު އެނަޖީ ހުއްޓާލެވޭނެ. ބަލަ ށައުނާ ކަލެޔަކައް ނުފެނޭތަ ރަށިޔާ ޔޫރަޕައް ހެދި ގޮތް. ޔޫރަޕުގަ ލާރި ހުރީމަ އެމީހުން ސަލާމަތުން އެ ހުރީ.އަހަރެމެން ކެހެނީ އިންޑޔާ ފައިބުޑައް ވެއްޓެން.މިކަން ކޮންމެހެން ވެސް ރައްޔިތޫން ހުއްޓުވަން ޖެހޭނެ