ދިވެހި މަސްވެރިންތަކެއް ދޯންޏެއްގައި ތިބެގެން މަސް ބާނަނީ: މަސްވެރިކަމާ ގުޅޭ ގޮތުން ލަފާދިނުމަށް ތިން ކޮމިޓީއެއް އެކުލަވާލަން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފައި. -- ފައިލް ފޮޓޯ
04 ޖެނުއަރީ 2023 - 13:46
މަސްވެރިކަމާ ގުޅޭ ގޮތުން ލަފާދިނުމަށް ތިން ކޮމިޓީއެއް އެކުލަވާލަން ނިންމާފައި ވާތީ އެ ކޮމިޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ހޯޯދަން ފިޝަރީޒް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނީ ކަނޑުމަހުގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަން މެނޭޖުކުރުމަށް ލަފާދޭ ކޮމިޓީތަކެއް އެކުލަވައިލަމުން އަންނަ ކަމަށެވެ. އެ ކޮމިޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ކުރިން ވެސް ހުޅުވާލުމުން އެއްވެސް ތަރުހީބެއް ނުލިބޭތީ، މި މަހު 19 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ ކޮމެޓީތަކަކީ ކަނޑުމަހުގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމާ އަދި ހިބަރު މަސްވެރިކަން މެނޭޖުކުރުމާ ގުޅޭ ގޮތުން މިފަހުން މިނިސްޓްރީން ހެދި ގަވާއިދުތަކުގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީތަކެކެވެ.
• ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިން ތަމްސީލުކުރާ ތިން މަސްވެރިން
• އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މެމްބަރެއް
• ރާއްޖޭގެ ބާޒާރަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މެމްބަރެއް
• ކަމާގުޅޭ ދެ ޖަމިއްޔާއެއްގެ ތަމްސީލުކުރާ ދެ މެމްބަރުން
• ފާނައިގެ މަސްވެރިކަން ތަމްސީލުކުރާ ތިން މެމްބަރުން
• ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މެމްބަރުން
• ކަމާގުޅޭ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރެއް
• ހިބަރުގެ މަސްވެރިކަން ތަމްސީލުކުރާ ތިން މެމްބަރުން
• ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މެމްބަރުން
• ކަމާގުޅޭ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރެއް
ދިވެހި މަސްވެރިންތަކެއް ދޯންޏެއްގައި ތިބެގެން މަސް ބާނަނީ: މަސްވެރިކަމާ ގުޅޭ ގޮތުން ލަފާދިނުމަށް ތިން ކޮމިޓީއެއް އެކުލަވާލަން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފައި. -- ފައިލް ފޮޓޯ
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޮމިޓީތަކަށް ކުރިމަތިލާ މީހުންނަކީ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ މީހެއް ކަމުގައިވާން ޖެހޭ ކަމަށެވެ. އަދި އެ މީހަކީ އިންތިހާބީ މަގާމެއް، ސިޔާސީ މަގާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ އިސްމަގާމެއް ހުރި މީހަކަށް ވެގެންނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ކޮމެޓީތަކުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބަލައި އަހަރަކު އެއް ފަހަރު މިނިސްޓަރަށް އޭގެ ތަފުސީލު އެރުވުމެވެ. މަސްވެރިކަމާ ގުޅޭ ފަންނީ އަދި އެހެނިހެން މައުލޫމާތު އެކުލެވޭ ރިޕޯޓްތައް އެނަލައިޒްކުރުމާއި މަޝްވަރާ ބައްދަލުވުންތައް ބާއްވައި މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަކީ ވެސް މި ކޮމިޓީތަކުގެ ޒިންމާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާން މަސްވެރިޔާ
08 January 2023
ވަރުން އުޅެބަލަ.ވޯޓް ކައިރިވީމަ ކޮމިޓީތައް ހަދަނީ ވޯޓަށް.ނުދޭނަން ވޯޓެއް.
ސާރުދާ މިއާ
06 January 2023
03 މަދުވާނެ.10 ވަރު އޯކޭ ވާނެ މިވަގުތައް.
ޣަނީއަ
05 January 2023
ޖީއެސްޓީ ބޮޑުކުރީ މިކަހަލަ ބޭކާރު ވަޒީފާތައްއުފަންދަން
ބޮޑުމީހާ
05 January 2023
ކޮމިޓީތަކާއި އޮމްބަޑްސްމަނުން ލައިގެންވެސް ރައްޔިތަކަށް ކަމެއްކޮށްދެވޭ ކަމަކަށް ނުވޭ! ދެރަވަރު ކަމެއް ގައުމު އިދަޖެހެނީ ފާޑުފާޑުގެ ތަންތަން ހަދައި ބަޖެޓް ހުސްކުރުމުގަ
ޖިނީ
04 January 2023
ތި 3 ކޮމިޓީ އަށް ލަފާދޭން އަދި 3 އިތުރު ކޮމިޓީ އުފައްދާފަ ސޯލިހު ގާތް ތިމައިގެ މީހުން ލާފަ ބަހައްޓާ
ހައްޕުޑު
04 January 2023
ހާތްތެރި ކަނޑިގައިވާ ކޮންމެ މަހަކަށް ކޮމިޓީއެއް އުތަ؟؟ ޓެކުސް ބޮޑުކުރި މިކަހަލަ ބޭކާރު ކޮމިޓީ ހަދައިން މަގާމުދޭން.
އިބްރ
04 January 2023
އިންތިޚާބު ގާތްވާކަން އެނގިއްޖެ. މަސްވެރިން ރަނަށްވަނީ
ކެިސޖ
04 January 2023
ރޯޔަލޭމެންގެ ތެރެއިން ނުކިޔަވާ މީހުނަށް ރުފިޔާ ބަހަން އެހެން ގޮތެއް.. ވާހަކަ ނިކަން ފޮނިވާނެ
ދެހަންދަރު މަސް
04 January 2023
ޕާޓީ ތެރެއިން ކުދިން ކޮޅެއް ނަގައިގެން ކުރިޔަށް ގެންދެވީމާ ވަރަށް ކާމިޔާބު ކަމަކަށްވާނެ. ދެން އެކުދިންނަށް 15 ވަރަކަށް ހާސް ރުފިޔާގެ އެލަވަންސެއް ހަމަޖައްސާދެއްވާ. ޝުކުރިރިއްޔާ ފެލާލައްވާ
ނުވިސްނާ
04 January 2023
މަސްވެރިކަމައް އުފައްދާ 3 ކޮމެޓީ ގެ އިތުރުން ތީން ކޮންމެ ކޮމެޓީއަކުން އިތުރު 3 ސަބު ކޮމެޓީ އުފައްދާ އަދި މި 9 ސަބު ކޮމެޓީން ކޮންމެ ކޮމެޓީއަކުން އިތުރު ސަބު ގެ ސަބު ކޮމެޓީ 27 ކޮމެޓީ ހެދުން ފެނޭ. ދެން މި ކޮމެޓީ ތަކައް ސިޔާސީ ބޭފުޅުން އައްޔަނު ކުރުން ފެނޭ.