މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް: އޭނާ ވިދާޅުވީ މެލޭޝިއާއިން ކޮވިޑްގެ ފިޔަވަޅު އަޅާނީ ހަމައެކަނި ޗައިނާ މީހުންނަށް އަމާޒުކޮށް ނޫން ކަމަށް --- ފޮޓޯ: އޭޕީ
05 ޖެނުއަރީ 2023 - 11:56
ޕުޓްރަޖާޔާ (ޖެނުއަރީ 5) - ކޮވިޑްގެ ފިޔަވަޅުތައް އަޅާނީ ހަމައެކަނި ޗައިނާގެ ދަތުރުވެރިންނަށް އަމާޒުކޮށްގެން ނޫން ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޗައިނާ ހުޅުވާލުމުން އެ ގައުމުގެ ދަތުރުވެރިން ވެސް މެލޭޝިއާ އަށް ޒިޔާރަތް ކުރާނެތީ އެ ގައުމުން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއާޕޯޓްގައި ވަރުގަދަކޮށްފަ އެވެ. އަންވަރު ވިދާޅުވީ ކޮވިޑްގެ ފިޔަވަޅުތައް އެޅުމުގައި ވަކި ގައުމެއް ތަފާތު ނުކުރާނެ ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތި ކެބިނެޓުން ނިންމީ ސިއްހީ ކަންތަައްތަކޭ އެންމެ ފުރަތަމަ މުހިންމީ. ޓޫރިޒަމާއި އިގްތިސާދާ ގުޅޭ ސުވާލުތަކުން މި މަސްލަހަތުތައް ފަހަތަށް ނުޖެއްސޭނެ ކަމަށް،" ކެބިނެޓްގައި އިއްޔެ ކުރި މަޝްވަރާތަކާ ގުޅިގެން އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް ހައި ރިސްކް ތަންތަނުން އެ ގައުމަށް ދާ ޓޫރިސްޓުން ސްކްރީން ކުރުމުގައި އިމްގްރޭޝަން ޗެކް ޕޮއިންޓްތަކުން ސަމާލުވާނެ ކަމަށެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓަރު ޒަލިހާ މުސްތޮފާ ވިދާޅުވީ ޗައިނާއިން ދަތުރުކުރާ ފްލައިޓްތަކުން ބޭރުކުރާ ބޭކާރު ފެނުގެ ސާމްޕަލް ނަގައިގެން ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ އަލާމަތްތައް ފެންނަ ކޮންމެ ދަތުރުވެރިޔަކު އިތުރަށް ޓެސްޓް ހެއްދުމަށްޓަކައި ކަރަންޓީން ކުރާނެ ކަމަށެވެ.
ކޮވިޑްގެ ކުރިން މެލޭޝިއާ އަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރަނީ ޗައިނާއިންނެވެ. އެގޮތުން 2019 ގައި ޗައިނާގެ 3-1 މިލިއަން ޓުރިސްޓުން މެލޭޝިއާ އަށް ޒިޔާރަތް ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
05 January 2023
ޚޮން ކޮވިޑެއްތަ، ޓޫރިސްޓުން ދެން ގެންނަންވީ. ޚޮވިޑު ޖެހިއްޖެޔާ ބޭސްކޮއް ފަރުވާދޭނީ.
48343
05 January 2023
ދެވަނަބަންދަކަށް ނުދެވޭނެ. އަންވަރު ކަންތައްތިކުރަނީ ރަނގަޅަށް.