އައްޑޫގައި ހިންގި ޓެރަރިޒަމް އޮޕަރޭޝަނުގައި އުޅަނދުތައް ބަލާ ފާސްކުރަނީ.--
08 ޖެނުއަރީ 2023 - 21:40
ފުލުހުންނާއި ސިފައިން ގުޅިގެން ދާދި ފަހުން ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި، އެކަން ނުކޮށްފި ނަމަ ޓެރަރިސްޓް ހަމަލައެއް ދޭނެ ކަމުގެ އިންޒާރު އައްޑޫގައި މިއަދު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި ކ. ގުރައިދޫ އަދި އައްޑޫގައި ހިންގި އެ އޮޕަރޭޝަންގައި ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އިން ދެ މީހަކާއި ގުރައިދޫން ދެ މީހަކާއި އައްޑޫން ނުވަ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
އެ އެންމެން ދޫކޮށްލަން ގޮވާލައި، އިންޒާރުތަކެއް ލިޔެފައިވާ ކަރުދާސްތަކެއް އައްޑޫގެ ބައެއް ތަންތަނުގައި ބަޔަކު މީހުން ތައްކޮށްފައި ހުއްޓާ މިއަދު ވަނީ ފެނިފަ އެވެ.
އެ ގަނޑުތަކުގައި ވަނީ ލޭ އޮހޮރުވުމަކަށް ނުގޮސް އަމާން ދިނުމަށާއި އައްޑޫ ސިއްސުވާލަނީ ކަމަށް ލިޔެފަ އެވެ. އަދި "އަހުންތައް" ދޫކޮށްލުމަށާއި އެއީ "އެންމެ ފަހުގެ އިންޒާރު" ކަމަށް ބުނެ ލިޔެފައި ހުއްޓެވެ.
އެ ކަމާ ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނީ ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އައުމުން ބަލަމުން އަންނަ ކަމަށެވެ.
"މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ މާލެ އާއި ގުރައިދޫ އަދި އައްޑޫން ހައްޔަރުކުރި މީހުން އުޅުނީ ހައްދުފަހަނައެޅި ހަރުކަށި ޖަމާއަތް ކަމަށްވާ އައިސިސްއާ ގުޅިގެން ތަންތަން ގޮއްވަން ކަމަށެވެ.
އެ 14 މީހުންގެ ތެރެއިން ނުވަ މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކުރި ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. އެ މީހުން ކުރިން ހައްޔަރުކުރީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުން ނުވަތަ އެކަމުގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ތާއީދުކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު އޭގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ކޮންމެ މައްސަލައެއްގައި ޝަރީއަތަށް ސާބިތު ކުރެވޭ ވަރަށް ހެއްކި ނުލިބޭތީ ދޫވެފައި ތިބީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވާ، މި ފަހަރު އެ މީހުން ކުރަން އުޅުނު ކަންތައް ކާމިޔާބުވި ނަމަ ގިނަ ބަޔަކު މަރުވީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
10 January 2023
ހަމަ ޔަގީނުންވެސް މިއީ އިންޑިޔާ އަޑީގަ ތިބެގެން ކުރުވާ ކަމެއް. ތަންތަނުގަ، މީހަކު ނޭގޭ ގޮތަށް ހުޅުޖަހަމުން ވެސް އެބަދޭ.
ސާދާސީދާ
10 January 2023
އިންޒާރު ދިން ބަޔަކު ހޯދައި ޓެރަރިޒަމްއަށް ހިތްވަރު ދިނުމުގެ ދަޢުވާކުރޭ. ފަހަރެއްގަ ޓެރަރިޒަމްގެ ދަޢުވާކުރާނެ ހެކި ވެސް ފެނިދާނެ.
ހުސްނުހީނާ
09 January 2023
ނަމަނަމަ ދޫނުކުރާތި! ތިހެން ދޫކުރަންވެއްޖެއްޔާ މިގައުމުގަ ކުއްވެރިޔަކު ނުހުންނާނެ. ޖަލުތަކެއް ބޭނުމެއްނުވާނެ! ސިފައިންނެއް، ޕޮލިހުންނެއް ބޭނުމެއްނުވާނެ. މުޅިގައުމު ކޮންޓްރޯލް ކުރާނީ ތިކަހަލަ ގުރޫޕުތައް. ދެންޖެހޭނީ އަމިއްލަމީހުން އަތަށް ހަތިޔާރުނަގަން. ތިއިންޒާރު ދިންމީހުން ހޯދާ ހައްޔަރު ކުރަންޖެހޭ!
އިންސާނުން
09 January 2023
އިންޑިޔާއިން ވަންނަ ކޮންމެ ތަނެއްގައި މިކަން އޮންނަނީ މިހެން އައްޑޫއަކީ އެފަދަ ހަމަލާއެއް ޓެރަރިސްޓު ނަމުގައި ދޭނެ ތަނެއް ނޫން ހުރިހާވެސް މައްސަލައަކީ އިންޑިޔާމީހުންގެ ތިބުން ތައްޔިތުންގެ ސަމާލުކަމުން ފުރޮޅާލުމަށް މަސައްކަތް ކުރުން މިއީ .
ހަސަނު
09 January 2023
ހައްޔަރު ކުރީ މީހުން މަރާން ތަންތަން ގޮށްވާން ރާވާކަމުގެ ތުރުމަތުގަ.. ދެން އެމީހުންނަށް ތާއީދު ކުރާމީހުން މި ބުނަނީ އެމީހުން ކުށެއް ނެތޭ ވަގުތުން ދޫނުކޮށްލައިފި ނަމަ މީހުން ތަންތަން ގޮށްވާފަ މީހުން މަރާނަމޭ.. އެ ޖެހުނީ ކޮންތާކު؟ މަށަށް ހީވަނީ އެ ތުހަމަތު މިހާރު ހަގީގަތަކަށްވޭހެން.. ދެން އަވަހަށް ހުކުމް ކުރެވޭޓޯ ބަލަންވީ..
އަސްތާ އަސްތާ
09 January 2023
ކޯޓުތަކާ ޑީލްޖަޓްކޮށްފަ ތިޔަބަޔަކު އޮންނާނީ، މި ކޯޓުތަކުން ގައުމަށް ހަމަޖެހުމާ ތާހިރު މުޖްތަމައު އެއް ނުލިބޭނެ. ފަނޑިޔާރުން އިސްލާހުވެ ހޭލުންތެތިވާންއެބަޖެހޭ.
ކޯޓޭ އެކަނި ނުކިޔާ
09 January 2023
ފަނޑިޔާރުން އެކަންޏެއް ނުން މައްސަަލައަކީ މުޅިސިސްޓަމް ރައްޔިތުންވެސް ހިމެނޭހެން. ލާރިއަށް ވޯޓު ވިއްކާފަ ކޯޓުތައް ކުއްވެރި ނުކުރޭ. ކޮރަޕްޓު ސިސްޓަމަކުން ނުބައި ކޮންމެ މީހަކަށް ވެސް މިފެންނަނީ އެމީހާ އާއި ޖެހުނީމާ. ކަލޭއަށް އަމާން ކަމާއިއެކު ދިރި ނޫޅެވެ ހސާބަށް މުޖުތަމައު ނުރައްކާ މިވީ ވޯޓުވެސް ވިއްކާތީ. ކޯޓުވެސް ކޮރޕްޓު ވީމާ ޕޮލިހުން ޕީޖީ ލޯޔަރުން އެންމެން ވެސް ކޮރަޕްޓުވީމާ
އެމްސް
09 January 2023
ފަނޑިޔާރުންނަށްވެސް އެބައިމީހުންގެ މަސްއޫލިއްޔަތު ފުރިހަމައަަށް އަދާނުކުރެވެންޏާ ކޯޓްތަކަށްވެސް އެހެންބަޔަކު ލާންވީ! އެހެން ނޫނީ ރަޢިއްޔަތުންގެ ޓެކްސް ފައިސާ ވާނީ އިސްރާފު!
ކުޗީ
09 January 2023
އެއްވެސް މީހަކު ކަންބޮޑުވާނެކަމެއްނެތް. ފުލުހުން އެދަނީ ބަލަންވާކަންކަން ބަލަމުން.
އެމްސް
09 January 2023
މަގުމަތީގަ ޖެޓްސްކީ ޖައްސަމުން/ނަންނުގައްޗެއް ދާހެން ފައިބައިގެންދާ ސައިކަލުތައް ދާއިރުވެސް ފުލުހުން ބަލަން ތިބޭ، އެކަމަކު އެއްވެސް މީހަކު އެކަމަކާ ގުޅިގެނެއް ނުހުއްޓުވާ!
ރައްޔިތުކަލޯ
09 January 2023
ސަރުކާރުތައް ބަލިކަށިވުމަކީ ޓެރަރިސްޓު ހަރަކާތްތަކާ މުޖުރިމުން ވަރުގަދަވާ މައިގަނޑު ސަބަބެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ފަހު ދެން އުފެދުނު ހުރިހާ ސަރުކާރުތަކަކީ ވެސް ބަލިކަށި ސަރުކާރު ތަކެވެ. ރައީސް ޔާމީނުގެ ސަރުކާރަކީ ބަލިކަށި ސަރުކާރަކަށް ނުވިނަމަވެސް ކުށްވެރިންނާ "ގުޅުން ބޮޑު" ސަރަކާރަކަށްވީތީ މިކަމުގެ ނާޖާއިޒު ފައިދާ ނަގާ މިފަދަ ފަރާތްތައް މިވީ މުއްދަތުގެ މުޖުތަމައަށް ނުރައްކާތެރި ދަރަޖައަކަށް މިހާރުވަނީ ބާރު ގަދަވެފައެވެ.
އެކަލޯ
09 January 2023
ތީ ސަތޭކާގެ ވާހަކައެއް މަޖިލިސް އެއްކޮށް ލިބުނަސް މި ސަރުކާރަކީ ބަލިކަށި ސަރުކާރެއް.
އެމްސް
09 January 2023
މިޤައުމަށް: ބިދޭސީންނާއި، މަސްތުވާތަކެއްޗާއި، ގުންޑާ ގްރޫތައް އުފަންވީ މައުމޫނުގެ ވެެރިކަމުގަ!
އެމްސް
09 January 2023
މާލޭގަ އުޅޭ ގުންޑާ ގްރޫޕްތައް ހުއްޓުވަން، މަގުމަތީގެ އަމާންކަން ގެއްލޭގޮތަަށް އުޅަނދުފަހަރު ދުއްވާ ދުއްވުން ހުއްޓުވަން ފުލުހުން ނޫޅެނީ ކީއްވެބާ؟
ހަނދޭ
09 January 2023
ރިޕޯޓް ނުކުރާތީ ކަންނޭގެ
ބަަނަސް
09 January 2023
ސިޔާސީ ޕާރޓީ އެއްތީވެސް. ގޭސްގަނޑު އަބުރަދެނީ ބޮޑެތި ސޯބުތައް ހަމަ.