ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓްގެ ޗެއާމަން އަދި ޕީއެސްޖީގެ ރައީސް ޚެލައިފީ، އޭނާ އަކީ މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ނުފޫޒު ގަދަ އެއް ވެރިޔާ.--
11 ޖެނުއަރީ 2023 - 13:36
ޕީއެސްޖީ ހިންގާ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް (ކިއުއެސްއައި) އިން އިނގިރޭސި ޕްރިމިއާ ލީގުގައި އިންވެސްޓް ކުރާނެ ކްލަބެއް ހޯދަން ފަށައިފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ކިއުއެސްއައި އިން ޕްރިމިއާ ލީގު ކްލަބެއްގެ މައިނޯރިޓީ ހިއްސާ ގަންނަން ވިސްނަމުން ދާއިރު، ޓާގެޓް ކްލަބް ތަކުގެ ތެރޭގައި ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕީއެސްޖީގެ ރައީސް އަދި ކިއުއެސްއަައި ގެ ޗެއާމަން ނާސިރު އަލް ޚަލައިފީ، މިދިޔަ ހަފްތާ ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީއާ ލަންޑަނުގައި ބައްދަލު ކުރެއްވި ކަމަށް ވެސް ވެ އެވެ. ނަމަވެސް ޓޮޓެންހަމުން އެ ކަން ދޮގުކުރެ އެވެ.
ޚަލައިފީ އާއި ލެވީ އަކީ ވެސް ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) ގެ އިސްވެރިންނެވެ. އީސީއޭގެ ޗެއާމަންކަން ޙަލައިފީ ފުރުއްވަމުން ގެންދަވާއިރު، ލެވީ އަކީ އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރެކެވެ. އެހެންވެ ދެ ބޭފުޅުން ބައްދަލު ކުރެއްވުމަކީ ސީދާ ކްލަބުގެ ހިއްސާއާ ގުޅުންހުރި ކަމެއް ކަމުގައި ޔަގީން ކުރެވޭކަށް ވެސް ނެތެވެ.
ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ ކްލަބަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރަމުންނެވެ. ޔުނައިޓެޑްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ އިން އިންވެސްޓަރުންގެ ހޯދުމުގެ އިތުރުން ކްލަބު ވިއްކާލަން ވެސް މަސައްކަތް ކުރަމުން ގެންދާއިރު، ލިވަޕޫލްގެ ވެރިން ވެސް އެ މަސައްކަތް އެބަ ކުރެ އެވެ.
ޕީއެސްޖީގެ އިތުރުން ކިއުއެސްއައި އަކީ ޕޯޗުގަލްގެ ކްލަބް ބްރާގާ ގެ މައިނޯރިޓީ ހިއްސާދާރުންނެވެ. ބްރާގާ ގައި އެ ކުންފުނީގެ 23 ޕަސެންޓް ހިއްސާ އޮވެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ގަތަރުގައި ބޭއްވި ކާމިޔާބު ވޯލްޑް ކަޕާ އެކު، މި އަހަރު ދުނިޔޭގެ މަގުބޫލު ފުޓުބޯޅަ ލީގުތަކުގެ ކުލަބުތަކަށް އެ ކުންފުނިން އިންވެސްޓް ކުރާނެ ކަމަށް ބެލެވެ އެވެ.
ކިއުއެސްއައި އިން އެންމެ ފުރަތަމަ 2011 ވަނަ އަހަރު ޕީއެސްޖީގެ 70 ޕަސެންޓް ހިއްސާ ގަތީ އެވެ. އަދި މާ ލަސްތަކެއް ނުވެ ބާކީ 30 ޕަސެންޓް ވެސް ގަނެ، ކްލަބުގެ ހަމައެކަނި ހިއްސާދާރަށް ވި އެވެ. އޭރު ކްލަބުގެ އަގަކީ 100 މިލިއަން ޔޫރޯ އެވެ. ނަމަވެސް މިހާރު ޕީއެސްޖީ އަކީ ތިން ބިލިއަން ޔޫރޯ އަށް ވުރެ އަގު ބޮޑު ކްލަބެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް.
11 January 2023
ގަތަރުގަ ބޭއްވި ވޯލްޑް ކަޕާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ ކެމްޕެއިން ކުރީ އިނގިރޭސިވިލާތާ އެމީހުންގެ ނޫސްތަކުން. ސަރުކާރު މީޑިޔާ ބީބީސީއިން އޮޕެނިންގް ސެރޮމޮނީވެސް ނުދައްކާ ބޮއިކޮޓް ކުރީ. މިއީ އޭގެ ބަދަލުގަ ދޭ ހަދިޔާއެއްތަ؟
އަހަރެމެން
11 January 2023
ޕީއެސްޖީއަކީ ކޯޗެއް؟
އެއީ
11 January 2023
ފުރާންސް ލީގު ކުލަބެއް