ގާނޫނީ ވަކީލު ނާޒިމް ސައްތާރު: އޭނާގެ މައްޗަށް ކުރި ތިން މަހާއި 26 ދުވަހުގެ ގޭބަންދުގެ ހުކުމް ހަމަވެފައި ވަނީ މިއަދު -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
09 ޖެނުއަރީ 2023 - 12:00
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ކިޔާ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގޭބަންދު ކުރި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު މިނިވަންވެއްޖެ އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެތައް ދިވެހިންނެއްގެ މައްޗަށް ދައުލަތުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާކޮށްފަ އެވެ.
އޭގެ ތެރޭގައި ނާޒިމް ވެސް ހިމެނޭ އިރު އޭނާ ކްރިމިނަލް ކޯޓުގައި ކުށަަށް އިއުތިރާފުވުމުން އެ ކޯޓުން މިދިޔަ ސެޕްޓޭމްބަރު 15 ވަނަ ދުވަހު ހުކުމް ކުރީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރުމަށެވެ.
ނާޒިމްގެ ހުކުމްގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު، އެ ހުކުމް ތަންފީޒުކޮށް ނިމުނުކަން އަންގައި ކަރެކްޝަނަލް ސާވިސްއިން ވަނީ އޭނާއަށް މިއަދު އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ކުރިން ނެރުނު ބަޔާނުގައި ނާޒިމް ވަނީ އޭނާ ކުށަށް ތައުބާވެފައިވާ ކަމަށާއި ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފަ އެވެ. އަދި ކުށަށް އިއުތިރާފް ވަނީ ކުށްވެރި ވުމުގެ އިތުރުން އެކަމުގައި އޭނާ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، ވިކްޓިމަކަށް ވެސް ވެފައި ވަނިކޮށް ކަމަށް ބަޔާނުގައި ބުންޏެވެ.
އެ މައްސަލައިގައި އަލަމްގީރްގެ މައްޗަށް މީގެ ކުރިން، އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާއި އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެއް އުފުލި އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަތް މަހަށް އަދި އޮރިޔާކާޑު އުފެއްދި މައްސަލައިގައި ތިން އަހަރާއި ނުވަ މަހަށް ޖަލަށްލާށެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި، ފުލުހަކު އެއް އަހަރަށް ޖަލަށްލާން އަދި ކަސްޓަމްސްގެ މުވައްޒަފަކު ތިން މަހަށް ގޭބަންދުކުރުމާ އެކު ހަތް މަސް ގޭބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލައިގައި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަށް ވެސް ދައުވާ ކުރާއިރު، އޭނާ އިންކާރު ކުރުމުން އެ މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. އޭނާގެ އިތުރުން އިތުރު ބައެއްގެ މައްސަލަ ވެސް ކޯޓުގައި ކުރިއަށްދެ އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައިގިނަ ބައެއްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ކުރި ނަމަވެސް، ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މީހުންގެ މައްސަލަ ވަނީ ހެކި ނެތިގެން ފައިލްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
ނާޒިމަށް ހުކުމް ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް ނާޒިމް މިނިވަންވުމާ ހަމަޔަށް ވެސް މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒީރު
10 January 2023
ޙުކުމެއް ކުރިތަ؟
ތުނޑުހަސަނު
10 January 2023
މުސްލިމުންގެ މައްޗަށް ގާނޫނު ހަދަން ގާނޫނު ހަދާ މަޖުލިހަށް ހޮވަން މީނަ ރަނގަޅުުވާނެ. އަންނަ ދައުރުގައި ބޭބެ ވެރިކަމަށް އައިސްފިނަމަ މީނާ ގާނޫނުހަދާ މަޖުލިހަށް ވަންނާނެ. އެހެންނޫނީ މިނިސްޓަރުކަން ލިބޭނެ.
ސީދި ބިޑާ
09 January 2023
ނާޒިމް ހޮއްކޮ އަށް ސަލާމް
ދގދސެފ×
09 January 2023
މިރޭ ހަވާއަރުވަންވާނެ.
ތެފައާސާ.
10 January 2023
ކޮންތަނަކަށް ހަވާ އަރުވާނީ؟؟
މަބުނީ
09 January 2023
ލަދު ހީވޭބާ
އާޒިލާ
09 January 2023
ކީއްވެގެންބާ ގޭ ބަންދުގައި ބެހެއްޓީ؟
1828
09 January 2023
ކޮމަން ސެންސް
ކަނޑި
09 January 2023
ޢެމްސް އަކީ ހަމަ ސީދާ މުޙައްމަދު ނަޝީދު ދިފާއުކުރަން ނުކުމެ ހުރި "ބޮޓެއް". ނާޒިމް ގެ މި ހުތުރު ވިޔާނުދާ ވާހަކަ ދައްކާއިރަށް ރާއްޖޭގެ ތާރީހުގަ ހިނގާކަމެކޭ ކިޔާ އާދަައިގެ ކަމެއްގެ ގޮތުގަ ދައްްކުވައިދޭން މަސައްކަތް ކޮއްފައިވޭ. މިފަހަރު ޕްރައިމެރީޒް ގަ އެނގިގެން ދާނެ " އޭގެ " މީހުން އެމް.ޑީ.ޕީ ގައި އޮތް ވަރު...
އަބްޑޫޅް
09 January 2023
ފ އަތޮޅުގެ ގޮނޑި މީގެ އަހަރުތެކެއްގެ ކުރިން ހުސްވީމަ، އޭނަގެ ދަރިފުޅު ބުނި، އެއީ ހަމަ ގޭ ގޮނޑި އެކޭ. އެއީ ހަމަ ތެދެއް.
ރަދީފު ބިން ރަަފައިދާ
09 January 2023
ދެން ނުޖެހޭނެ އޮންލައިންކޮށް ވަކާލާތުކުރާކަށް. ބޮޑުވަޒީރުބެއަށް ވަަރަށް ބޮޑަށް މަގޭ ސަލާން.
ޑާންސް ޑާންސް
09 January 2023
މީނާ ނެގުން ކިހިނެއްވާނެ ލޯޔަރުންގެ ޓީމަށް، ޔާނުގެ؟
ނަށާލާ
10 January 2023
އޭނައަށް ޖެހުނު ކަހަލަ މައްސަލަ ޖެހުނު ބައިވަރު މީހުން ތިބޭނެ މައްސަލަ ބަލައިދޭތޯ އެދިއެދި. އޭނައަށް އެންމެ ރަގަޅަށް އަންޑަސްޓޭންޑްވާނީ އެޒާތުގެ މައްސަލަ. ޔާމީނުގެ މައްސަލަ ބަލާކަށް އޭނައަކަށް ނޭނގޭނެ.