11 ޖެނުއަރީ 2023 - 23:00
ވޮށިންޓަން (ޖެނުއަރީ 11) - ކޮމްޕިއުޓަ ސިގްނަލަކުން ދިން މެސެޖަކާ އެކު، އެމެރިކާގެ ވައިގެ ދަތުރުތައް އެތައް ގަޑިއިރަކަށް ހުއްޓުވައިލުމަށް ފަހު އަލުން ފަށައިފި އެވެ.
ގާތްގަނޑަކަށް 10 ވަރަކަށް ގަޑިރަށް ފަހު ދަތުރުތައް އަލުން ފެށި ނަމަވެސް އަދި ކުރިއަށް ގެންދަނީ މަދު ފްލައިޓްތަކެއްގެ ދަތުރުތަކެވެ. ބައެއް ސިޓީތަކުން އަދި ވެސް ދަތުރުތައް ނުފަށަ އެވެ.
ފްލައިޓްތައް ދަތުރަށް ތައްޔާރުވުމުން ޕައިލެޓުންނަށް ސިގްނަލް ލިބެމުން ދިޔައީ ދަތުރު ކުރަން ހަމަޖެހިފައިވާ ރޫޓްގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ މެސެޖެވެ.
އެކަމާ ގުޅިގެން 7،700 އަށް ވުރެ ގިނަ ފްލައިޓުން ދަތުރުތައް ހުއްޓައިލި އެވެ. ބައެއް ފްލައިޓްތަކުން ދަތުރުވެރިންނަށް އެންގީ ފްލައިޓް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ ފްލައިޓަކުން ދަތުރު މުޅިން ކެންސަލް ކުރި އެވެ.
އެމެރިކާގައި މިއަދު 21،500 ފްލައިޓްތަކުން އެކި ތަންތަނަށް ދަތުރުތައް ކުރުމަށް އޮތީ ހަމަޖެހިފަ އެވެ. އޭވިއޭޝަން ޑޭޓާގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 2.9 މިލިއަން މީހުން އެ ފްލައިޓްތަކުގައި ދަތުރު ކުރާނެ އެވެ.
އެމެރިކާގެ ސަރުކާރުން ބުނީ ކޮމްޕިއުޓަރުން އެ ދިން ސިގްނަލަކީ ސައިބާ އެޓޭކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އެ ސިގްނަލް ލިބެން މެދުވެރިވީ ކީއްވެގެންކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ބައިޑަން ވިދާޅުވިގޮތުގައި، ކަން ވީ ގޮތް ސީދާ އޭނާ އަށް އަންގަން ޓްރާންސްޕޯޓް މިނިސްޓަރު ޕީޓް ބުޓިގޭގް އަށް ވަނީ އަންގަވައިފަ އެވެ.
"އަޅުގަނޑު ދެންމެ މި ވާހަކަ ދެއްކީ ބުޓިގޭގްއާ. މިހެން ދިމާވީ ކީއްވެގެން ކަމެއް އެ ބޭފުޅުންނަކަށް އަދި ހޯދިފައެއް ނެތް. ދިހަ މިނެޓް ވަންދެން އަޅުގަނޑު ފޯނުން އޭނާއާ ވާހަކަ ދެއްކިން،" ބައިޑަންގެ އަނބިކަބަލުންގެ ސިއްހީ ފަރުވާ އަކަށް ވޮޝިންޓަނުން ބޭރަށް ވަޑައިގަތުމުގެ ދަތުރުގެ ކުރިން މީޑިއާ އަށް އޭނާ ވިދާޅުވި އެވެ.
"މި ކަން މެދުވެރިވި ގޮތް ދެނެގަނެވުމުން އެ ކަން ސީދާ އަޅުގަނޑަށް އަންގަން އޭނާ އަށް [ޓްރާންސްޕޯޓް މިނިސްޓަރަށް] ވާނީ އަންގާފައި. އެރައިވަލް ބޯޓްތަކަށް ރަންވޭގައި ޖެއްސޭނެ. ހަމައެކަނި ފުރައިގެން ދިއުމުގެ ދަތުރުތަކަށް ބުރޫ އެރީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންވީމަ
13 January 2023
ސައިބަރ އެޓޭކަކަށްނުވާނަމަ ތިކަމުން އެނގެނީ އަމިއްލަ ކޮންޓްރޯލް ނެތް ކޮމްޕިއުޓަރ އެމެރިކާއިން ގެންގުޅޭކަން. ނޫނީ މާމޮޅު އޭ.އައި އަކާ ސިސްޓަމް ހަވާލުކޮށްގެން އަތަށް ގޮވީކަން.
ޖުހާ.
12 January 2023
މިތާގަ ކޮމެންޓުކުރާ ގިނަމީހުނަށް ވިސްނިފައި އޮންނަނީ އެމެރިކާވަރެއް ނެތޭ. އެކަމަކު ކަމަކާޖެހޭއިރު އެމެރިކާގެ މިސާލަކީ ހިމާރެއްގެ މިސާލު. ހަޅޭލަވަން މޮޅުވާނީ.
ބަށީރު
12 January 2023
ވޮށިންޓަން؟
ފ×ރފރ
12 January 2023
ކަންމަތީ އެނެލިސްޓޭމެންނާއި ދިވެހި ނޫސްތަކުގަ އުޅޭ ކޮމެންޓޭމެންނަށް ތިކަން ނޭނގުނިއްޔާ ދެން ނެތް ތިކަން ވީގޮތެއް އިނގޭކަށް..
ށަވިޔަނި
12 January 2023
ހާދަ ރަނގަޅު ކޮމެންޓެކޭ.
ތުނޑުހަސަނު
12 January 2023
ސައިބަރ އެޓޭކެއް ކަމަށް އެއްބަސް ވެއްޖެއްޔާ ވާނެގޮތަކީ މަމޮޅުހެދިގެން އުޅޭބައެއްގެެ އަގު ވެއްޓުންނޫން ކަމެއް ނުވާނެ. އެހެންވީމާ ސައިބަރ އެޓޭކެއްކަމަށް ބުނަން ލަދުގަންނާނެ. ބައިޑެންްއަށް ސަލާމް.
ޖޯޖް
12 January 2023
ކަލޭއަށް މާ ބޮޑައް އިނގެނީތީ
ގވތރ
12 January 2023
ދިވެހި ކޮމެންޓޭމެން ކީކޭ ބުނަނީ؟
ޢަރުތަ
13 January 2023
ފަލަމަޑީގެ ބާވަތަކުން އެރި ވައިރަހަކަށް ވެދާނެ.
ކިރު ސައި
12 January 2023
ކަން އަސްލުވީގޮތް ގެނެސްދިންނަމަ ދެއްތޯ؟ ޖަޒުބާތު ވިޔަސް އިމެއް އޮންނަން ވާނެ.
ޖޯބައިޑެންގެ ކާފަ
11 January 2023
ކޮބާތަ ކަލޭމެންގެ ފިލްމްތަކުން ފެންނަ ސްޕައިޑަރމޭން އާ ބިޓްމޭން އާ ޖިމްކެރީ އެމީހުނަށް ތިޔަ ކަން ހައްލުވެދާނެނު
ޖޯބައިޑެންގެ ކާފަ ދަރި
12 January 2023
ފިލްމު ތަކުގައި އޭ އެމީހުން މާ ގަދަ ވެގެން އުޅެނީ. އަސްލު ކަމެއް ޖެހުނީމަ އޮންނާނީ ހުމާ
ވާންޗޯސް
12 January 2023
ރކ ވިސްނުން ތިހުންނަނީ