ސުޕްރީމް ކޯޓު: ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ނުލިބުނު އަންހެނަކަށް އަލުން އެ ފުރުސަތު ދޭން އެ ކޯޓުން ވަނީ އަމުރުކޮށްފައި --- ފޮޓޯ/މިހާރު
15 ޖެނުއަރީ 2023 - 14:46
ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމުން ކަމަށް ބުނެ އދ. މާމިގިލިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުނު އަންހެނަކަށް ހަތް އަހަރު ފަހުން ސުޕްރީމް ކޯޓުގައި މިއަދު ކާމިޔާބު ލިބިއްޖެ އެވެ.
މާމިގިލީން ގޯތި ދޫކުރަން 2016 ވަނަ އަހަރު އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި އަންހެނެއްގެ ފޯމް އެ ކައުންސިލުން ބާތިލްކުރީ އޭނާގެ ފިރިމީހާގެ ނަމުގައި ވިލިމާލޭގައި ގޯއްޗެއް އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އޭނާ އާއި ފިރިމީހާ މާލޭގައި އުޅެމުން ދިޔައީ ކުއްޔަށެވެ.
މާމިގިލިން ގޯތި ދޫކުރަން އޭރު ހެދި އުސޫލުގައި ވެސް، ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި އިތުރު ގޯއްޗެއް ނެތުމަކީ ޝަރުތެއްގެ ގޮތުގައި ހިމަނާފައެއް ނުވެ އެވެ. އެކަމަކު މާމިގިލީ ކައުންސިލުން އެ މީހާގެ ފޯމް ބާތިލްކުރީ ދެމަފިރިންގެ ގޯތި ނުލިބޭނެ ކަމަށް އިއުލާނުގައި އޮންނާތީ ކަމަށް ބުނެ އެވެ.
އިއުލާނުގައި އެގޮތަށް ބަޔާން ކޮށްފައި އޮތަސް، ގޯތި ލިބޭ މީހުންގެ ޝަރުތެއްގެ ގޮތުގައި އެކަން ހިމަނާފައެއް ނެތެވެ. އޭރު އެފަދަ ޝަރުތެއް ހިމަނާނަމަ، ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭއިރު، އެފަދަ ހުއްދައެއް ވެސް މާމިގިލީ ކައުންސިލުން ހޯދާފައެއް ނެތެވެ.
އަންހެން މީހާއާ ދެކޮޅަށް މާމިގިލީ ކައުންސިލާއި ހައި ކޯޓުން ވެސް މައްސަލަ ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތުމަކީ ޝަރުތެއްގެ ގޮތުގައި އުސޫލުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ. އަދި އެފަދަ ޝަރުތެއް ހިމެނެނީ ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވާއިރު އެފަދަ ހުއްދައެއް ވެސް އެ މިނިސްޓްރީން ދީފައިނުވާ ކަމަށާއި އެހެންވެ، އެ މީހާގެ ފޯމް ކައުންސިލުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ މާމިގިލިން އިތުރަށް ގޯތި ދޫކުރާއިރު، އެ މީހާ ގޯއްޗަށް ޝަރުތު ހަމަވޭތޯ ބެލުމަށެވެ. އަދި އޭނާގެ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމަކީ ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި ނުބެލުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
16 January 2023
އަހަރެމެންގެ ރަށު ކައުންސިލުންވެސް ހެދީ ހަމަ ތިހެން މަށަށް. އިނދެގެންހުރި މީހާގެ ގޯއްޗެއް އޮތޭ ކިޔާފައި ޝަރުތު ހަމަނުވާ ކަމަށް ބުނެ ފޯމު ބާތިލު ކުރީ. އިނދެގެން ހުރި މީހާ އާއި މުސްތަޤުބަލުގައި ވަރި ވެއްޖެއްޔާ ސަރުކާރުން ދޭނެތަ މަށަށް ދިރިއުޅޭނެ ތަނެއް؟
ދޮންދި
17 January 2023
އުސޫލުގައި އެގޮތަށް ހިމަނާފައި ނެތި، ފޯމު ބާތިލް ކޮއްފަ އޮތިއްޔާ، މައްސަލަ ޖެއްސޭނެ. މައްސަލަ ޖައްސާ. އަސްލު އެކަންކަމާ މައްސަލަ ޖައްސަން ބަލާއިރު، ކުރަންޖެހޭ މަސައްކަތާ ޚަރަދުގެ ސަބަބުން، ގިނަ މީހުންނަށް ކުރިޔަށް ދެވެންވެސް ނޯންނަނީ. ހިތާމަހުރި ކަމެއް. ރައްޔިތުންގެ ޚާދިމުންނޭ ނަމުގައި އޮތަސް، ކައުންސިލލްތަކުގަ ތިބޭ މީހުންގެ ޚާދިމުންނަކީ ރައްޔިތުން. ކައުންސިލްތަކުގަ ތިބޭ މީހުން ރައްޔިތުންނަށް ހަދަނީ، ހަދާނެ ގޮތެއް.
ރައްޔިތުސޮރު
16 January 2023
މިއަދު ސުޕްރީމުކޯޓު މިވަނީ ޖޯކަކަށްބަދަލުވެފަ. ރާއްޖޭގެ އަދުލުގެނިޒާމު އޮތްގޮތުން ކޮންމެކަމެއްނިންމަން މިޖެހެނީ ސުޕްރީމުކޯޓާހަމައިން އެހެންވީމަ އިންސާފުވެރި ސުޕްރީމް ކޯޓަކުން އެކަނިފުދޭނެ ދަށުކޯޓުތަކެއް ބޭނުމެއްނުވޭ. ހަޤީޤަތުގަ ސުޕްރީމުކޯޓުގެ ނިންމުން ވާންޖެހެނީ ދުސްތޫރީ އަދި އިންސާފީ މުޤާބަލާތަކުގެ ފުށުއެރުންތަކަށް އާންމުވެގެންވާ އިންސާފެއް ހޯދައިދޭތަނަކަށް. މިމައްސަލައިން މިފާޑުގެ އެހެން މައްސަލަތަކަށް އަދި މިމީހާއަށް ލިބުނު އިންސާފެއްވެސްނެތް.
އެމީހ
16 January 2023
މުއްސަދިންނަށް މޮޅުގޮތް، ނިކަމެތި މީހާޔަށް ބަލާބަލަ ހަދާލިގޮތް. ބޮޑުމީހެއް ނަމަ ވަގުތުން އޭނާ ބުނާތާކުން ގޯތި ދިނުމަށް އަމުރުކުރާނެ ކަމާމެދު ޝައްކެއް ނެތް. ތިމާގެ މީހުނަށް ބައިތުލްމާލު ބަހާލިއިރު ދިވެހި ބައިތުލްމާލަށް ބިލިއަން ޑޮލަރު ސާރޕްލަސް ވިއްޔާއޭ ހުކުމުގަ ނުޖެހީ ކީއްވެތަ؟
ދޮންދި
16 January 2023
އެތައް ދުވަހެއް ފަހުން ކޯޓުން ގޮތެއް ނިމުނުއިރުވެސް މިއޮތީ، ދެން އިޢުލާން ކުރާފަހަރަކު ފުރުޞަތު ދިނުމަށް ޙުކުމް ކޮށްފަ. މިއީ ހިތާމަ ހުރި ކަމެއް. އުޞޫލާ އެއްގޮތަށް ޢަމަލު ކުރާނަމަ، މިހާރުން މިހާރަށްވެސް އޭނާއަށް ގޯތި ނުދެވެންވީ ކީއްވެބާ! ދެން ގޯތި ދޫކުރުމަށް އިޢުލާން ކުރާނީ 20، 25 އަހަރު ފަހުން ކަމަށްވެސް ވެދާނެ. ރަށްރަށުން ގޯތި ދެނީ އެކަހަލަ ގޮތަކަށް. ޤަވާޢިދުގެ ތެރެއިން މަސައްކަތް ކޮށްގެން، އިންސާފު ލިބޭނެ އެއްވެސް ގޮތެއް ނެތް. ހިތާމަހުރި
ރިއެކްސަންއައްލޯ
16 January 2023
ތިބުނީ ރަނގަޅަށް އަހަރެންގެ މައްސަލައެއްގަ ގިނައަދަދެއްގެ ފައިސާ އަނބުރާދޭންޖެހޭ މީހަކު ނުދީގެން ދަށުކޯޓުން ހުކުމްކުރި ފައިސާ 6 މަސްތެރޭއަނބުރާ ދޭން އެކަމަކު އެމީހަކު ބޭރުގައުޅެފައައިސް މައްސަލަ އިސްތިއުނާފްކޮށްގެން ސްޕްރީމްކޯޓުން އޭގެ 7 އަހަރުފަހުން މައްސަލަ ނިންމީ އަލުން މައްސަލަބަލަން ދެން މިވީގޮތުން އިތުރު 7 އަހަރު އަނެއްކާމިޖެހުނީ ތިބެން ގާނޫނީ ވަކީލުންނަށް ފައިސާ ދީދީ ވަރުބަލިވެއްޖެ
ޓނުފުތު
16 January 2023
ޤަވާއިދުގެ ބޭރުން އުޅެން ދަސްކުރޭ!!!
މުހައްމަދު..
16 January 2023
އަހަރެންނަކީ އަންހެނުންގެ މައިންބަފައިންގެ ގޯތި ބަހައިގެން އޭނާއަށް ލިބިފައިވާ ބަންޑާރަ ބިމުގައި އަހަރެން ހަދާފައިވާ ގެއެއް ހުރުމުގެ ސަބަބުން ދިރިއުޅޭނެ ތަނެއް ހޯދަން އެދުމުގެ ޝަރުތުގެއްލި ރިފިއުޖީއަކަށް ވެފައިވާ މީހެއް. މިހާރުވެސް ނުދެވިފައި މިހިރީ ވަންނާނެ ތަނެއް ނެތިގެން.
ސީނުް
15 January 2023
މިވީ ވަރަށް ދެރަގޮތެއް. މި ހުކުމް ކުރިގޮތް ކަމަށް ނޫހުގައި ރިޕޯޓްކޮށްފައި މިއޮތް ގޮތުން މައްސަލަ ކާމިޔާބުކުރި މީހާއަށް ވީ މޮޅެއް ނުފެނުނު. އެ މީހާއާ އެއްކޮޅަށް ޙުކުމް އަޔަސް ގޯއްޗެއް ލިބޭނެގޮތެއް ނެތް. މާމިގިލިން އިތުރަށް ގޯއްޗެއް ދޫކުރާއިރު ޝަރުތު ހަމަވޭތޯ ބަލަން މިއޮތީ. ކައުންސިލުން އޭރު ވެސް ދެކުނީ ޝަރުތު ހަމަނުވާކަމަށް. ދެން ވެސް ބުނާނީ ޝަރުތު ހަމަނުވާކަމަށް. ލޮލް.
1206
16 January 2023
މިޔަށް ކިޔަންވީ އިންސާފުން ބަތް ކައްކާ ކުޅުން ކަމުގައި.
1206
15 January 2023
އަނބި، ފިރި އަދި ދަރިން ތިއްބަސް އަދި ނެތަސް، ބޮޑު މީހަކަށް ވެެއްޖެ ކޮންމެ މީހަކަށް، އެ މީހެއްްގެ ދިރިއުޅުން ގާއިމުވެފައިވާ ރަށަކުން ނުވަތަ އެދޭ ރަށަކުން އައްވަލު ބޯހިޔާވަހިކަމެއް (ފަސްޓް ހޯމް އެއް) ލިބޭ ގޮތަށް އޮތުން ލާޒިމް. އެއީ އަސާސީ ހައްގެއް ކަމަށް ކަނޑައަޅަން އެބަ ޖެހޭ. އޭގެ އިތުރަށް ގަނެގެން/ކުއްޔަށް ހިފައިގެން ވިޔަސް އަދި އެނޫންވެސް ހަލާލު މަގަކުން ހޯދަން ވަކި އުސޫލެެއް ކަނޑައެޅިފައި އޮތުން މައްސަލެެއެއް ނެތް.
1206
16 January 2023
ގެ ދޮރުވެރިކަމަކީ އެންމެ އަސާސީ މައްސަލަ. އެހެން ހުރިހާ މައްސަލަތަކުގެ މަންމަ. މީހުންގެ އަސާސީ ހައްގަކީ، ވިޔަފާރިކޮށް ގުނަގުނައިންވާ ނަފާ ހޯދުމަށް އޮތް ވިޔަފާރި މުދާގަނޑަކަށް ވާން ދައުލަތުން ދޫކޮށްލައިފި ނަމަ، އެ ގައުމުގައި ނިންމުންތަކުގެ ހަގީގީ ބާރު އޮންނާނީ ވިޔަފާރިވެރިންނަށް އެ ހަގީގަތް ރާއްޖެއިން ވަރަށް ސާފުކޮށް އެ ފާހަގަވޭ. ވިޔަފާރިވެރިން ބޭނުން އަގެއް ކަނޑައަޅަން ދޫކުރާ ގޮތަށް، އެ މީހުންގެ މުދަލުން ދައްކަން ލާޒިމު ޒަކާތް ނުގަނީ ކީއްވެ.
ް1206
16 January 2023
އަދި މި ފަދައިން ދޫކުރާ އައްވަލު ބޯހިޔާވަހިކަމަކީ (ގޯތްޗެއް ނުވަތަ ފުލެޓެއް ނަމަވެސް) ދައުލަތަށް އަގު ދައްކަންޖެހޭ ގޮތަށް އޮންނަ ކަމަށް ހެދިޔަސް ވެސް، އެ އަގަކީ އާންމުންނަށް އަތުފަތުކާ އަގަކަށް ވާންޖެހޭ. ރައްޔިތުން ދާއިމީ ކުލީގެ އަޅުންނަށް ހަދާ ފަދަ އަގަކަށް ވެގެން ނުވާނެ. ބާޒާރު ވެށީގައި ކަންހިނގާ މަގުން ދައުލަތުން ހިންގާ ކަމަކަށް ވެގެން ނުވާނެ. އެ ފަދައިންމެ ދައުލަތަށް ގެއްލުމުގައި ހިންގާ ކަމަކަށް ނުމެ ވާންވާނެ. މެދު މިންގަނޑެއް ހިފުން ހުރި.
ހޮޓްކިންގ
15 January 2023
އަނބި މީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް ގޯތިހޯދަން އެދުނު ރަށްނޫން އެހެން ރަށެއްގާ އޮތުމަކީ ގޯތިލިބުމުން މަހުރޫމް ކުރުން އިންސާފެއްތޯ؟
ރސމދ
15 January 2023
މަ ރަށުން ގޯއްޗަށް ކުރިމަތިލީމަ ފުރަތަމަ ފަހަރު ޝަރުތު ހަމަނުވީ ރަށުގައި ދިރި ނޫޅޭކަމަށް ބުނެ، އެކަމަކު އެފަހަރު ގޯތި ލިބުނު މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދިޔަ މީހުންނަށް ލިބިފައި ހުރި.
މޮޅު އިންސާފު ދޯ
15 January 2023
މަގޭ އަންހެނުން ވެސް މިރަށުން ގޯއްޗެއް ހޯދަން ހުށަހެޅުމުން ބުނީ މަގޭ މައިންބަފައިންގެ ގޯތި ބެހީމަ މަށަށް އެތަނުން ބައެއް ލިބެޔޭ. އެހެންވެ ނެތޭ އަންހެނުންނަށް ގޯތި ދެވޭކަށް. މައިންބަފައިންގެ ގޯތި ބެހީމާ މަށަށް ލިބޭ ބައި ދޫކޮށްލާށޭ. އޭރުންނޯ އަންހެނުންނަށް މިރަށުން ގޯތި ލިބޭނީ. މިއިރު އަދި މައިންބަފައިންގެ ގޯތި ހުރީ ނުވެސް ބަހާ. މީގަ މަޖާ ކަމަކީ ހަމަ މިރަށުން ފިރިމީހާ ނޫނީ އަންހެން މީހާއަށް ބައެއް ލިބޭ ގޯތި ހުއްޓާވެސް ގޯތީ ދޫކޮށްފަ ހުރީމަ.