އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ނ. މާފަރަށް ވަޑައިގެންނެވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސާރުކާރުގެ އިސްވެރިން އޭނާއަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
18 ޖެނުއަރީ 2023 - 13:29
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ އަށް މިއަދު ފެއްޓެވި ދަތުރުގައި، އެ ގައުމުގެ ލޯނުގެ އެހީގައި ތަރައްގީ ކުރަން ނިންމާފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ މަޝްރޫއާއި އިންޑިއާއިން ރާއްޖޭގެ ހިންގާ އެހެން ބައެއް މަޝްރޫއުތަކުގެ ކަންކަމުގައި ޖައިޝަންކަރު މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ އިންޑިއާ އިން ވަޑައިގަތީ ސީދާ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ނ. މާފަރަށް ވަޑައިގެންނެވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭނާއަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަން ހަމަޖައްސާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުންނެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
- ވައިގެ ބަނދަރުގެ ތަރައްގީ އަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ.
- އެތަން ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ.
- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ.
- ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ހަދާފައިވާ ކޮމިއުނިޓީ ސެންޓަރު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ނ. މަނަދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އުތީމު ގަނޑުވަރަށް ވެސް ޖައިޝަންކަރު ވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނަނީ އަންނަނީ
21 January 2023
އަންނަނީ އަންނަނީ ގައި 4 އަހަރާ 4 މަހާ ފޮއިދުވަސް
އެމްސް
19 January 2023
މިއޮތް ހުރިހާ ދުވަހު ކީއްބާ ކުރީ؟
އެމްސް
21 January 2023
100އގެ ވާހަކައެއް
ޢެމެރިކާ
18 January 2023
ޜައްޖެ ފުނޑެނީ އިންޑިޔާ ގުޅިގެން.
ކަނބިލި
18 January 2023
ހަނިމާދޫގައި ތިޔަ ހަދަނީ އިންޑިއާގެ މިލިޓަރީ މަރުކަޒެއް. ބަލަންތިބޭ މިނޫން ގޮތަކަށް މިކަން ވޭތޯ.
ބޮޑުމީހާ
18 January 2023
މިވެރިކަމުގެ ކޮންމެ އަހަރަކު ހަނިމާދޫ އެއަރޕޯޓް ޕްރޮޖެކްޓް ފަށާ، ލ އަތޮޅުގެ ކެންސަރު ހޮސްޕިޓަލް މަސައްކަތް ފަށާ، 7 ޓާޝިއަރީ ހޮސްޕިޓަލު އަޅާ، ފްލެޓް އަޅާ، ޕިކްނިކް އައިލެންޑް ހުޅުވާ، ތިހާވަރަށް ޕްރޮޖެކްޓްތައް ހިންގުމުގެ މާނައެއް ނެތް ދެން ހުއްޓާލާ
ޛުމާ
18 January 2023
ހުރިހާކަމެއް ފަށާނެ.ބުނާނެ ވޯޓް ހޯދާކަށް ނޫނޭ.ވަރިހަމަ ރަންދޫލަ އެޅިޔަސް ދަރަނި ބޮލަށް ވޯޓް ނުދޭނަން.
ފޑޮއްކަ
18 January 2023
ކޮންތާކުތަ ރަސްމިއަޔާތު އޮތީ. ރަސްމީކޮށް ބުރިޖު ރަސްމިއްޔާތު އޮތީ އިންޑިޔާގަ. ރަސްމީކޮށް ފެށިގޮތަށް ކޮށްކޮށް ކުރިޔަށް ނުކަނޑާ ކަމެއް. ތިޔަވެސް ބުރިޖު ކަހަލަ ކަމަކަށް ވާނީ
އެމްސް
18 January 2023
އެ ބްރިޖް އިންޑިއާކޮޅުން ފަށައިގެން ރާއްޖެ އެބަ އާދޭ! އެއްކޮށް ނިމުމުން އެއްގަމު މަގުން އިންޑިއާއަށް ދެވޭނެ!
ހުސައިން 803
18 January 2023
އެކިއެކި ވޯޓާ ދިމާކޮށް ލައްކަ ގިނަ ބިންގާތައް އަޅާނެ، ކޮންމެ ވެރިކަމެއްވެސް އަންނަނީ އަދި ނިމެނީވެސް ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ތަރައްގީގެ ވާހަކައިން... މި ދެތަނަކީ ވެރިކަން ހޯދުމަށް ބޭނުންކުރާ ދެ ޓޫލްސް، ހަރާމުން ހަރާން ތަރައްގީއަށް ކަމެއްކުރާނަމަ، މިހާރުވެސް މިކަން ލައިގަނެގެން މިއުޅެނީ...
އެމްސް
18 January 2023
2 ކޮޅުގަވެސް ތާރު އަޅާނެ! އާޚިރުގަ، ރާއްޖެ އެއްކޮޅުން އަނެއްކޮޅަށް ދެވޭވަރުގެ ބްރިޖެއްވެސް އަންނާނެ!
ދިއްދޫމީހާ
18 January 2023
ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެ؟ އެއީ ބަންދު ދުވަސްތައް ނުލާބާ؟ އަނެއްކާ މަސައްކަތް އަވަސްކުރަން އިތުރަށް ކިތައް މިލިޔަންބާ ދޭނީ؟
ށަވިޔަނި
18 January 2023
ފަށަނީ މިރޭ. ނިމެނީ ؟؟؟؟؟
އެމްސް
18 January 2023
ފެށީމަ ދެން އޮންނާނީ ނިމެންތާ! ނޫނީ އަނެއްކާވެސް އަލުން ފަށާނީ!
ޑަވިޔަނި
18 January 2023
ނިމޭނީ އިބޫ އަންނަ ދައުރަށް ހޮވިއްޖެނަމަ އެދައުރު ނިމެން ކައިރިވީމަ އިންތިހާބާ ދިމާކޮށް. ޔާމީން ކަހަލަ މީހަކަށް ވެރިކަން ލިބިއްޖެއްޔާ ފެއްޓި ތަންކޮޅު އަލުން ފަސްއަޅާ ފޮރުވާލާފަ މަސައްކަތް ހުއްޓާލައިގެން ތިބޭ ގޮތަށް.