18 ޖެނުއަރީ 2023 - 13:21
ދުނިޔޭގައި އެންމެ ފަހުން ހުރި، އުމުރުން އެންމެ ދުވަސްވީ މީހާ، ފަރަންސޭސި ވިލާތުގެ ލުސީލް ރެންޑަން (ސިސްޓާ އެންޑްރޭ)، އުމުރުން 118 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
އުމުރުން 40 އަހަރުގައި، 1944 ވަނަ އަހަރު، ނަސާރާ ފައްޅީގެ ރާހިބާއެއް (ނަންއެއް)ގެ ގޮތުގައި ޚިދުމަތް ކުރަން ފެށި ސިސްޓާ އެންޑްރޭ މަރުވީ، އޭނާ އެންމެ ފަހުން ދިރިއުޅެމުން އައި، މުސްކުޅިން ބަލަހައްޓާ މަރުކަޒުގައި އޭނާގެ ނިދާ ކޮޓަރީގައި ނިދާފައި އޮއްވަ އެވެ.
ގެރޮންޓޮލޮޖީ ރިސާޗް ގްރޫޕްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިސްޓާ އެންޑްރޭ އުފަންވީ ފެބްރުއަރީ 11، 1904ގަ އެވެ. ޔޫރަޕްގައި ހުރި އެންމެ މުސްކުޅި މީހާގެ ގޮތުގައި ބަލަމުން އައި ސިސްޓާ އެންޑްރޭ އަށް، ދެނިޔޭގެ އެންމެ ދުވަސްވީ މީހާގެ މަގާމު ލިބުނީ، އެ މަގާމުގައި ކުރިން ހުރި ޖަޕާނުގެ އަންހެނެއް ކަމަށްވާ ކާނޭ ޓަނާކާ، އުމުރުން 119 އަހަރުގައި، އެޕްރީލް 2022 ގައި މަރުވުމާ ގުޅިގެންނެވެ.
ސިސްޓާ އެންޑްރޭ ދުނިޔެ އަށް އުފަންވި އަހަރަކީ، އެމެރިކާގެ ނިއު ޔޯކްގައި މުޅިން އަލަށް، ބިންގަރާސް މަގެއް ހުޅުވި އަހަރެވެ. އަދި އެއީ ދުނިޔޭގެ ބޮޑު ހަނގުރާމަ ފެށުމުގެ 10 އަހަރު ކުރި އެވެ. އޭނާއަކީ ފަރަންސޭސި ވިލާތުގެ ދެކުނު ސަރަހައްދެއް ކަމަށްވާ އެލެސް އަށް އުފަންވެ އެ ސަރަހައްދުގައި އުޅެ ބޮޑުވި މީހެކެވެ.
އުމުރުން 116 އަހަރުގައި 2022 ވަނަ އަހަރު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ސިސްޓާ އެންޑްރޭ އޭރު ބުނި ގޮތުގައި އޭނާގެ އެންމެ ދުރު ހަނދާނަކީ، އޭނާގެ ދެ ބޭބެ، ފުރަތަމަ ބޮޑު ހަނގުރާމައިގައި ބައިވެރިވާން ދިއުމަށް ފަހު، 1918 ވަނަ އަހަރު އެނބުރި އާއިލާގެ ގާތަށް އައި ހަނދާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
18 January 2023
އެންމެ ކައިރީގަ އޮތީ މަރެވެ. ހެލިކޮޕްޓަރ ކްރޭޝްވެގެން ޔުކްރޭންގެ އިންޓީރިއާ މިނިސްޓަރާއި އިތުރު 2 މިނިސްޓަރަކުވެސް މިއަދުމަރުވެއްޖެއެވެ.
ށަވިޔަނި
18 January 2023
މަރުވާނެ. އެންމެންވެސް މަރުވާނެ. އެކަމަކު މަރުވުމަށްފަހު ދުވަހެއް އޮތްކަން ގަބޫލުކުރަނީ ކިތައްމީހުން. އަދި ހަގީގަތުގައި އެދުވަހަށް އީމާންވަނީ ކިތައްމީހުން؟
ހށނ
19 January 2023
ތިޔަސުވާލުގައިވަނީ ގަބޫލުގެ ވާހަކައެވެ. ގަބޫލާއި ނުގަބޫލު މިދޮގަތަކީވެސް ރަގަޅުދެގޮތެވެ. އަދި ނުރަގަޅުދެގޮތެވެ.