ޕީއެސްއެމްގެ ޓީވީއެމް ހިންގާ އިމާރާތް: މީޑިއާ ނެޓަށް 9.3 މިލިއަން ދޭން އެ ކުންފުނީގެ މައްޗަށް ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
18 ޖެނުއަރީ 2023 - 20:58
މީޑިއާ ނެޓަށް 9.3 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕީއެސްއެމްގެ މައްޗަށް އެ ހުކުމް އައީ އެ ކުންފުނިން މީޑިއާ ނެޓުން ހޯދި ހިދުމަތްތަކަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ 4.2 މިލިއަން ރުފިޔާ ހޯދަން މީޑިއާ ނެޓުން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ ހިދުމަތުގެ އަގުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްއިން ކޯޓުގައި އެއްބަސްވުމަށްފަހު އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏަސް، އެ ފައިސާ ނެގޭނެ ކަމަށް އެއްބަސްވުމުގައި ބުނާ ކަމަށެވެ.
އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ހިދުމަތުގެ އަގާއި އިންޓްރެސްޓްގެ ގޮތުގައި 9.3 މިލިއަން ރުފިޔާ ޕީއެސްއެމްގެ ފަރާތުން މީޑިއާ ނެޓަށް ދައްކަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
މީގެކުރިން ވެސް އެކި ފަރާތްތަކަށް ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާތައް ނުދައްކާތީ އެ ފައިސާ ދައްކަން ކޯޓުތަކުން ހުކުމްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
19 January 2023
ދިވެހިރާއްޖެ ނުކިޔާ ވަގުންގެ ރާއްޖެ، ނޫނީ ވަގުންގެ ޖުމްހޫރިއްޔާ ކިޔަންވީ
އަބްދުލް ގައްޔޫމް
19 January 2023
ސަރުކާރުގެ ކޮންޓްރްކްޓުން ކުރާ މަސައްކަތައް ދައްކަން ޖެހޭ ފައިސާވެސް ލިބޭނީ ފައިނޭންސް ގަ ތިބޭ ބަޔަކައް ކަޓް ދީގެން. އެހެޔޮ 10 އަހަރު ދުވަސް އޯވަރ ޑިޔު ވެފަހުރި އިންވޮއިސް ތަކައްވެސް. އެކަމު ބޭންކުން ނަގާ ލޯނު ކޮންޓްރެކްޓް އެންމެ ދުވަހަކައް ލަސް ވިޔަސް ފެލާލާނެ! މިއީ ދައްކަން ނުވާކަހަލަ ތިރާވެފަ އޮތް ސަރުކާރުގެ އޯގާތެރި މުއައްސަސާ ގެ ވާހަކަ!
ކުލީ ގާޒީ
19 January 2023
އިންޓްރަސްޓަކީ ފައިނޭންޝިއަލް އިންސްޓްޓިއުޓްތަކުން ފައިނޭންސްކޮށްދިނުމަށްފަހު ކުރާ ޗާރޖެއް. މީޑިއާ ނެޓަކީ ފައިނޭންޝިއަލް އިންސްޓްޓިއުޓެއްބާ؟؟؟
އުއްޗަޅޭ
19 January 2023
ދައުލަތުގެ ކުންފުނިތަކުން ގާސިމަށާއި އެމްޑީޕީއަށް މަދަދުދޭ ވިޔާފާރިވެރިންނަށް ފައިސާ ބަހާ ނިންމަނީ، ތިޔަ މީޑިއާ ނެޓުގެ ހިއްސާ އޮތީ ކޮން ބަޔަކަށްކަން ވަރަށް ސާފު
އަދުނާނު
19 January 2023
މައުމޫނު ދުވަސްވަރުން ފެށިގެންވެސް ދައުލަތުގެ މީޑިޔާ ގައި ވޯލްޑްކަޕް ދައްކާލަނެ ފެންވަރު ހުރޭ. މިހާރު ފުރުސަތު ދިނީމަވެސް ވޯލްޑްގަޕްގެ ރައިޓްސް ގަނެލެވޭ ފެންވަރު ނުހުރެ.
ރިބާނާ
19 January 2023
ތި އިންޓަރަރެސްޓު އަކީ ސީދާ ރިބާ، ހަރާމް ހަރާމް
ދަވާލުން
19 January 2023
ގުޅި ލާމެހިގެން ދައުލަތް ދަވާލުން
ހުޒުނާސްބެ
18 January 2023
ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހިންގާކުންފުނިތަކުން ބޭކާރުގޮތުގަ 4-5 މިލިއަން އިންޓަރެސްޓޭ ކިޔާފަ ދައްކަންޖެހުމަކީ ކުންފުނީގެ ވެރިންގެ ބޮޑު އިހުމާލެއް އެވަރުގެ ވެރިންނަށް ވަޒީފާ ދިނުމަކީ ރައްޔިތުންނަށް ހުރި ބޮޑުގެއްލުމެއް އެފަދަމީހުން ވަގުތުން ވަޒީފާއިން ވަކިކުރަންޖެހޭ
އާހިލް އާދަމް
19 January 2023
ވަރަށް ރަނގަޅު ވާހަކައެއް، ވެރިންގެ އިޙްމާލުން ހިނގާ ކަންތަކުން ދައުލަތުން ނުޖެހޭނެ ބަދަލު ދޭކަށް، ވެރިން ޖޫރިމަނާކުރެވޭނެ ގޮތެއް އޮންނަންޖެހޭ، އެހެންނޫނީ ގުޅިގެން މިފަދަ ބޮޑެތި ހީލަތްތައް އެހެން މުއައްސަސާތަކުންވެސް ހެދުން ގާތް..
ގެދޮރު ނެތް މަލޭމީހާ
18 January 2023
ކޮން އިންޓަރެސްޓެއް? ޖޫރިމަނައޭ ކިޔައިފީޔާ އެބައި ނަގައި ނުދެވޭނެތީ ނަން ބަދަލު ކޮށްލީ? ސާބަސް ކަލޭނޭ.
އިހްސާސް..
18 January 2023
ޒިންމާދާރުކަމެއް ނެތް ވެރިންގެ ދޯހަޅިކަމުން މިކަހަލަ ކިތައްމެ މަޅިއެއްގައި ބެދިގެންދޭ. ޕީއެސްއެމްއިން ތަންތަނުން ޙިދުމަތް ހޯދަންވާނީ ފައިސާދެވޭނެ ގޮތް ހޯދައިގެން. ތިތާގެ އިސްވެރިންނާމެދު ފިޔަވަޅު އަޅަން ދައުލަތަށް ކެރޭނެބާ. ބޮޑުތަނުން ފެއިލް.