ފުލުހުން އަތުލައިގެންފައިވާ ޑްރަގްތަކެއް: މީހެއްގެ އަތުން ފެނުނު ޑްރަގަށް އޭނާގެ ބޭބެ ޒިންމާ ނެގިޔަސް، އޭނާ ޖަލަށްލާން ހައި ކޯޓުން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
20 ޖެނުއަރީ 2023 - 20:26
މީހެއްގެ އަތުން ފެނުނު ޑްރަގަކީ އޭނާގެ ބޭބެގެ އެއްޗެއް ކަމަށް ބުނެ އެ ތަކެތީގެ ޒިންމާ ބޭބެ އަމިއްލައަށް ނެގިޔަސް، ކޮއްކޮގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ އުމުރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.
ގދ. ތިނަދޫ މީހަކު 19 ގްރާމް ހުރި ޑްރަގް ފޮށިގަނޑެއް ހިފައިގެން ދަނިކޮށް 2014 ވަނަ އަހަރު އޭނާ ހައްޔަރުކޮށް، ދައުވާ ކުރުމުން ދަށު ކޯޓުން އޭނާ ސަލާމަތްވީ އެ ޑްރަގަކީ އޭނާގެ ބޭބެގެ އެއްޗެއް ކަމަށް ބުނެ ކޯޓުގައި ބޭބެ ހެކިބަސް ދިނުމުންނެވެ. އެކަމަކު ތަހުގީގުގައި ދައުވާލިބޭ ބޭނުންކުރީ ހަނު ހުރުމުގެ ހައްގެވެ.
ދަށު ކޯޓުން ކޮއްކޮ ސަލާމަތްވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުގައި އޮތް ފޮށިގަނޑަކުން ކަމަށް ވާއިރު، އެ ތަކެއްޗަކީ ބޭބެގެ އެއްޗެއް ކަމަށް ބުނެ ކޯޓުގައި ބޭބެ ދިން ހެކިބަހަށް ބާރު ލިބޭ ފަދަ އެހެން ހެއްކެއް ނެތް ކަމަށެވެ. އަދި އޭރު ބޭބެ ދިޔައީ ޑްރަގް އެހެން މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ކަމަށްވާތީ މީހަކު ސަލާމަތް ކުރުމުގެ ގޮތުން ހެކިބަސް ދިނީ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން މަސްތުވާތަކެއްޗަށް އެހެން މީހަކު ޒިންމާ ނަގާ ކަމަށް ބުނެ ކޯޓުގައި ދޭ ހެކިބަހަށް ފަރުވާތެރިވާން ޖެހޭނެ އެވެ. އަދި އެކަންކަމަށް ބެލުމެއް ނެތި ހަމައެކަނި އެހެން މީހަކު ބުނެލާ ބުނެލުމުގެ މައްޗަށް ބިނާކޮށް ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލައިގައި ދައުވާލިބޭ މީހާ ހައްޔަރުކުރި ވަގުތު އޭނާ ފިލަން މަސައްކަތް ކުރުމުގެ އިތުރުން ތަހުގީގުގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ކޮށްފައިވާތީ އެކަންކަމަށް ބެލުމުން ވެސް ފޮށިގަނޑުން ފެނުނު ޑްރަގަކީ އޭނާގެ އެއްޗެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާތީ އޭނާ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބުނީ
21 January 2023
މަ ބުނީ 19 ގުރާމު އުފުލުމުގެ އަދަބު އުމުރަށް ޖަލަށް 1000 " އެ އް ހާ ސް " ކިލޯ އެތެރެ ކުރީމާ ސަލާމަތްވެ ޖެހިގެން އަންނަ ދުވަހު ޑުބާ އީ އަ ށް މީޓިންގ އަށް ފުރައިގެން ދެވޭ އެސޮރުގެ ކުށަކީ 19 ގުރާމް އުފުލުއް 1 ކިލޯ ނަމަ ސަލާމަތް ވީސް ތޯ އް ޗެ ދޯ !
ޖަނ
21 January 2023
19 ގުރާމު ވިޔަސް 19 ޓަނުވިޔަސް ހަމަ ޖަލަށް ލާންވީ! 19 ގުރާމު ވިއްކަމުން ގޮސް 19 ކިލޯއާ ހަމަޔަށް ދަނީ.
ހުސއނުހީނާ
21 January 2023
ރަނގަޅަށް ތިހެދީ!
އާރްޓީ
20 January 2023
އާއިލާގެ ދެބެން އުމުރު ދުވަހަށް ޖަލަށް ދޯ. އެކަމަކު ހީވަނީ ދެ މީހުންވެސް ޑްރަގު ގެންގުޅެނީ ބޭނުން ކުރަންހެން. ކިތައް އާއިލާ މިގޮތަށް ހަލާކުވެގެން މި ދަނީ. ޑުރަގު ވިޔަފާރި ކުރާ ބޮޑުން ކޮންޑޯ އެޕާޓުމަންޓު ތަކާ ސަފާރީ ތަކާ ކަންނެލި ދޯނި ގަނެގެން އުދުހެނީ. ސަރުކާރަށް ވާ އެއްކަމެއްވެސް ނެތް. ހަފްތާއަކު އެއްފަހަރު ކޮންމެސް ކަންމައްޗެއްގަ ސިފައިންގެ މީހަކާ ފުލުހަކު ބެހެއްޓީމަ ވޭތަ މިކަން؟
ކާރްޓީ
21 January 2023
ބޭނުން ކުރަން ފޮށިގަނޑުގަ ބަންދުކޮށްގެން ނުގެންދާނެ! އެއީ ހަމަ ވިއްކާ މީހުން. އެމީހުން އުމުރުދުވަހު ޖަލުގަބޭއްވީމާ ރަނގަޅު. ކުދި ޑީލަރުންތައް އުފުރާލައިގެން ބޮޑުންނާ ހަމައަށް ދެވޭނީ!
ހަސަނު
20 January 2023
ސަތޭކައިގެ ހުކުމެއް
ޖަމީލުބެ
20 January 2023
އެބަ ރަނގަޅުވޭ!