ކުޅިވަރު

ސައުދީގެ ތާރީހީ މެޗުގައި މެސީ އާއި ރޮނާލްޑޯ ލަނޑުތަކަށް ސަމާލުކަން

ސައުދީގެގައި ކުޅުނު އެގްޒިބިޝަން މެޗުގައި ރޮނާލްޑޯ އާއި މެސީ: އެ ދެ ކުޅުންތެރިން ވެސް ވަނީ ލަނޑު ޖަހާފަ --- ފޮޓޯ: އޭއެފްޕީ

20 ޖެނުއަރީ 2023 - 10:44

2 comments

ރިޔާދު (ޖެނުއަރީ 20) - ސައުދީ އަރަބިިއާގައި ކުޅުނު ތާރީހީ އެކްޒިބިޝަން މެޗުގައި ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުތަކަށް ސަމާލުކަން ލިބިއްޖެ އެވެ.

ރޭ ސައުދީގެ ރިޔާދުގައި ކުޅުނު މެޗުގައި ބައްދަލު ކުރީ ޕީއެސްޖީ އާއި ރިޔާދުގެ ދެ ކްލަބްކަމަށްވާ އަލް ނަސްރު އާއި އަލް ހިލާލްގެ ކުޅުންތެރިންގެ މެދުގައި އެއްކޮލައިގެން ނެގި ޓީމަށެވެ. މެޗު ޕީއެސްޖީގެ ޓީމު ކާމިޔާބު ކުރީ 5-4 ންނެވެ.

މި މެޗުވީ ސައުދީގެ ކްލަބް ފުޓްބޯޅައިގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗަށެވެ. އެ ގައުމުގެ ނަސްރު އެފްސީ އަށް ބަދަލުވެ ރޮނާލްޑޯ އަދި ލީގުގައި މެޗެއް ނުކުޅެ އެވެ.

މެސީ ފުރަތަމަ ލަނޑު ޖަހައި ޕީއެސްޖީ އަށް ލީޑް ނަގައިދިނެވެ. އޭގެ ފަހުން ރޮނާލްޑޯ ދެ ލަނޑު ޖަހައި ނަސްރު އަށް 2-2 ން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހީ މާކުިއނޯސް އެވެ.

މެޗުގެ ބޮޑު ބައެއް ޕީއެސްޖީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެ ޓީމުގެ ޖޯން ބާނެޓް، ސައުދީގެ ސާލިމް އަލް ދައުސަރީ އަށް ފައުލު ކުރުމުން ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.

ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ ނޭމާ އަށް ނާކާމިޔާބުވި އެވެ. ދެވަނަ ހާފުގައި ސާޖިއޯ ރާމޮސް ވެސް ލަނޑު ޖެހި އެވެ. ކިލިޔަން އެމްބާޕޭ ވެސް ވަނީ ޕެނަލްޓީގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދީފަ އެވެ. ރިޔަދު ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ބޮލުން ފޮނުވާލި ހަމަލާއިން ލަނޑު ޖެހީ ޖިއުން ހިއުން ސޫ އާއި އެޑާސަން ޓަލިސްކާ އެވެ. ޕީއެސްޖީ ފަސްވަނަ ލަނޑު ޖެހީ ހޫގޯ އަކިޓޭ އެވެ.

އެ މެޗަކީ މެސީ އާއި ރޮނާލްޑޯ އެއް މެޗެއްގައި ކުޅޭ ފަހު މެޗަށް ވެދާނެ އެވެ. އެ މެޗު ތާރީހީ މެޗަކަށް ވާ އަނެއް ސަބަބަކީ ސައުދީ އާއި ގަތަރުގެ ގުޅުމެވެ، ސައުދީން ގަތރައެކު 2017 ގައި ގުޅުން ކަނޑާލައި އެ ގައުމާ ދެކޮޅަށް ފިޔަވަޅުތައް ވެސް އެޅި އެވެ. ތިން އަހަރަށް ފަހު ދެ ގައުމުން ސިޔާސީ ގުޅުންތައް އަލުން ގާއިމު ކުރި އެވެ.

ޕީއެސްޖީ ހިންގަނީ ގަތަރުންނެވެ. ޕީއެސްޖީ ސައުދީ އަށް ސަތުރު ކުރުމަކީ އެ ގުޅުން ކުރިއަށް ވުރެ ހަރުދަނާ ވެއްޖެ ކަމުގެ ހެއްކެއް ކަމަށް އިންޓަނޭޝަނަލް ރިލޭޝަންގެ ތަޖުރިބާކާރުން ބުނެ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ

20 January 2023

ބަލަ އެއީ ފްރެންޑްލީއެކޭ.

The name is already taken The name is available. Register?

އަހުމިއްޓޭ

20 January 2023

ޕީއެސްޖީގެ ޓްރެއިނިން ސެޝަންއެއް ތިއީ. ދެން ތިޕެނަލްޓީއަށް މާބޮޑު ސަމާލުކަމެއް ތިދެނީ މީޑިއާތަކުން، އެއީވެސް ސައޫދީގެ ފައިސާގެ އެހީލިބޭތޯ. މުޅި މެޗުގައިވެސް ރޮނާ ފެނުނީ ޝަކުވާކުރުމުގަ. ދެން ސްޓްރެސްވެފަ ޕެނަލްޓީއާއި ހިލޭޖެހުން ޖަހާއިރު އެއޮށް ޖައްސާ ވައްތަރުތަކެއް. ބޮއި ހަލާކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454