23 ޖެނުއަރީ 2023 - 14:10
ސައޫދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ ރޭލުގެ ޚިދުމަތް ކަމަށްވާ ހަރަމައިން އެކްސްޕްރެސްގެ ރޭލުތައް ދުއްވުމަށް، އެ ގައުމު އެކި ސަރަހައްދުތަކުން ހޮވާލައިގެން ނެގި އަންހެނުންގެ ތެރެއިން 32 އަންހެނަކު ތަމްރީންތައް ފުރިހަމަކޮށް ޚިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން އިއްޔެ ބުނި ގޮތުގައި، ހަރަމައިން އެކްސްޕްރެސްގެ ރޭލުތައް ދުއްވުމަށް ތަމްރީން ކުރި 32 ޑްރައިވަރުން މިހާރު ތިބީ، އެ މަސައްކަތަށް ނުކުންނަން ބޭނުންވާ ހުރިހާ ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި ރޭލުގެ ދަތުރުތަކުގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި، ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އެންމެހައި އުސޫލުތަކަށް ވެސް މިހާރު އެމީހުން ތިބީ ހޭނި ފަރިތަވެފައި ކަމަށް ވެސް އެ އޭޖެންސީން ބުނެ އެވެ.
އެހެންކަމުން އެމީހުން ވަރަށް އަވަހަށް ޚިދުމަތަށް ނުކުންނާނެ ކަމަށް ސައޫދީގެ ރަސްމީ ނޫސް އޭޖެންސީން ބުންޏެވެ.
ތަމްރީންތައް ފުރިހަމަކުރި ޑްރައިވަރުންގެ ތެރޭގައި ހިމެނޭ ޘަރާ އަލީ އައްޒަހްރާނީ ބުނި ގޮތުގައި ސައޫދީގެ ޕޮލިޓެކްނިކުން ރޭލު ޑްރައިވަރުންގެ ވަޒީފާގެ ފުރުސަތު އަންހެނުންނަށް ހުޅުވައިލުމަކީ، ތަރައްގީގެ ކަންކަމުގައި އަންހެނުން ބައިވެރިވުމަށް ހުޅުވުނު ވަރަށް ތަނަވަސް ދޮރެކެވެ. އެ ކަމަށް ކުރިމަތިލުމުން އިންޓަވިއުކޮށް ތަމްރީންތައް ފުރިހަމަކޮށް ނިންމައި ތަމްރީންތަކުން ފާސްވެ ޚިދުމަތަށް ނުކުތުމުގެ ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސައޫދީގެ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އިއުލާން ކުރެއްވި 2030ގެ ތަސައްވުރުގެ ސަބަބުން، ގައުމީ ޚިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު އަންހެނުންނަށް ލިބިއްޖެ އެވެ. އަދި މިއީ ގައުމުގެ އިގްތިސާދީ ހަރަކާތްތަކުގައި އިތުރު ތަފާތު ދާއިރާތަކުން އަންހެނުން ބައިވެރިވުމަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ހަރަމައިން އެކްސްޕްރެސް އަކީ މައްކާ އާއި މަދީނާއާ ދެމެދު ގާއިމުކޮށްފައިވާ 453 ކިލޯމީޓަރު ދިގުމިނުގެ ރޭލު މަގެއްގައި ދެމުން އަންނަ ޚިދުމަތެކެވެ. ހައްޖާއި އުމްރާގެ އަޅުކަމަށާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރާ މީހުންގެ ލުއިފަސޭހައަށް ޚާއްސަކޮށްގެން ގާއިމުކުރި މި ޚިދުމަތުގައި ރޭލުތައް ދަތުރު ކުރާނީ ޖިއްދާގެ ތެރެއިން ލައިފަ އެވެ.
މި މަޝްރޫއުގެ މަސައްކަތް ފެށީ 2009 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. މަސައްކަތް ފުރިހަމަ ކުރުމަށް ފަހު އަޖުމަބެލުމުގެ ދަތުރުތައް ފެށީ ސެޕްޓެމްބަރު 25، 2018ގަ އެވެ. އެއަށް ފަހު އާންމު ދަތުރުތަކަށް ހުޅުވައިލީ އޮކްޓޫބަރު 11، 2018ގަ އެވެ.
ސައޫދީ ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ހަރަމައިން އެކްސްޕްރެސްގެ ރެއިލްތަކުން އަހަރަކު 60 މިލިއަން މީހުން ދަތުރުކުރާނެ އެވެ. އޭގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް އަންނަ 3-4 މިލިއަން މީހުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލާނުދާނެ
24 January 2023
މިހާރު މެޓްރޯ އާއި ރޭލު ދުއްވަނީ ޕްރޮގުރާމް ކޮށްފަ ހުންނަ ސޮފްޓްވެއާއަކުން އޮޕޮރޭޓަރު އިންނާނީ މައި ސްޓޭސަންގައި ދުއްވާކަށް މީހަކު ނީންނާނެ ...
ތީ ވަރަށް މަދު ތަނެއްގެވާހަކަ
26 January 2023
ތި ބުނާ ގޮތަށް ދުއްވަނީ ވަރަށް މަދު ތަނެއްގައި. އަހަރެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ރޭލު އަދި ޓްރޭމް ދުއްވައިފިން. ހަމަ އިންސާނުން ބޭނުންވޭ
ދޯޕައްޓާ
23 January 2023
ސްޕޭނު ރަސްގެފާނު ފައިސާ ޕަކަޅާކުރީ، ހުޅަނގުގެ ރަސްގެފާނުވީމަ މިކަހަލަ ވާހަކަތައް މާބޮޑަކަށް މީޑިއާގަ ނުޖަހާ ފޮރުވާފަ ކިމްޖޮން އުންގެ ވާހަކަ ދެދަޅައަށް އެވެރިން ފަތުރަނީ.
ސަލީމު އިދުރީސް
23 January 2023
ކަލޭހީކުރަނީ ހުޅަނގު މިޑިއާއަކީ ބީބީ ސީއާ ރޮއިޓައްސާ ސީއެންއެންފަދަ ހަބަރު ފަތުރާ ޗެނަލް ކަމައްތޯ!އެމެރީކާ މީހުން ވެއުތިނާމު ހަނގުރާމާގަ ހިންގިޖަރީމާތަކާ ބިކިނީ އެޓޯލައް ހެދިގޮތުގެ ވާހަކަޔާ ނެސްލޭ ކޮކާކޯލާ ކުންފުނި ފަދަ ކުންފުނިތައް ދުނިއޭގަ ހިންގާ ބޮޑެތި ޖަރީމާގެ ވާހަކަ ހަމަ ކިއާ ދައްކަނީ ހުޅަގުގެ މީޑި ތަކުން!ކުރުކޮށެއްނޫން 2 ގަޑި 3 ގަޑިއިރު ރިޕޯޓު ދައްކާ!އަދި އެޗެނަލްތަކުގެ މީޑިއާ ލައިބުރައަރަރީން އެހެރީބޭން މީހަކައް ބޭނުން އިރަކު ބެލޭގޮތައް
އަހުމަދުވަގާރު
23 January 2023
ކީކެތޯ ބިން ބާޒުގެ ދަރިވަރުން މިކަމާ ބެހޭ ގޮތުން ބުނަނީ
ޖުހާ.
24 January 2023
އެމީހުން މިހާރު ތަބާވާ މީހަކު ނެތް. ބިން ސަލްމާނައް ލަޢުނަތްލެއްވުމަށް ދުޢާކުރުމުގާ އެމީހުން މަސްޢޫލްވެއްޖެ.
ބިންބާޒުވެސް ތާއީދު ކުރޭ
26 January 2023
ބިންބާޒް އަކީ ޓެކްނޮލޮޖީ އަށް ދެކޮޅުހެއްދެވި ބޭފުޅެއްނޫން. ޓެކްނޮލޮޖީގެ ބޭނުން އެދެވޭ ގޮތުގައި ހިފާކަށް ދީނެއް އެއްވެސް އިރެއްގައި ދެކޮޅު ނުހަދާ. ﷲ މި ވަސީލަތްތައް ލެއްވީ އަހަރުމެންގެ ހަލާކަކަށްނޫން. އިމްތިހާން ތަކަކަށް، ފަސޭހައަކަށް.