ޑރ. މުހައްމަދު އިޔާޒް: އޭނާ ދަންޖައްސަން ގޮވާލި މައްސަލައެއް ފުލުހަށް ހުށަހަޅައިފި-- ފައިލް ފޮޓޯ: މިހާރު
24 ޖެނުއަރީ 2023 - 21:36
ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު ޑރ. މުހައްމަދު އިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް އެ ޕާޓީގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އިޔާޒަށް އިންޒާރު ދިނީ އޭނާއާ ހަވާލާދީ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޝެއާކޮށް މީހަކު މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އެ މީހާ ވަނީ އިޔާޒު ދަންޖައްސައި މަރަން ޖެހޭ ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިޔާޒް މެރުމަށް ސޯޝަލް މީޑިއާގައި ގޮވައި އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅުވައިގެން އިޔާޒް ކުރައްވާ ޓުވީޓުތަކަށް ބައެއް ފަހަރު ގިނަ ބަޔަކު ފާޑު ކިޔަ އެވެ.
އިޔާޒަށް އިންޒާރު ދިނީ ވެސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ވިދާޅުވި ވާޙަކައަކާ ގުޅޭ ޚަބަރަކަށް ކޮމެންޓެއް ކުރި މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
26 January 2023
ސިޔާސީ މައިދާނުގައި ވާދަވެރިން ގިނަވާނެ. ޚިޔާލު ތަފާތުވާނީ މައްސަލަތައް ހައްލުކުރުމުގައި އޮންނަ ޚިޔާލު ތަފާތުވުން. ޒާތީވެ ޒާތީގޮތުން އެކެއްގެ އަބުރު ގެއްލޭގޮތަށް ޒުވާބުކުރުމަކީ ނާތަހުޒީބު ސިފައެއް. ތަސައްރުފު ނުފުދޭކަން އަންގައިދޭ ކަމެއް. އިޔާޒު އުޅެނީ މި ލެވެލްގައި ނާތަހުޒީބު ތަސައްރަފުނުފުދޭ ލެވެލްގައި.
މުންޖިޗޭ
25 January 2023
ޙައްޤަކާނުލައި އެއްވެސް އިންސާނެއްގެ މަރެއް ނުހިފޭނެ، އަދި އަމިއްލަ އަމިއްލައަށް މަރުގެ ޙުކުމް ތަންފީޛެއްވެސް ނުކުރެވޭނެ، ހަރުކަށި މީހުންގެ ހަރުކަށި އިންޒާރުތައް އަންނަގޮތަށް ހަރުކަށިކޮށް ބަސްނުބުނެ ތިމާއާނުބެހޭ ކަންތަކަށް ބޯނުމަހައި އުޅުން ބުއްދިވެރި، ވަރިކަމުގައި ތިމާގެ ރުހުން އޮތްމީހަކު ހުންނަން ތިމާ އެދޭފަދައިން އެނޫންމީހަކު ވެރިކަމުގައި ހުންނަން އެދޭ މީހާއަށްވެސް އެޙައްޤު އޮތްކަން އެނގެންއެބަޖެހޭ، ލަގަބެއްއޮތުމަކީ އަބުރު ނަގާލަންވީކަމެއްނޫން
ެއެޗް އެމް.
25 January 2023
"ދީނީ އިލްމުވެރިޔާ." މާނައީ އަރަބި ބަހުރުވައާއި އިސްލާމީ ތާރީޚްގެ މިންވަރެއް އުގެނިގެން ހުރިމީހެއް. ޔައުނީ ހިސްޓަރީ ޓީޗަރެއް. އެހެންވީމަ ކުޑަކޮށް ސިޔާސީބައިވެސް އެގޭނެ.
ސްޓިންސަން
25 January 2023
އަޅެ ހެޔޮ ނުވާނެނު މީހުނަށް މަރުގެ އިންޒާރުދޭން. އެކަން ކުރާނީ ތެޔޮޅުވާ ކުދިންނޭ މަންމަމެން ބުނޭ. އަހަރެން އިޔާޒު ފެނުނަސް ބިރުން ފިތްކަނޑައިގެންދޭ! ހުންނަ ގޮތުން އަބދުވެސް ހީވަނީ ރުޅިއައިސް ރަތްވެފަ ހުންނަ މީހެއް ހެން،،،،
ވަރި ހަމަ
25 January 2023
މީހުންނަށް ކިޔާފަ ހުންނަ ނަމުގެ މާނަ އެހެން ގޮތަކަށް ވިސްނަދޭން ބައެއް މީހުން އިބްރާހީމްގެފާނާ އެއްވަރުކުރަން އުޅޭ އުޅުން އަދާލަތުން ކޮންތާކަށްތަ ހުށަހަޅަނީ؟ އަމިއްލަ ޕާޓީގެ ތެރޭ ބަލާލަން އުޅެން ކެރޭ ވަރުގެ މައްސަލައަކަށް އެކަން ނުވަނީބާ ނޫނީ ތިމާމެންގެ ޕާޓީ ސަރުކާރުގަ ބޭއްވުމަށްޓަކައި އެކަންވެސް ވަރިހަމަކޮށްލާފަ އަޅާނުލާނީބާ؟
ހަސަނު
25 January 2023
މީހަކު ދަންޖައްސާ މަރާން ޖެހޭ ކަމަށް ބުނެވިގެން ނުވާނެ.. އެއީ ކުށެއް.. އެއްވެސް މީހަކު މަރަން ދައުވަތު ދީގެން ނުވާނެ... އިޔާޒުމެން ފަދަ ދީނީ މީހުން ވެސް އެހެން މީހުން ކާފަރުކޮށް ލާދީނީގޮވައިގެން ނުވާނެ.. މި ޒަމާނުގާ މީހަކު ކާފަރެއް ކަމަށް ތުނބުޅިލީ މީހަކު ބުނުމަކީ މެރުމަށް ގޮވާލުމަށްވެފާ މި އޮންނަނީ...
ބަތޭލި
25 January 2023
އިންޒާރު ދިނުމަކީ ގޯހެކެވެ. އެކަމަކު ތިމީހާ މުޖުތަމައު ފަސާދަކުރަމުން ގެންދާ މައްސަލަވެސް ބަލަން ޖެހެއެވެ.
ސްޓިންސަން
25 January 2023
އިންޒާރު ދޭކަށް ނުވާނެ. ފުޓުބޯޅަ ޓީމެއްގެ ކޮއްތަށް ވިކޭ މީހުނަށް ކީއްކުރަން އިންޒާރު ދެނީ.
ޙާލިދުު
25 January 2023
މިގަވްމުގައި ދެލިގަނޑު ދަސްކޮށްގެން އުޅޭ ބައެއް ޝޭޚުން، ދީނީ ޢިލްމުވެރިންނަށް ވާގޮތް އެބަޖެހޭނު ބަލަން، ހަމަ ހުރެފަ ފަތުވާދެނީ ކޯންޗެއް ކިޔަވައިގެން ކަމެއްވެސް ނޭންގޭ، ދީނުގެ ޙުކުމެއް އަލަށް އުފަންވާކަމަކަށް އެޕްލައި ކުރަން ނޭންގޭ. ޖަމަލަށް ސަވާރުވެގެން ނޫނީ ދަތުރު ނުކުރަން، ބަކަރި ހުއިހައްޕައިގެން ނޫނީ އާމްދަނީ ނުހޯދަން، ކޮންމެހާލެއްގަވެސް އުލާ ސަމުސަލުން ނުކައި އަތުން ކާންވެފަ، ރޞޢވ ނުކުރައްވާ ކަމެއްވީމަ އެކަމެއްކޮށްފިއްޔާ ބިދުޢަ. ބޮޑުވަރު.
އލނއމ
25 January 2023
މީވެސް ފާޑެއްގެ ވިޔަފާރިއެއް. އުޅެން ފަސޭހައެއްނު..