ނަޝީދު މިރޭގެ ޖަލްސާއަށް ވަޑައިގަންނަވަނީ: ޖަލްސާ ކުރުކޮށްލުމަށްފަހު އެމަނިކުފާނު ވަޑައިގަތީ ސަލާމަތީ ސަބަބެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނޭ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
26 ޖެނުއަރީ 2023 - 23:35
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރައިމަރީގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ޖަލްސާ ކުރުކޮށްލުމަށްފަހު އެމަނިކުފާނު އެ ސަރަހައްދުން ވަޑައިގަތީ ސަލާމަތީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ނިންމަން މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ވާހަކަފުޅަށްފަހު ޖަލްސާ ނިންމާލައިި، ވަގުތުން އެ ސަރަހައްދު ދޫކުރައްވައި އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ތިއްބާ ކުއްލި ގޮތަކަށް ނަޝީދު އެ ސަރަހައްދުން ސެކިއުރިޓީންނާ އެކު ވަޑައިގަތުމުން ސަލާމަތީ ގޮތުން ޖަލްސާ ކުރުކޮށްލީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ ސަބަބެއް ނެތްކަން އެމްއެންޑީއެފްގެ ފަރާތުން ކަށަވަރުކޮށްދިން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރަން އުޅޭކަމުގެ މައުލޫމާތެއް ފުލުހުންނަށް އަދި އެމްއެންޑީއެފްއަށް ވެސް ލިބިފައެއް ނުވެ އެވެ. އަދި މީޑިއާތަކުން އެކަން ރިޕޯޓްކުރީ ފުލުހުންގެ ބަހެއް ނުހޯދާ ކަމަށް ފުލުހުން ބުންޏެވެ.
ނަޝީދުގެ ކެމްޕޭން ޖަލްސާ ކުއްލިގޮތަކަށް ނިންމާލި ސަބަބާ މެދު ސުވާލު އުފައްދަމުންދިޔަސް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވެސް ބުނީ މިރެއަށް ޖަލްސާ ރާވާފައި އޮތީ އެގޮތަށް ކަމަށެވެ. އެއީ ކުރުކޮށް، ތަފާތު މެސެޖްތަކަކުން ނިންމާލުން ކަމަށެވެ. ކެމްޕޭންގެ އެންމެ ފަހު ހަރަކާތަކީ މާދަމާ ހަވީރު އޮންނަ ހިނގާލުން ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިރޭގެ ޖަލްސާގައި ވެސް ގިނަ އަދަދެއްގެ ސެކިއުރިޓީން އެމަނިކުފާނާ އެކު ހަރަކާތްތެރިވި އެވެ. އަދި ޖަލްސާއަށް ސަޕޯޓަރުން ވެއްދީ ވެސް ސެކިއުރިޓީން ޗެކް ކުރުމަށްފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމްޕަތީ ސްޓަންޓް
28 January 2023
ސިޔާސީ މީހުންގެ ސިމްޕަތީ ސްޓަންޓް ޢައް ރިއެއްކްޓު ނުކުރަން އަހަރެމެން ދަސްކުރަން ވެއްޖެ. ޙިތާހިތުގެ ގުލުމޭކިޔައުގެން ކުރާހުރިހާ ކަންކަމަކީ ހެޔޮނޮޔަތުން ކުރާކަންކަން ނޫންކަންކަން ކަމައް އިގޭވަރައް އެބަ ތަސައްރަފު ފުދެންޖެހޭ
ކަންބަޅިރައްޔިތު
27 January 2023
ހިލޭ ކޮފީ ބޮވޭގޮތަށް މަޖިލީހުން ފާސްކޮށްލަބަލަ
ސުޓަންޓެއްތޭ
27 January 2023
އެއީ ވޯޓު އިތުރުކުރަން ޖެހި ސިމްޕަތީ ސްޓަންޓެއް. ފޭކު މެސެޖުވެސް ބެލެވެނީ އޭގެ ބޮޅެއް ކަމަށް. މީގެ ހެއްވާކަމަކީ ފޯނު ގެއްލުނު ވާހަކައާއި މެސެޖުވެސް މިއައީ އެއްމަސްދަރެއް މެދުވެރިވެގެންކަމަށް ވުން.
އެމްސް
27 January 2023
ދެން ކީއްވެބާ؟ ފެބްފުއަރީ 7 އެއް އަންނަކަން ކުރިއަށް އެނގުނުބާ؟ މިދިޔަ ރޯދަމަހު ނަޝީދު އާއި 100 ފޫޓް ގެ ރޭޑިއަސް އަކުން އެދިން ޙަމަލާވެސް ކުރިއަކަށް ނޭނގުނެއް ނޫންތޯ! ބައެއް ވަޒީރުންނާއި އެކު ހަތިޔާރު އެޅި ސިފައިން ޙަރަކާތްތެރިވާން ޖެހުނު ވެރިކަމެއް މިނޫނީ އަދި ނާދޭ! ވަޒީރުންގޭ ދޮރުމަތީވެސް ހަތިޔާރު އެޅި އެތަކެއް ސިފައިންނާއި ފުލުހުން ތިބެން ޖެހޭނީ ހަމަ ގައިމުވެސް މިހާރުގެ މުޖުތަމަޢަކީ އަމާންތަނަކަށް ވާތީ އެއް ނޫން! މުޅި މިޤައުމުގަ ބިރުވެރިކަން!
ބޮޑުމީހާ
27 January 2023
މިގައުމުގެ ވެރިން އިސްލާހުވާނީ އާއްމު ރައްޔިތުން އިސްލާހުވެގެން. ދައުރެއް ނިމިގެންދާއިރު ވައުދުވި އެއްކަމެއްވެސް ނުވެ މިހުރީ. ކުޑަކުޑަ މިސާލެއް. ހުޅުމާލެ ފޭސް 2 ހިއްކާފަ އޮތް ބިމަކުން 4 އަހަރުތެރޭ ގޯތި ކަނޑާ ނުދެވުމަކީ ފެއިލިއަރއެއް، 4 އަހަރުން ޚިޔާނާތެއް ނުބެލުނު، ސްކޫލެއް ނޭޅުނު، ފްލެޓެއް ނޭޅުނު، މަގެއް ނުހެދުނު، މިވަރުވީމާ ދިވެހިން ސަނާ ކިޔަން ނުކުތީމާ ވެރިންނަށްވެސް އޮޅޭނެ!
އެމްސް
27 January 2023
އެމްއެމްޕީއާރުސީން ގެއްލުނު ބިލިޔަންތަކުން އެންމެ ރުފިޔާއެއްގެ މިންވަރުވެސް ދައުލަތުގެ ބަޖެޓަށް އަނބުރާ ނުވެއްދުނު!
ފައުދީ
27 January 2023
ހެސްކިޔާފަ ޕީޕީއެމް މީހުންގެ މެދުގަ ހުރުމަކީ ނަޝީދަށް ކުޑަ ނުރައްކަލެއް ނޫން. ކުއްލިއަކަށް ނަމަވެސް ނަޝީދަށް އެކަން ވިސްނިވަޑައިގަތްކަން ނަސީބު.
އޮއްސެނީ
27 January 2023
ސުޓަނިން ސުޓަންޓު މޭން ކިޔާ ފިލްމެއް ކުޅެން ރައީސު ނަސީދު ރަނގަޅުވާނެ ޝަހާރުކުމެން ސަމްމާނުމެން ރިތިކުމެން ނުވާނެ ހުވަދަކަށް ވެސް ފިލްމީދުނީޔެ އޭރުން
ޑރ.ކަނަމަދުބޯކިބާ
27 January 2023
ދޮންކަލޯ ކޮންމެވެސް އެއްބަހަކުން ރީތިކޮށް ލިޔަން ކިޔަން ދަސްކޮށްބަލަ.. ދިވެހިބަހުން ލިޔަން ކިޔަން ދަސްކުރިޔަސް ރަގަޅުވާނެ..
އަސްލު.....
27 January 2023
ފުރަތަމަ ފޮނުވަންފެށި މެސެޖުއިން ފެށިގެން އެގެންފެށި ތިޑުރާމާތިގޮތަށް ކުޅޭނެކަން، އަދި ތިކަހަލަ އެތަށް ބިރުވެރި ޑުރާމާތަކެއް ފެންނާނެހެން ހީވަނީ، ނުހޮވޭނެކަން ކަށަވަރުވީމަ ދެން ޑުރާމާ ފެއްޓީ...
ރައްޔިތުކަލޯ
27 January 2023
ރައްޔިތުންނަށް މިހާރު ތިޔަ ވާހަކަ ގަބޫލުކުރަން އެހާ ފަސޭހައެއް ނުވާނެ.
ސާދާސީދާ
27 January 2023
ސައިކަލެއްގެ މަޑިދަށުގަ ކިހާ ބާރުގަދަ އެއްޗެއް ގޮއްވާލައިގެން މީހެއްގެ ފުރާނަ ދުއްވާލަން އުޅުނު އިރު ވެސް ހިލަމެއް ނުވި ބައެއް ތިޔައީ!