ޔާމީން ޖަލަށް ގެންދަނީ: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
29 ޖެނުއަރީ 2023 - 18:01
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ މެންދުރު ބާއްވަން ހަމަޖައްސާފައިވާ ކަން ޔާމީންގެ ވަކީލުން ވެސް ކަށަވަރުކޮށްދިނެވެ. އެ މައްސަލާގެ އަޑުއެހުންތައް ކޯޓުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.
އެ މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނި އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ އެކު، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ވަކީލުން ގެންދަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލިވިކައުންސިލަރު
30 January 2023
ޕުރައިމަރީގައި ބަލިވި ކަލޭގެ ކޯޓުދޮށަށް މުޒާހަރާއަށް ނުގޮސްފިއްޔާ ރަގަޅު.
ކޮލެސްޓްރޯލް
30 January 2023
5 އަހަރުގެ ވެރިކަމުގެ ދައުރެއް ނިންމާލިއިރު މާލެއިން ގޯއްޗެއް ގަނެ އެތަނުގައި 12 ބުރިޔަށް ގެޔެއް ހަދައި، އެކައުންޓަށް މިލިޔަނުން ފައިސާ ކަޅާކޮށްލި ހަމައެކަނި ރައީސްމީ. ދުނިޔޭގެވެސް ރެކޯޑެއްމީ. އަދިވެސް ބަޔަކު މީނަގެ ފަހަތުން އެބަދުވޭ. ބޯހަލާކު.
ފަސްޓްލޭ
30 January 2023
މިހާރު ހިތަށްއަރާ ފުށް ނުގިރުނު ނަމައޭ. ފުށް މޮޑެގެން ރޮއްޓެއް ފިހުނުނަމަ މިހެން ނުވީސް.
ށައިން
30 January 2023
މިގައުމުގެ ވެރިކަން ކުރިމީހެކޭ ބުނަންވެސް ލަދުގަނޭ ވައްކަން އިންތިހާޔަށްކޮށްފަ އޮތީ ކިހާ ދެރަކަމެއް؟ މިމީހާ ވެރިކަމަ ގެނަންން އަދިވެސް ބަޔަކު ފޫގަޅައިގެން އެބައުޅޭ
މަކަރާޙީލަތް
30 January 2023
ފަސްއަޅާ ފޮރުވާފައިއޮތް ޚިޔާނާތުގެ މައްސަލަ ބަލާނެ ދުވަހެއް އަންނާނެ. ޢެދުވަހަކުން ނޯންނާނެ ފޮވާނެ އެއްޗެއް. ރިޝއވަތު ދޭނެ ވެރިއެއް. ނުފޫޒު ފޯރުވާނެ އަތެއް. އެވައްކަމާ ޚިޔާނާތުގެ އަނިޔާވެރިންނަށާ ބައިވެރިންނަށްވެސް ހުކުމް އަންނާނެ.
ކިމްބާ
30 January 2023
މިސްޓަރ ޑޮން
ހަސަންފުތާ
29 January 2023
ކޭކެއް އަޅުއްވަންތޯ އުޅުއްވީ / ފުއްގިރުން އެއީ ކުށަކީތޯ ؟
ހައްގުބަސް.
29 January 2023
މި ސަރުކާރު ވަރައް ކަޑަ
ޢެމެރިކާ
29 January 2023
ސިޔާސީ ހުކުން ކުރުން ހުއްޓާލަން ވެއްޖެ.
ވަސަންތީ
29 January 2023
ނޫނޭވާ ލާރިފަށެއް ކައިފާއެބަހުރިދޯ މިވަރުމީހަކު މިނިވަން ކުރަން ކޮންމެރެއަކު ވިއްސަކަށް އަންހެނުން ނުކުމެ މިހަޅޭލަވަނީ.