ޗައިނާ ސަދާން
30 ޖެނުއަރީ 2023 - 12:58
ޗައިނާ ސަދަން އެއާލައިނުން ރާއްޖެ އަށް އަންނަ މަހު ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެމްއޭސީއެލް އިން ބުނީ އެ އެއާލައިންގެ ދަތުރުތައް ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ކަމަށެވެ. ޗައިނާގެ ގުއާންޒޫ އިން ރާއްޖެ އަށް ދަތުރުތައް ފަށާ ސަދަން އެއާލައިނުން ރާއްޖެ އަންނަ އެއާކްރާފްޓުތަކުން 280 ފަސިންޖަރުން އުފުލޭނެ އެވެ.
ދަތުރުތައް ފެށުމަށް ފަހު ކޮންމެ ހަފްތާއެއްގެ ހޯމަ އާއި ބުދަ އާއި ހުކުރު ދުވަހު ރާއްޖެ އަށް ދަތުރުތައް އަޅަން ވަނީ ޝެޑިއުލްކޮށްފަ އެވެ.
ތިން އަހަރަށް ފަހު ޗައިނާ އިން ރާއްޖެ އަށް ދަތުރުތައް ފެށީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މި ވަގުތު ބެއިޖިން ކެޕިޓަލް އާއި ޗައިނާ އީސްޓާން އިން އަންނަނީ ރާއްޖެ އަށް ދަތުރުތައް ކުރަމުންނެވެ. ޗައިނާ އިން ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފެށިތާ ހަފްތާއެއް ނުވަނީސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ދިހައަކަށް ވަނީ އަރައިފަ އެވެ. މި ވަގުތު އެ ގައުމު އޮތީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މީހުންގެ ހަތް ވަނައިގަ އެވެ. އެ ގައުމުން މިހާތަނަށް 5،300 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ.
ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Draw
31 January 2023
ޓޫރިސްޓުން އަޔަސް ވާކަމެއް ނެތް. ޑޮލަރު އެހާ އަގުބޮޑު. ބޭންކު އޮފްމޯލްޑިވްސް އެކައުންޓްތަކުގައި ހުންނަ ފައިސާއަށްވާގޮތެއް ނޭގޭ. ޒިންމާއެއްނެތް، އުސޫލެއް ހަމައެއް ލަމައެއްވެސްނެތް. މައްސަލަ ޖައްސާނެތަނެއް، މައްސަލަ ބަލައިދޭނެތަނެއްނެތް. ވެރިކަމާހެދި ކޮންމެ މީހަކުވެސް ހޭބަލިވަނީ
ށަވިޔަނި
30 January 2023
ރަނގަޅު. ޓޫރިސްޓުން އައުމަކީ އިޤްތިޞާދަށް ލިބޭ ދިރުމެއް.
ޔާގޫތުސޮރު
30 January 2023
ރަގަޅު ކިހިނެއްވަނީ ކަލޯ މިލިއަނުން އަޔަސް ޑޮލަރު ވަގު ބަޒާރު އޮތީ ބާރަށް ކުރިއަށް. އަގު އުޅެނީ 17 އިން މަތީގަ. މިކަމާ ކަންބޮޑުވެގެން މަނޫން މީހެއް އުޅެހެން ހިޔެއްނުވޭ އެކަމު ދޯ!