މޯލްޑިވިއަންގެ މަތިންދާބޯޓެއް: ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާތީ ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މެދުކަނޑާލަން އެ އެއާލައިން އިން ވަނީ ނިންމައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ފެބުރުއަރީ 2023 - 16:20
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތަކަށް އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހޭތީ ހަނިމާދު އާއި ޓްރިވެންޑްރަމްއާ ދެމެދު ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަންނަ މަހު އެކަކުން ފެށިގެން، ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން ހެނދުނު 8 އާ ދެމެދު އެ އެއާޕޯޓަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ.
"މީގެ ސަބަބުން ހަނިމާދު އަދި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފަ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، އަންނަ މަހު އެކެއްގެ ފަހުން ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ މީހުން މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅައިގެން ދަތުރުގެ ކަންކަން ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު 18 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އެ މަޝްރޫއު ހަވާލުކުރީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އަށް އަދި ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރި އެ މަޝްރޫއު ނިމުމާއެކު، އޭ 320 އާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓު ހަނިމާދޫ އެއާޕޯޓުގައި ޖެއްސޭނެ އެވެ.
އެ މަޝްރޫއު ހިންގަނީ އިންޑިއާއިން ދިން ލޯނު އެހީގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
01 February 2023
ދަތުރުތައް މެދުކަޑާލަންޖެހުނީ "ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރާތީ" ކަމަށްވާނަމަ މޯލްޑިވިއަނުން ތިދަތުރުތަކަށްބޭނުންކުރި ބޯޓާއި، ކެޕްޓަނުންނާއި ކުރޫއިންވެސްތިބޭނީ ދަތުރުކުރާނެ އެފަދަ އާ މަންޒިލެއްނެތިފަނޫންތޯ. # އެހެންކަމަށްވާނަމަ ކީއްވެގެންތޯ އިންޑިޔާއަށް ބޭސްފަރުވާއަށް ދަތުރުކުރުމަށްބޭނުންވާ ދެކުނުގެރައްޔިތުނަށް ފުރުސަތުދިނުމަށްޓަކާ ގޭން ކޮޗިން ދަތުރުތައް ނުފައްޓަންވީ.؟ ސްރީލަންކަން ގެއްލުންނުވެ ދަތުރުކުރާއިރު މޯލްޑިވިއަންއަށް ގެއްލުންވަނީކީއްވެ.
ޑމޑ ޖެނީ
02 February 2023
ޑޭޝް 8 ދަނީ ހަނިމާދޫ ޓްރިވެންޑަރަމް، އެއަރބަސް ދަނީ މާލެއިން ކޮޗިންނައް، މާލެ ޓިރިވެންޑަރަމް، އެއަރބަސް އެންމެ ބޯޓެއް އޮތީ، މިހާރު ކުރާދަތުރު ތަކުގެ އިތުތުރުން ދަތުރެއް އަޅާނެ ޖާގައެއް ނެތް އިގޭތޯ
ވައްތީނި
01 February 2023
ރޭގަނޑު ކުރާމަސައްކަތަކަށް މީކޮންކަމެއްތޯ… ކޮންމެވެސް ގޭސްގަނޑެއް
އެނީ
01 February 2023
ވައްތީންޏަށް އަދި ނުވިސްނެނީ ހިގަ ހިގާ ހުންނަ އެއާޕޯޓްގައި މަސައްކަތްކުރާގޮތް.