ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ފުލުހުން އަތުލައިގަންނަނީ.-- ފޮޓޯ: މިހާރު
09 ފެބުރުއަރީ 2023 - 15:45
ވައިގެ މަގުން ރާއްޖެއަށް ޑްރަގްސް އެތެރެކުރުމުގެ މައްސަލަތަކުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 35 މީހަކު ހައްޔަރުކުރިޔަސް ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރަމުން ދަނީ މަދު ބައެއް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 35 މީހުން ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު، އޭގެ ތެރެއިން މައްސަލަ ނިމި ކުށް ސާބިތުވެފައިވަނީ އަށް މީހެއްގެ މައްޗަށެވެ.
ބާކީ 27 މީހުން ތިބީ ޝަރީއަތް ނިމެންދެން ރިމާންޑު ބަންދެއްގަ އެވެ. އެނގިފައިވާ ގޮތުގައި، ބަންދުގައި ތިބި މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ވެސް އެބަތިއްބެވެ.
ވައިގެ މަގުން ޑްރަގް ގެންނަ މީހުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ ހޫނުވީ، ގަތަރުގެ ދޯހާއިން މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި 23 އަހަރުގެ އަންހެނެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން ވެސް އެ މީހާ ހައްޔަރު ނުކޮށް، މަސްތުވާތަކެތި އަތުލުމަށްފަހު އަނބުރާ ފޮނުވާލުމުންނެވެ.
ޑްރަގް އަތުލާފައި މި ފޮނުވާލަނީ ކޮންބައެއް؟ https://t.co/5VxxuW1yyT
— Mihaaru (@Mihaarunews) February 9, 2023
އެއް ބަޔަކު ދެކޭ ގޮތުގައި މަސްތުވާތަކެތި އަތުލުމަށްފަހު މީހާ ފޮނުވާލުމަކީ އެކަން ކުރަން ދެވޭ ހިތްވަރެކެވެ.
ކަސްޓަމްސް އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ 6.5 މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކުރި އަންހެން މީހާ ފޮނުވާލީ "ވައިގެ މަގުން ދިވެހި ރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދު"އާ އެއްގޮތަށް ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާ އެކު ކަމަށެވެ.
އެގޮތަށް އަމަލުކުރުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް އޮވެ އެވެ. ނަމަވެސް ކޮންޓްރޯލާގެ އެ ނިންމުމާ މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިޔަސް އެ މައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޖެނުއަރީ 26، 2023ގައި ހަދާފައިވާ ގަވައިދުގައި ބުނީ ވައިގެ މަގުން ބިދޭސީއަކަށް ރާއްޖެއަށް އެތެރެވިޔަ ނުދީ ހިފެހެއްޓޭ ހާލަތުގައި ދެ ގޮތަކުން ކުރެ ގޮތަކަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި އެ މީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގުކުރުމަށާއި ހައްޔަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމާއި އެ މީހަކު ރާއްޖެ އައި އެއާލައިނަކާ މަޝްވަރާކޮށްގެން އެ މީހާ އަނބުރާ ފޮނުވާލުން ހިމެނެ އެވެ.
އޭގެ އިތުރުން، މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރާ މީހަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ދޭއިރު، އެ މައްސަލަ ސާބިތުކުރަން އެކަށީގެންވާ ހެކި ލިބެން ހުރިތޯ އަދި އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ހިނގާނެ ހަރަދަށް ރިއާޔަތްކުރަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެގެ ދަރި
10 February 2023
އެގޮތަށް އަމަލުކުރުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް އޮވެއެވެ. ނަމަވެސް ކޮންޓްރޯލާގެ އެ ނިންމުމާ މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިޔަސް އެ މައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ." ޑީޕޯރޓް ކުރާއިރު ކީއްކުރަންތަ ތަކެތި އަތުލާފަ ފޮނުވާލަނީ. ތަކެތި ހިފަފައްޓާފައި މީހާ ފޮނުވާލަން ޤާނޫނު އަމުރު ކުރޭބާ. ނުކުރާނަމ ތަކެއްޗއެކި ޑީޕޯރޓް ކޮށްލަންވީނު. މިތަނުން ޚަރަދުކޮށް ބަލަހައްޓަން ޖަލަށް ލާނެ ލާނެއްނެތް. އައިތާކަށް ފޮނުވާލަންވީ.
ގުނަންްް
09 February 2023
މަސްތުވާ ތަކެއްޗާއެކީ އޭނަ ރާއްޖެ އެތެރެނުކޮށް ފޮނުވިނަމ..
ބޮޑުމީހާ
09 February 2023
މިގައުމުގައި މިހިރަ މައްސަލަތަކަކީ ބަޔަަކަށް ހައްލުނުކުރެވޭނެ ކަންކަމެއް ނޫން. ގަސްތުގައި ނުކުރަނީ. ޑްރަގަކަސް، ބިދޭސީއަކަސް، ފްލެޓަކަސް މިިހިރަ ކަންތައްތަކަކީ ކުރަން ބޭނުންނަމަ ފަސޭހައިން ކުރެވިދާނެ ކަންތައްތައް. ހުރިހާވެސް މައްސަަލައަކީ މިކަހަލަ ވެރިންގެ ފަހަތުގަ އެތައް ދިވެހިންނެއް ތިބޭކަން. އެންމެ ފަހުން އިންތިހާބުގަ ވެސް 66 އިންސައްތަ ލިބުނު
ކޮރަލް
09 February 2023
އެމީހުންވެސް ރަށައްދާން ބޭނުން ވާނެ ހެނެއް ހިއެއް ނުވެ އެވެ، ކުއްވެރީންނަށް ސަރުކާރުން މަހަކު 15 ހާސް އެބަހަރަދު ކުރެ އެވެ. މާބުރަ މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. ހިލޭ ބޭސް ފަރުވާ ލިބެ އެވެ. އަނެއްހެން ބުނާނަމަ އެމީހުންނަށް ޗުއްޓީ އެކެވެ.
ސަސި
09 February 2023
ކުޅަދާނަ މޮޅު ޕީޖީއެއްގެ މޮޅުކަން. ޝުކުރިއްޔާ ގައުމު