ކަސްޓަމްސްގެ ކޮމިޝަނާ ޝަރީފް: ޑްރަގް ހުރި ފޮށްޓެއް އެއާޕޯޓުން ގެއްލުނު ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރެއްވި --- ފޮޓޯ/މިހާރު
09 ފެބުރުއަރީ 2023 - 21:02
ރާއްޖެއަށް މީހަކު ގެނައި 30 ކިލޯ ހުރި ޑްރަގް ފޮށްޓެއް ނުގެއްލޭ ކަމަށާއި ޝައްކުވީ އެ މީހާ އިތުރު ފޮށްޓެއް ގެނައި ކަމާ މެދު ކަމަށް ކޮމިޝަނަރު އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މިދިޔަ މަހު ރާއްޖެ ގެނައި ޑްރަގް ހުރި ދެ ފޮށްޓެއް ގެއްލުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުންނެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ފޮށި ގެއްލުނު ކަމަށް ބެލެވުނީ ޕާކިސްތާނު މީހަކު ރާއްޖެ އައުމުން އޭނާގެ ފޯނުން ފެނުނު ފޮޓޯއަކުން އިތުރު ފޮށްޓެއް އޭނާ ގެނައި ކަމަށް ބެލެވުމުން ކަމަށެވެ. އެކަމަކު އޭނާ ޗެކްކުރީ ރެންޑަމް އުސޫލުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ފުރަތަމަ އޭނާ ފެނުނުއިރު ވެސް އިތުރު ފޮށްޓެއް އޭނާ އަތަކު ނެތް. ހޭންޑް ލަގެޖް ހިފައިގެން ދަނިކޮށް ފެނުނީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު ފޮށްޓެއް ނުގެންނަ ކަމަށް ބިދޭސީ މީހާ ބުނުމުން އެއާޕޯޓްގެ އިތުރު ސަރަހައްދުތައް ވެސް ބަލައިގެން، ފޮޓޯގައި ހުރި ފޮށި ފެނޭތޯ ބެލުމުން ވެސް ނުފެނުނު ކަމަށެވެ. އަދި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއްގެ އޭނާގެ ހަށިގަނޑުން ނުވަތަ ހޭންޑް ބޭގުން ފެނިފައިނުވާ ކަމަށް ވިދާޅުވި އެވެ.
"ޗެކްކޮށްފައި، މުޅި ފްލައިޓުގެ ހުރިހާ ލަގެޖެއް ހުސްވެގެން ދިޔައިރު ވެސް އެ ލަގެޖެއް ނުފެނޭ،" ޝަރީފް ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެ މީހާ ފޮށްޓެއް ގެނައި ކަމަށް ބެލެވުމަކީ އެ ފޮށީގައި މަސްތުވާތަކެތި ހުރީ ކަމަށް ނިންމޭނެ ކަމެއް ނޫނެވެ. އަދި މުޅި އެއާޕޯޓުން ވެސް ފެނިފައިނުވާ ފޮށްޓެއް ގެއްލޭނީ ކިހިނެތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"މިސާލަކަށް 30 ކިލޯގެ ފޮށްޓެއް މީހަކު ޗެކްއިން ކުރުމަކީ 30 ކިލޯ ޑްރަގް ހުންނަންޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެން ބަލައިގެން ނުވާނެ އޭގައި ހުންނާނީ ހަމައެކަނި ޑްރަގޭ. އެހެންވީމަ 30 ކިލޯއޭ ބުނާނީ ކިހިނެތް ހެއްޔޭ އަދި ނުފެންނަ އެއްޗެއް ގެއްލޭނީ ވެސް ކިހިނެތް ހެއްޔޭ." ޝަރީފް ވިދާޅުވި އެވެ.
ޕޮލިހުން ބައްލަވަންޖެހޭ ކަންތައްތައް ބައްލަވާފައި އިތުރު ކަންތައްތަކެއް އޭނާގެ ފަރާތުން ފާހަގަވާން ނެތީމާ ޕޮލިހުން އަޅުގަނޑުމެންނަށް ގުޅާފައި ދެންނެވި ކިހިނެއް ހެއްޔޭ މީނައަށް ހަދަންވީ މި ކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވިއޭ،"--- ޝަރީފް
ޝަރީފް ވިދާޅުވީ އެ މީހާ ފުލުހުންނާ ހަވާލުކުރީ ޝައްކުވާ ކަންތައްތަކެއް ހުރެދާނެތީ ކަމަށެވެ. އެކަމަކު ފުލުހުން ވެސް އިތުރަށް ބެލުމަށްފަހު އޭނާއާ މެދު ޝައްކުވާ ކަމެއް ނެތް ނުވަތަ އިތުރު ބަޔަކާ ގުޅުމެއް އޮތް ކަން ފާހަގަނުވާ ކަމަށް ފުލުހުން އެންގި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ޕޮލިހުން ބައްލަވަންޖެހޭ ކަންތައްތައް ބައްލަވާފައި އިތުރު ކަންތައްތަކެއް އޭނާގެ ފަރާތުން ފާހަގަވާން ނެތީމާ ޕޮލިހުން އަޅުގަނޑުމެންނަށް ގުޅާފައި ދެންނެވި ކިހިނެއް ހެއްޔޭ މީނައަށް ހަދަންވީ މި ކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވިއޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އަންނަ ހުރިހާ ޕަސިންޖަރުންނެއް އެންމެ ފުރިހަމައަށް ޗެކް ކުރެވޭނެ އެއްވެސް އެއާޕޯޓެއް ނުހުންނާނެ އެވެ. އެކަމަކު މަސްތުވާއެއްޗެއް ކަސްޓަމްސްއަށް ފެނުމަށްފަހު އެ ތަކެތި ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން ދެން ފެނުމަށް ފަހު ނުގެއްލޭނެކަން. އެއީކީ ވާނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި ކެމެރާ ނެތުމުގެ މައްސަލަ އެބައޮތް ކަމަށެވެ. އެކަން ހައްލުކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞބަަ
11 February 2023
އަދި ދޭހަ ނުވި ތިބުނި އެއްޗެއް. 30 ކިލޯގެ ފޮއްޓެއްގެ ފޮޓޯ ފެނުނު އޭނަގެ ފޯނުން. މުޅިއެއައަރޕޯޓް ބެލީ އެފޮށި ފެނޭތޯ. ފްލައިޓްއަށް އަރުވާ ހުރިހާ ދާގީނާއަކީ ނޯޓްކުރެވިގެން ބަރުދަން ބެލިގެން އަރުވާ އެއްޗެއް. މިބުނި ފްލައިޓް ޑޮކިއުމަންޓްގަ އެފޮށީގެ ވާހަކަނެތްނަމަ އެހޯދަން އެއަރޕޯޓް ހޯދަންޖެހޭ ސަބަބެއްނެތް. ފްލައިޓް ޑޮކިއުމަންޓްގަ އެފޮށީގެ ވާހަކަ އޮވެ, ފްލައިޓަށް ނާރުވާނަމަ ތިއީ އަދި މާސީރިއަސް ކޮށް ބަލަންޖެހޭ މައްސަލައެއް.
އެމްސް
12 February 2023
ފޮޓޯއިން ފޮށީގެ ބަރުދަން ދަނެގަނެވޭ ޓެކްނޮލޮޖީ ކަސްޓަމްގަ ހުރީ؟
މެސީ1
11 February 2023
ތިބުނާ ފަށާއިރު ޕްރޮގްރާމްގަ އާމިރު ތިފޮއްޓާ ބެހޭގޮތުން ސުވާލު ކުރީމާ ކަސްޓަމް ބުރާންތި ބުނީ ދުނިޔޭގެ އެއްވެސް ގައުމަކު މުޅި އެއާރޕޯޓް ކަވަ ކުރާ ގޮތައް ކެމެރާ ހަރުކޮއްފަ ނުހުރެޔޯ، ރިއެއްކްޓް ނުކޮއް ހުރި ނަމަ، ތިބޭޒާރެއް ނުވެސް ވީހޭ
ޖުާހާ
11 February 2023
އެތިކޮޅު ހިފައިގެްން އައީ ރައްޓޭއްސެއްތަ މިފަހަރު
ސަސް.
10 February 2023
ނުފެންނަ ތާކިހާލެއްގެންގުޅޭ ބައެއްތަމީ
އުއާއެ
10 February 2023
سبحان الله
ވިކުރާމު
10 February 2023
މިދުވަސްކޮޅު ބޮއެގެން އުޅޭމީހުން އެހާގިނައީ ކީއްވެބާ
ނަލަ
10 February 2023
ކުރިންބުނިއެތި ކެންސަލު
ޖުމާ
10 February 2023
ސަރުކާރުން ހުއްޓުވަންނޫޅޭތީ ނުހުއްޓުވިގެން އުޅެނީ.100 ކިލޯގެ މަސްތުވާތަކެތި ފެނުނީމަ ހެކިނެތިގެންދޫކުރަންޏާ އަރަތެއްތާ.އުންސުރެއް ބުންސުރެއް ހަމަނުވެގެން ދުކޮށްލުން އެއީ ސީދާ ރާވާއިގެން ހިންގާ ޖަރީމާ އެއް.
ފޯމިއުލާ
10 February 2023
މުޅި ދައުލަތް ކޮޜޮޕްޓް ކޮއްފަ ރައްޔިތުން ހާލުގަ ޖައްސާފަ ވެރިކަން ތާއަބަދަށް ދެމިހެއްޓިދާނެ ކަމަށް ގެންގުޅޭ ފޯމިއުލާ އަކީ މިޒަމާނަށް ނުފެތޭ އަދި ރައްތިތުންވެސް ގަބޫލު ނުކުރާ ފޯމިއުލާ އެއް.
ޖޭމް
10 February 2023
މުޅި ރާއްޖޭގައި ޑުރަގު. މިއައްވުރެ ފާޅުކަން ބޮޑު ގޮތުގައި މިނިވަންކަމާއި އެކު ޑުރަގުގެ ކަންތައް ބޮޑު ޒަމާނެއް ރާއްޖެއަކު ނާދޭ. ވީމާ ޑުރަގުގެ ކަންކަމުގައި ސަރުކާރުން ދައްކާ ދެއުޅި އެއްނުވާ ވާހަކަތައް ރައްޔިތުން ގަބޫލެއް ނުކުރޭ. ރައްޔިތުން ކުރާ ސުވާލަކީ ޑުރަގު ވިޔަފާރި އާ ސަރުކާރާ އެކައްޗެއްތޯ؟