މަގުމަތީގައި ބަޔަކު ޑްރަގުގެ ވިޔަފާރިކުރަނީ: މިހާ ފާޅުކޮށް މިކަން ކުރާއިރު ވެސް ފިޔަވަޅު ނާޅާތީ އާއްމުން ދަނީ ކަންބޮޑުވުންފާޅުކުރަމުން.
10 ފެބުރުއަރީ 2023 - 20:45
މާލޭގެ މަގުމަތީގައި ވަރަށް ފާޅުގައި ބަޔަކު ޑްރަގް ވިއްކާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އިމާރާތެއްގެ މަތިން ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ ސައިކަލެއްގެ މަތީގައި އިން ޒުވާން ފިރިހެނަކު ބަޔަކަށް ޑްރަގް ވިއްކާ މަންޒަރެވެ. ސަތޭކަ ރުފިޔާ ދިއްކޮށްލުމުން ޕެކެޓެއް ނަގާފައި އެމީހުންނަށް ދޭ މަންޒަރު ވެސް ވީޑިއޯގައި ފެނެ އެވެ.
އާންމުވެފައިވާ 40 ސިކުންތުގެ ވީޑިއޯގައި ފެންނަ ގޮތުގައި އޭނާގެ ކައިރީގައި އެހެން ސައިކަލެއްގައި އިން މީހަކު 100 ރުފިޔާ ދިއްކޮށްލުމުން އަތަށް އެއްޗެއްދޭ މަންޒަރު ފެނެ އެވެ. އިތުރު ދެ މީހަކު ވެސް އެތަނަށް ފައިސާ ހިފައިގެން އައުމުން އެ މީހުންނަށް ވެސް ޕެކެޓުތައް ދޭ މަންޒަރު ފެނެ އެވެ.
ދުވާލު ވަގުތުގައި މަގުމަތީގައި އެހާ ފާޅުކަން ބޮޑުގޮތެއްގައި ޑްރަގު ވިޔަފާރި ކުރާތީ އާއްމުން ވަނީ ފުލުހުންނަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ. އަލަށް އުފައްދައިގެން އުޅޭ "އަވަށްޓެރި ފުލުހުން ކޮބާތޯ" ވެސް ސުވާލު އުފައްދައިފައިވެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ޑްރަގު ވިޔަފާރިކުރުން ވަރަށް އާއްމެވެ. ދޭތެރެއަކުން ފުލުހުން ގޮސް އެފަދަ ސަރަހައްދުތައް ބަލައި ފާސްކޮށް ބަޔަކު ގެންދިޔަސް ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެ ވިޔަފާރި ފުޅާކުރެ އެވެ.
ޑްރަގްގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު އެ ވިޔަފާރީގައި އުޅޭ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދީ ދޫކޮށްލާފައި ތިބޭތީ އާންމުން އަބަދުވެސް ޝަކުވާ ކުރެ އެވެ. ވީޑިއޯއަށް ކޮށްފައިވާ ކޮމެންޓްތަކުން ވެސް އެނގޭ ގޮތުގައި ކަންކަންމަތީގައި ތިބެގެން ޑްރަގްގެ ވިޔަފާރިކުރާ މަންޒަރު މިފަހުން މާލެއިން ވަރަށް އާންމުކޮށް ފެނެ އެވެ. އެކަމަކު މައްސަލައަކީ ފުލުހުން ފިޔަވަޅު ނާޅައި ތިބުން ކަމަށް ކޮމެންޓްކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނާ
12 February 2023
އަނެކާ އަށް އިނގިލި ދިއްނުކޮށް ތިމާގެ ވާޖިބު ތިމާ އަދާކޮށްގެން މައްސަލަ ހައްލުވާނީ މައިންބަފައިން - އިސްލާމީ ރީވެތި އުސޫލުތަކުން ދަރިން ތަރުބިއްޔަތުކުރުން ރައްޔިތު މީހާ - ފެނުނީމަ ރިޕޯޓް ކުރުން މަޖިލިސް - ކުށްކުރާ މީހާ ހިފާ ހައްޔަރުކޮށް އަދަބު ދެވޭނެފަދަ ޤާނޫނުތައް ފާސްކުރުން ސަރުކާރު - ޕޮލިހުން ހަރުދަނާކޮށް ޕޮލިހުންގެ ތެރޭގައި ތިބި ކުށްތަކަށް ހިތްވަރުދޭ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ކޯޓު - ހެއްދެވި ފަރާތްމަތިން ހަނދާންކޮށް ހުކުމް ކުރުން
ޯޮކޮބާ
11 February 2023
ޑުރަގު ބޯޓުތައް ހިފަހައްޓަން ބޭތިއްބި އނޑޔ ސިފައިން ކޮބާބާ.
ހިންތާ
11 February 2023
ކޮންމެ ގޯޅިއެއްގަ ފުލުހަކަށް ނުހުރެވޭނެ. މިފަދަ ކަންކަން ގޭ ކައިރީގަ ހިނގާކަން އެނގޭ މީހުންވެސް މިތަނުގަ އެބަ ކޮމެންޓްކުރޭ. އެކަމު އެފަދަ މަސައްކަތުގަ އުޅޭ ކުދިންނަށް ނަސޭހަތެއް ދޭނެ މީހަކު ނުވޭ. ކޮންމެ މީހަކުވެސް ތިމާގެ ދަރިއަކު އެފަދަ މީހެއްގެ އަތުން އެތިކޮޅެއް ހޯދަފާނެކަމަށް ވިސްނައިގެން އެފަދަ ކަންކަން ހުއްޓުވަން އިހްލާސްތެރިކަމާއެކު އުޅެންވީ. އެހެން ބަޔަކަށް ގެއްލުން ލިބުނަސް އަޅާނުލާ ގޮތަށް އެންމެން ތިބެންވެއްޖެނަމަ ކަމެއް ހައްލެއްނުވާނެ.
ހަސަންދީ
11 February 2023
ފެންނަ ވީޑިޔޯއިން ވިއްކަނީ ޑުރަގުކަމަށް ނިންމޭނެ ގޮތަކީ ކޮބާ؟ ސައިކަލް މަތީގައި ހުރި މީހާ އަމިއްލަ އިޢްތިރާފުން އޭނާ ވިއްކީ ޑުރަގުކަމަށް އެއްބަސް ނުވާނަމަ އެޑުރަގުކަމައް ބުނެވޭނެ ޤާނޫނީ ގޮތެއްނެތް، ކުރެވެނީ ތުހުމަތެއް...
ޣގޖބވ
11 February 2023
ރަނގަޅު. އެއީ ކުށުން ސަލާމަތްވާ ދިފާއުތައް.
ަޒަމްޒަމް
11 February 2023
އާދައިގެ އިންސާނެއް ވިސްނުމުން ވިސްނާލަ ބަލަ.
ސައިޚް
11 February 2023
ޑްރަގު ވިއްކުން، ޑްރަގޫ އިންޖެކްޓް ކުރުން، ޑްރަގު ބޮއެގެން ދެމިފަ ތިބުން، ވާނުވާނޭންގޭ ހާލަތުގަ މަގުމަތީ ދެމުން، މީ ގައުމުގެ ހާލަތު، މިގައުމެއްނޫން، މީ ފެއިލްވެފަ އޮތް ގާނޫނު ނުހިނގާ ތަނެއް، މޮޅުވާހަކަ ދައްކާ ވެރިން އުޅޭ، ގާނޫނު ނުހިނގާ، ގަވާއިދެއް ނެންގޭ ބައަކު އުޅޭ ތަނެއް. ގައުމު މިއޮތީ ރީތިކޮއް ފެއިލްވެފަ،
ފަޚުރިއްޔާ
11 February 2023
ޤައުމުގެ އިޖުތިމާޢީ ފޭރާން ވިދި ހަސްފަށް ނެތް މިންވަރު މި ފެންނަނީ ހުންގާނުގަ ހުރި މީހާ މުއްދަތު ހަމަވަނީއޭ ކިޔާފަ ދާނެ ދިމާއަކަށް ދާން ހަމަ ހުރެގެން ނުވާނެ ކޮންމެ ދުވަހަކީވެސް ބައިތުލްމާލުން މުސާރަދޭ ދުވަހެއް
ޒީނާ
11 February 2023
ޕޮލިސް ކޮމިޝަނަރ ހަމީދު އަށް އެބޭފުޅާގެ ޒިއްމާ އަދާ ކުރެވޭތޯ ؟
ބޮޑުމީހާ
11 February 2023
މަގުމަތީގަ ޑްރަގް ވިއްކާ މީހުން ވިއްކަނީ، މަސާޖު ޕާލާ ހިންގާ މީހުން އެކަމުގަ އަވަދިނެތި، ބިދޭސީން ހުރިހާ ވިޔަފާރިތައް ހިސާރުކޮށްފި، ދެމެފިރިން ހޭބޯނާރާ ދުވާލު ހަތަރުދަމު މަސައްކަތްކުރާ އެއްޗަކުން ކިރިޔާ ކުއްޔާ ބިލް ދެއްކެނީ. ވެރިން ކޮރަޕްޝަން ހިންގުމާއި އަޗާތެޅުމުގަ. މިވަރުންވެސް ވޯޓަކާއި ޖެހުނީމަ ބަރާބަރަށް ވޯޓް ލިބޭ. އެންމެ ފަހުންވެސް 66 އިންސައްތަ ހޯދި. ގައުމު އިސްލާހުވާނީ މީހުން އިސްލާހުވެގެން، ނާގާބިލު ސިޔާސީ މީހުންނަށް ނޯ ބުނަންޖެހޭ
ތިމީހާ
11 February 2023
ނ.މަނަދޫގާ ތިޔަ ވިޔަފާރި އެންމެ ފުޅާކޮށް ކުރަނީ ފުލުހެއް ކުރިން މަނަދޫ ޕޮލިހުގެ އިންޗާޖަކަށް ހުރެފަ ފަހުން ނައިފަރަށް ބަދަލުކުރުމުން ނައިފަރުންވެސް އެތަކެތި މަނަދޫއަށް ގެންނަނީ އެމީހާ،ދެންކިހިނެތް ހުއްޓާނީ
ޒޮންބީލޭންޑް
11 February 2023
މިރިޔާސް މަގާ ޔާގޫތު ގޯޅި ކަންމަތީވެސް ތިޕެކެޓުތައް ފާޅުގަ ރެޔާ ދުވާލު އެއޮށްގެން ވިއްކަނީ!