ސީޕީ ވިދާޅުވީ، ފުލުހުންގެ އެ ތަހުގީގު ނިންމާލާނީ ރާއްޖޭގައި އުފެދިފައިވާ ގްރޫޕްތަކާއި ނެޓްވޯކްތަކުގެ ބޮޑުންގެ މައްޗަށް ތަހުގީގު ހިންގައި މުދާތައް ދައުލަތަށް ނަގާފައި ކަަމަށް.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަ ދައްކަވަނީ.--
25 އެޕްރީލް 2025 - 15:59
މާލެ އަށް ނިސްބަތްވާ ނަން މަޝްހޫރު ގްރޫޕަކުން ފައިސާގެ މުއާމަލާތުތައް ހިންގާފައިވާ ގޮތުގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ސީޕީ ވިދާޅުވީ އަހަރެއްހާ ދުވަސް ހޭދަވި އެ ތަހުގީގުގައި ވަނީ މާލޭގެ ނަން މަޝްހޫރު ގްރޫޕެއްގެ މީހުން އުޅޭ ތަންތަން ބަލައިފާސްކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއީ 11 މީހުން ހިމެނޭ އެ ނެޓްވޯކުގައި 64 މިލިއަން ރުފިޔާ ދައުރުކުރި ބެލުމަށް ހިންގި ތަހުގީގެކެވެ.
ތަހުގީގުން ލިބުނު މައުލޫމާތުގެ އަލީގައި ސީޕީ ޝުޖާއު ވިދާޅުވީ އެ 11 މީހުންގެ އެކައުންޓުތަކުގައި ދައުރުކޮށްފައިވާ ފައިސާގެ ބޮޑު ބަޔަކީ ކުށް ކޮށްގެން ހޯދި ފައިސާ ކަމަށެެވެ.
ޝުޖާއު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ މީހުންގެ މުދަލެއް ވާ ނަމަ އެ ތަކެތި ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީ އޮފީހުގައި އެދޭނެ ކަމަށެެވެ.
"ހިންގުނު ތަހުގީގުގައި ދައުރުވެފައިވާ ފައިސާގެ ބޮޑު ބައެއް އެއީ ކުށް ކޮށްގެން ހޯދި ފައިސާކަން ވަނީ ދެނެގަނެވިފައި. މި މައްސަލަ ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި މި މައްސަލައިގައި ހިމެނޭ މީހުންގެ މުދަލެއް ވާ ނަމަ، ދައުލަތަށް އެ މުދާތައް ނަގައިދޭން އެދޭނަން،" ސީޕީ ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރުން ޝުޖާއު ވިދާޅުވި ގޮތުގައި ފުވައްމުލަކުން ވެސް މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ވަނީ އަތުލައިގެންފަ އެވެ.
އޭނާ ވިދާޅުވީ 112 މީހުންގެ އެ ނެޓްވޯކް ހޯދައި އެ ތަހުގީގުކުރުމަށް ފަހު 121 މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ނެޓްވޯކުގެ ތެރެއިން މުއްސަނދިކަން ލިބުނު ދެ މީހެއްގެ މައްސަލަ ވެސް ޕީޖީއަށް ފޮނުވައި ދައުވާކޮށްދޭން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.
އެމީހުން ވެސް ކުށްކޮށްގެން ހޯދި އަގު ބޮޑެތި މުދާތައް ދައުލަތަށް ނަގައިދޭން އެދިފައިވާކަން ސީޕީ ފާހަގަކުރެއްވި އެެވެ.
އެ ނެޓްވޯކުން ވަނީ ފަސް އަހަރުގެ ތެރޭގައި 60 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފަ އެވެ. އެ ތަހުގީގުގެ ތެރެއިން ވެސް 42 މީހެއްގެ ބޭންކު ސްޓޭޓްމަންޓްތައް ހޯދައި ދައުރުވާ ފައިސާއާ ގުޅޭ މައުލޫމާތު ހޯދުމަށް ދިރާސާކޮށްފައިވާ ކަމަށާއި އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވަނީ އެ ދެ މައްސަލަ ވެސް ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ޝުކުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ކޭސް އިން ލިބޭ ޔަގީންކަމަކީ މިހާރު ނެޓްވޯކްތަކުގައި ހަރަކާތްތެރިކޮށް ނޫޅުނު ނަމަވެސް އެފަދަ މީހުންނަށް ލިބިފައިވާ މުއްސަނދިކަމަކީ އެ ނެޓްވޯކުތަކުގައި އުޅުނު ދުވަސްވަރު ލިބުނު މުއްސަނދިކަންތޯ ތަހުގީގުކުރެވޭނެ ކަން ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުންގެ އެ ތަހުގީގު ނިންމާލާނީ ރާއްޖޭގައި އުފެދިފައިވާ ގްރޫޕްތަކާއި ނެޓްވޯކްތަކުގެ ބޮޑުންގެ މައްޗަށް ތަހުގީގު ހިންގައި މުދާތައް ދައުލަތަށް ނަގައިފަ އެވެ.
"އެ މީސް މީހުން ކުށް ކޮށްގެން ހޯދފައިވާ މުދާތައް ދައުލަތަށް ނަގާފައި. މިކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އާއި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ޝުޖާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވިސްނާނެބާ
26 April 2025
ބޮޑުންނާއި ގުޅުންއޮތް މިންވަރުގެ ބޮޑުކަމުން ތިފަދަ މައްސަލަތައް އިޚްލާސްތެރިކަމާއިއެކު ކުރިއަށް ގެންދެވިދާނެ ކަމާއިމެދު ނުވިސްނާނެ މީހަކު ހުންނާނެބާ!
ބަބްސް
26 April 2025
92 އަހަރު ފުރުނު ޖަލްސާގައި " ވަރަށް އަވަހަށް ޑްރަގު ނެޓްވޯކެއްގައި 64 މިލިއަން ރުފިޔާ ދައުރުކުރި ގޮތުގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވަން އުޅޭ ވާހަކަ " ބުނަން އޮތީމަ ތިމުއައްސަސާ ފެންވަރު އިންގޭ. އަންނަ ސަރުކާރުތަށް ވަނީ ދިވެހިން ނިކަމެތި ކޮއްފަ. ހުރިހާ މުއައްސަސާ އެއް ބަރުހެލިވެފަ ، ލިބޭ ބޮޑު މުސާރައިގެ ބޭނުމުގައި އުޅެނީ.
ހަލާލް ވައްކަން، ހަރާން ހުކުން!
26 April 2025
ކުރީ އެއްވެސް ސަރުކާރެއްގަ މީހަކު ވައްކަމެއް ކުރިތަ؟
ނެޕޮ ޑުރަގު ކޭސް
26 April 2025
މަބުނީ. ތިވަރުގެ ތަހުގީގެއް ކުރާއިރު ރައްޔިތުންނާ އެއީ ކޮން ބައެއްކަން ހިއްސާ ނުކުރެވެނީ އެވެސް މަތީ ފަޑިއާ ގުޅިފަ ތިބި ބަޔަކަށް ވާތީހޭ؟
ގޮނުއަނގަ
26 April 2025
"އެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ." އަނެއްކާ މޫސުން ބަދަލުވެ ވިއްސާރައިގެ ކުލަވަރު ގަދަވީމާ މާވިއްސާރަ ހަދާ ވާހަކަ އާކޮށްލަދިނީ ކުރީގެ މޫސުމުގެ މަތިން ހަނދާން ނެތޭނެތީތޯ ނޫސްތަކަށް ސުރުޚީދެއްވީ.
ދޮގު ދޮލަގު
25 April 2025
ބޮޑު ސޯބު ކައިރިން ދޮގު ހެދުމާ އޮޅުވާލުން ދަސްކޮއްފަ ޕޮލިސް ސޯބުތައް ވެސް ތިބީ
ކޭސް
26 April 2025
ޕޮލިސް ސޯބު ތަކަކީ ވަރަށް އަވަހައް ކޮޅު ކޮޅައް ލާ ހޫރޭ އެއްވެސް ހަރުދަނާ ކަމެއް ނެތް ބައެއް. ކޭސް ތަކުގައި ދެ ދުވަހު އެކައްޗެއް ވެސް ނުކިޔާނެ
ފުކެއް ބޮޑުވަރު
25 April 2025
މަނިކުފާނުމެނައް ލިބިފަ ހުރި ނުހައްގު މުއްސަނދިކަބްވެސް ބަލާލަން އެބަޖެހޭނޫންތޯ. ނުފޫޒެއް ނުފޯރުވަމޭކިޔާފަ ލައިވްގަ އިންދަ ގުޅާފަ އޭތި ސިއްރު މީތި ސައްރު ކީމާ އެބައެނގޭ ތީ ވަކިބަޔަކު ކުޅިބައި އަތުރާފަ އޮތް މައިދާނެއްކަން، ތިޔަތާކު މިހާރަކުނެތް އިތުބާރެއް، ޑރ ގެ އުނދުޅި ނުބާނާ އެއްވެސް މުއައްސަސާއެއްނެތް މިހާރަކު. ނުފޫޒަކީ ކޯޗެއްކަން އޮޅޭއެބަ މިހާރު. ސަލާމް
ވެއްޓިދާނެ ވެއްޓިދާނެ
25 April 2025
ތިބުނާ ނެޓްވޯކު ތަކުގެ ނަމެއް ބުނެލަބަލަ.
ފުކެއް ބޮޑުވަރު
25 April 2025
ތިޔަކަންކަން މިގައުމުގަ އާންމުވެގެން އުޅެނީ ފުލުހުންނާއި ފަނޑިޔާރުންނައް ބައިއެޅިގެން ހިނގާކަންމައްވީމަ، ބައިލިބެންޏާ އެމީހަކު ދޫވާނެގޮތައް ހެކި ހުށަހަޅަނީ، ލައިވްގަ އިންދާ ވަޒީރު ގުޅާފަ އޭތި ސިއްރު މީތި ސިއްރު ކީމަވެސް ވަރައް ސާފުވޭ ތީ ކިހާވަރެއްގެ ކޮންބައެއްކަން. ތިޔަކީ ގައުމާއި ރައްޔިތުންގެ ހައްގުގަަ ތިބިބައެއް ނޫންކަން ވަރައްސާފު މިހާރުު. ކުރިން ވެސް އެނގޭ އެކަމަކު މިހާރު އިހުނައްވުރެން ފާސިދު. ވެދުން.
މަތި ޖެހުން
25 April 2025
ގައިމުވެސް މާލެ އަދި އައްޑޫގެ އެއްވެސް ގޭންގު ނެޓްވޯކެއްގެ ތަހުގީގެއް ނުހިނގާ. އެގޭތީ މިބުނީ. ތިވަރު ތަހުގީގެއް ހިންގަަފަ އޮތިއްޔާ ނިއުސް ކޮންފަރެންސެއް ދީފަ ރައްޔިތުންނަށް ހާމަ ކޮއްލަބަލަ. ޔުމުންގެ މައްސަލަ މަތި ޖަހަން ފަތުރާލި ހަބަރެއް ހެން ހާދަ ހީވެއޭ ތިޔާ
ރިއަލިޓި
25 April 2025
ދިވެހި ފުލުހަށް 92 އަހަރު ވީ އިރު ފުލުސް އޮފީހަކީ ރައްޔިތުންގެ އިތުބާރު އެންމެ ކުޑަ މުއައްސަސާ. ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތަށް މަސައްކަތްކުރާތަން ނުފެނޭ. 92 އަހަރުން ދަސްވި އެއްޗަކީ ދައުރަކަށް ވުރެ ދައުރެއް މުއައްސަސާގެ އިތުބާރު ދަނީ ފަހަތައްކަން! ގިނަ ފުލުހުންނަކީ އާއްމު ޕާސަނަލް ދިރިއުޅުމުގައި ވެސް އަހުލާގު ދަށް، އެއްވެސް ގޮތެއް ފޮތެއް ނެތް ބައެއް. މިހެން މިބުނަނީ ހިތާމައާ އެކު އެހެނަސް ލޮލައް ފެނިފަ ހުރި ކަންކަމުގެ ތަޖުރިބާއިން.