ޚަބަރު / ރާއްޖެ-އިންޑިއާ

ސަމަދާ ގުޅޭ މައުލޫމާތު އާއިލާ އަށް ދޭން ޕީޕީއެމުން ސަރުކާރަށް ގޮވާލައިފި

އިދިކޮޅުގެ އިސް އެކްޓިވިސްޓް އަބްދުއްސަމަދު: އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ އޭނާ ގެންދިޔަ ގޮތަށް އަދި އެއްވެސް ޚަބަރެއް ނުވޭ.

ޕީޕީއެމްގެ ހުޅުމާލޭގެ ގޮފީގެ ރައީސް، އަބްދުއްސަމަދު އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާ އަށް ވީ ގޮތެއް ނޭނގޭތީ އޭނާގެ މައުލޫމާތު ހޯދައި އާއިލާއާ އެ މައުލޫމާތު ހިއްސާކޮށްދޭން އެ ޕާޓީން ދިވެހި ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

...." ހަމަ އެއާއެކު އަބްދުއްސަމަދު ވީ ތަނެއް ހޯއްދަވައި ދެއްވުމަށާއި އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި އޭނާއާ ބެހޭ މައުލޫމާތު އާއިލާ އަށް ހިއްސާ ކޮށްދިނުމަށާއި މި ވަގުތު އިންޑިއާގައި މަގުމަތި ވެފައިވާ އޭނާގެ އާއިލާ އަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް މި ކޯލިޝަނުން ދިވެހި ސަރުކާރަށް ގޮވާލަމެވެ،" އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް މާ ގިނަ ވާހަކަތަކެއް ނުދައްކަ އެވެ.

މިއަދު މެންދުރު ފޮރިން މިނިސްޓްރީން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ހަމައެކަނި ބުނީ އިންޑިއާގެ ބެންގަލޫރުގައި ހުރި ދިވެއްސަކު، އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން އެ މިނިސްޓްރީން އަދި މީޑިއާ އަށް އެއްވެސް މައުލޫމާތެއް އެ މައްސަލާގައި ނުދެ އެވެ.

ޕީޕީއެމުން ބުނީ، އެ ޕާޓީގެ އިސް އެކްޓިވިސްޓް އަބްދުއްސަމަދު ބޭސް ފަރުވާ އަށް ބެންގަލޫރަށް އާއިލާއާ އެކު ކުރި ދަތުރުގައި އިންޑިއާގެ އިމިގްރޭޝަނުން އޭނާ ހިފަހައްޓާފައިވާ ކަމަށާއި އޭގެ ފަހުން އޭނާ އަށް ވީ ގޮތެއް އާއިލާ އާއި ޕާޓީ އަށް ވެސް ނޭނގޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނީ، އިއްޔެގެ ވަގުތެއްގައި އަބްދުއްސަމަދުގެ ފޭސްބުކްގައި އާންމު ކޮށްފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓްގެ މައްސަލައެއް އުޅޭ ކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރުކުރި ކަމަށެވެ. އަދި މިއަދުގެ މެންދުރު މާލެ އަށް އަންނަ ފްލައިޓުން ރާއްޖެ ފޮނުވައިލާ ކަމަށް އޭނާގެ ގާތް މީހުންގެ ފަރާތުން މައުލޫމާތު ލިބުނަސް މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ނުގެންނަ ކަމަށް އިދިކޮޅުން ބުންޏެވެ.

އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީ ނުވީއެއް ނޭނގިފައިވާއިރު، އަނބިކަބަލުންނާއި ދަރިފުޅަށް ވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ،" --- ޕީޕީއެމް

އެހެންވެ، އަބްދުއްސަމަދަށް ވީ ގޮތެއް ނޭނގިގެން އެ ކޯލިޝަނުގެ ފަރާތުން ވަނީ ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ސިޓީ ފޮނުވާފައި ކަމަށް ބަޔާނުގައިވެ އެވެ.

"އަބްދުއްސަމަދާ ބެހޭ މައުލޫމާތު އިންޑިއާގެ ސަރުކާރާ ގުޅިގެން ހޯދައި ސަމަދާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ޕާޓީއާ ހިއްސާ ކޮށްދޭން އެދިފައިވާނެ،" ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ދަރިފުޅު ބަލިވެގެން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓަ އެވެ.

"އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީ ނުވީއެއް ނޭނގިފައިވާއިރު، އަނބިކަނބަލުންނާއި ދަރިފުޅަށް ވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ،" ކަންބޮޑުވުމާއެކު ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން ބުނީ އަބްދުއްސަމަދު، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އެ ކޯލިޝަނުން ފަށާފައިވާ އިހުތިޖާޖުގައި އަޑުއުފުލަމުންދާ އެކި މީހުންނަށް އަމާޒުކޮށް އިންޑިއާގެ ސަރުކާރުން ހިންގާ "ލާއިންސާނީ" އަމަލުގެ ދަށުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ދިވެހި ރާއްޖެ އާއި ދިވެހި ރައްޔިތުން މިއަދު މި ތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާ ކަމެކެވެ. އެހެންކަމުން މިކަން މި ކޯލިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިހާރުން މިހާރަށް އަބްދުއްސަމަދު ދޫކޮށްލުމަށް އިންޑިއާ ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

ޕީޕީއެމުން ބުނީ، އިންޑިއާގެ އިމިގްރޭޝަންގެ އަމަލުތަކާ ގުޅިގެން ސަމަދުގެ އާއިލާ ވަނީ އެ ގައުމުގައި "މަގުމަތިވެފައި" ކަމަށެވެ.

48 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 15%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

15 February 2023

އިންޑިޔާ ސަރުކާރުން ކިތަންމެ ނުރުހުނަސް ވެސް، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ދިވެހިރާއްޖެ އިން ބޭލުމުގެ ހައްގު އަދި ފައިބައިގެން ދިޔުމަށް ގޮވާލުމުގެ ހައްގު ދިވެހިންނަށް އޮންނަން ވާނެ. އެއީ ދިވެހިންގެ ގާނޫނު އަސާސީ ދިވެހިންނަށް ކަށަވަރުކޮށް ދޭ ހައްގެއް. އެހެންވީ އިންޑިޔާ ސިފައިން އައުޓް، މި ގޮވާލުމުގައި ބައިވެރިވުމުގެ ހައްގު ދިވެއްސަކަށް ވީތީ، މި ދިވެހި ބިމުގައި އަހަންނަށް އޮންނަންވާނެ. އެ ކަމާ އިންޑިޔާ ސަރުކާރަށް ދެކޮޅު ހެދިގެން ނުވާނެ.

The name is already taken The name is available. Register?

1206

15 February 2023

އަޅުގަނޑު ސަމަދުބެޔަށް ގޮވާލަނީ، ކަމުގެ އިލްމު ހުރި ގާބިލު ވަކީލަކު ލައްވައި މައްސަލަ ރަނގަޅަށް ދިރާސާ ކުރުމަށްފަހު ދިވެހިރާއްޖެ ވެސް ބައިވެރިވާ ޖެނީވާ ކޮންވެންޝަނުގެ ދަށުން އެއްވެސް ކަމަކާ އިންޑިޔާ ސަރުކާރުން ޚިލާފުވެފައިވާ ނަމަ، ދިވެހިރާއްޖޭގެ ކަމާ ބެހޭ ކޯޓަކަށް އިންޑިޔާ ސަރުކާރާ ދެކޮޅަށް މައްސަލަ ވެއްދުމަށް. ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުން މައްސަލަ ބެލުމަށް ދެކޮޅު ހަދާ ނަމަ، ކަމާބެހޭ ބައިނަލްއަގްވާމީ ކޯޓަކަށް ވިޔަސް ތިޔަ މައްސަލަ ހުށަހަޅުއްވާ.

The name is already taken The name is available. Register?

ހެހެހެހެހެހެ

13 February 2023

ދައުލަތުން ތީގައި ބުނަން އޮންނާނީ ވަކި ކީކޭތަ؟ އަދި ވެސް މުޅި ގައިގަ "އިންޑިޔާ އައުޓް" ޖަހައިގެން އޮންނާށޭ ނޫންތަ ބުނަންވީ ..... .

The name is already taken The name is available. Register?

ގައުމީދޫ001

13 February 2023

ޜާއްޖޭގެ ފޮރިން މިނިސްޓަރަކީ ދިވެހި ދައުލަތައް ޚިދުމަތްކުރާ ފަރާތެއް ނޫން. ޜާއްޖެއަށް ނުވަތަ ދިވެއްސަކަށް ވާ ގެއްލުމަކަށް ނުބަލައި ބޭރު ގައުމުތަކުގެ ބޭނުންތައް ފުއްދަދޭން ހުންނަ ފަރާތެއް. ފޮރިން މިނިސްޓަރު ކިޔާތީ އޮޅެނީ ކަން ނޭނގެ. ނޫނީ ބޭރު ކަރަތަކަށް ވިކިފައި ހުންނަނި ކަމަށްވެސް ވެދާނެ !

The name is already taken The name is available. Register?

ބޮޑުމީހާ

13 February 2023

އިންޑިއާ އައުޓް މިގައުމުގަ ގޮވަނީ ހަމަތިބެފަ އިންޑިއާއި ޖައްސާލައިގެން ނޫން. މިގައުމުގެ ހުރިހާ ކަމެއްގެ ތެރެއަށް ވަދެ އިންޑިއާ ނޫން ބަޔަކަށް މިތާގަ އެއްވެސް ކަމެއް މިވެރިކަމުގަ ނެތް ކުރެވިފަ. ބްރިޖް އެމީހުންނަށް، އުތުރުތިލަފަޅު، އައްޑޫ ޕޮލިސް، އެކި ހިސާބުތަކުގަ ހެލިކޮޕްޓަރ، ހަނިމާދޫ އެއާރޕޯޓް، އައުޓްޑޯ ޖިމް، ފްލެޓް މިހެން ކިޔާނެ ކަމެއް ނެތް... މިވަރުވީމަ ހަމަބުއްދިހުރި ކޮންމެ ދިވެއްސަކުވެސް އިންޑިއާއައުޓް ގޮވާނެ. އިބޫގެ ނާތަހުޒީބުކަން މީ

The name is already taken The name is available. Register?

ހެހެހެހެހހެ

13 February 2023

ބަލަ އެއީ އިންޑިޔާގެ މައްސަލައެއް ނޫންދޯ؟ އިންޑިޔާގެ ބަޔަކަށް މިގަވްމަށް ވަދެވޭނީ ސަރުކާރުން ވެއްދީމާދޯ! އެހެންވީމާ، ކީއްވެތަ "އިބޫ އައުޓް" ޖަހާފަ އެހެން ގޮވަން ނުކެރެނީ؟

The name is already taken The name is available. Register?

އަންނާނެ ދުވަހެއް

13 February 2023

އިނގިރޭސިންގެ އަޅުވެތިކަމުގައި އިންޑިޔާއޮތްއިރު ޢިނގިރޭސިންގެ މަދަދު ލިބުނު އިންޑިޔާގެ މަހުޖަނުންނާ އިނގިރޭސިން ހިމާޔަތްދީފައިތިބި އިންޑިޔާމީހުން ފަދައިން، މިއަދު ޤައުމު އަޅުވެތިކުރާ މީހުންނާ އެމީހުންގެ މަދަދުގާރުން ދިވެހިންގެ ތެރޭގައި މިއުޅެނީ. ކީއްވެތަ މިމީހުން ދިވެހި ޤައުމުދޫކޮށްފައި އިންޑިޔާގެ ފަސްގަނޑަށް ނުދާން އެތިބީ. އިންޑިޔާ އާއި ބޭރުގެ އަޅުވެތިކަމަށް ހިތްވަރުދީ އެކަމަށް ގޮވާމީހުން ހައްޔަރުކުރާނެ ދުވަހެއް މިޤައުމުގައިވެސް އަންނާނެ.

The name is already taken The name is available. Register?

ޥަސް

13 February 2023

އިންޑިއާ އައުޓް ގޮވަނީ ވެރިކަމަށް އަންނަން މާބޮޑު ޕޮލިސީ ޑިބޭޓެއް ކުރުމުގެ ޤާބިލްކަން ޕީޕީއެމްގެ ނެތީމަ. ޕީޕީއެމްގެ އަސްލު ފިކުރަކީ އެމްޑީޕީ އާއި ދެކޮޅުވުމުގެ ފިކުރު. އިތުރު ފިކުރެއް އޭގައި ފެންނާކަށް ނެތް.

The name is already taken The name is available. Register?

ހެރީ

13 February 2023

އިންޑިއާ އައުޓް ގޮވާފަ ދެންމިދަނީ ހަމަ އިންޑިއާ އައް، އެހާރުޅިއަންނައިރު ކީއްކުރަންތަ ދަނީ އެތަނައް

The name is already taken The name is available. Register?

ނަސަސް

13 February 2023

ޕީޕީއެމް އަކީ ދުނިޔޭގެ އެއްވެސް ބައެއްގެ ކުރިމަތީގައި މަޤުބޫލު ކަމެއް ލިބިފައިވާ ޕާޓީއެއް ނޫން.

The name is already taken The name is available. Register?

ވަތަނީ ދިވެހިން.

13 February 2023

ކުރިން މަޖިލީސް މެމްބަރެއް، މިއަދު އާދައިގެ ޕީޕީއެމް މެމްބަރެއް. މާދަމާ އެމްޑީޕީ މެމްބަރުން ވެސް އިންޑިޔާ އިން މިގޮތަށް ވަގަށް ނަގާނެ އަހަރެމެން އެންމެން އެއްބައި ނުވިއްޔާ. ސިޔާސީ ވިޔަސް ކޮންމެ އެއްޗެއް ވިޔަސް ދިވެއްސަކަށް ބޭރު ގައުމަކުން ދެރައެއް ލިބޭ ހާލަތުގަ އަހަރެމެން އެކުވެރި ވެ އެމީހާ ދޫކުރަން މަސައްކަތް ކުރަން ޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454