ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އުފައްދާ އާ ޕާޓިގެ ރަޖިސްޓްރީ، އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް އޭނާއާ ހަވާލުކޮށްދެއްވަނީ -- ފޮޓޯ: އީސީ
13 ފެބުރުއަރީ 2023 - 12:21
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) އުފައްދަން އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފި އެވެ.
އެ ކޮމިޝަންގެ ޓުވީޓެއްގައި ބުނީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖާބިރަށް ހުއްދަ ދިނުމަށް، މިއަދު ހެނދުނު ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ. އެ ޕާޓީގެ ރަޖިސްޓްރީ ޖާބިރަށް ހަވާލުކޮށްދެއްވީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.
އަމިއްލަ ޕާޓީއެއް އުފެއްދުމަށް ޖާބިރު މިއަދު ވަނީ އޭނާ ކުރިން ހިންގަވަމުން އައި ޑީއާރުޕީގެ މެމްބަރުންކަމުންނާއި ލީޑަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޖާބިރު މިއަދު "މިހާރު" އަށް ވިދާޅުވިގޮތުގައި، އޭނާ ހުންނެވީ ޑީއާރުޕީއާއެކު ކުރިއަށް ވަޑައިގަންނަވަން ކަމަށް ވިޔަސް އެ ޕާޓީ "އެކްޓީވް" ނުވުމުން ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެވެ. އަދި ދެ ފަހަރެއްގެ މަތިން ޕާޓީއަށް މީހުން ހަމަކުރައްވަން އުޅުއްވުމުން އެކަން ވެސް ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތާއެކު، ޖާބިރު ޑީއާރުޕީން އިސްތިއުފާދެއްވައިފި https://t.co/PE7ixJ8QXQ
— Mihaaru (@Mihaarunews) February 13, 2023
ޖާބިރު ވިދާޅުވީ ގްރީން ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެކަމަކު މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ އާ ޕާޓީއަށް މެމްބަރުން ރަޖިސްޓަރީކުރުމަށް ކަމަށާއި ޑީއާރުޕީގައި ތިބި ބައެއް މެމްބަރުން ވެސް ގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ޑީއާރުޕީ ދޫކޮށްލެއްވިއިރު، ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެމްބަރުން ހަމަނުވާތީ އީސީން ވަނީ ޕާޓީ އުވާލަން ވެސް ނިންމައިފަ އެވެ. ޑީއާރުޕީގައި 3،000 މެމްބަރުން ހަމަނުވާތީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން އީސީން އެ ޕާޓީއަށް އޮތީ އަންގައިފަ އެވެ. އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އަނެއްކާ ވެސް މިދިޔަ ހަފުތާގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔެސް
14 February 2023
ޖާބިރު ހަމަ ވަރަށް ރަނގަޅު ގައުމުގެ އެސެޓް ވިއްކައިގެން އަދި ސޮޓިކާ ޖަހައިގެން ފައިސާ ހޯދާ އިރު ޖާބިރު ހަމަ ރަނގަޅު ވަރަށް ރަނގަޅު
ހަސަންކާރި
14 February 2023
ތިޔައީ ޑިއާރޕީއަށް ލިބުނު ވަރަށް ބޮޑު ދެރައެއް. ލޮލް
ގެދާނޯމޮސް
13 February 2023
މިސްޓަރ ގްރީން އަށް ދަންނަވަން އޮތީ ތިމާގެ އަޚްލާގް އިސްލުރަށްވައި ގެން ނޫންގޮތަކަށް ފައިސާއިން ފެލޭނެ ދިޔައެއް ނޯންނާއެވެ.
މިއަދު ޕާޓީއެއް ބަދަން ނިންމައިފިން
13 February 2023
ބަނާނާ މޯލްޑިވްސް.
ށަވިޔަނި
13 February 2023
ޖާބިރުއަށް ތަހުނިޔާ. ރައީސުލްޖުމުހޫރިއްޔާ އަށް ވުމުގެ ދޮރު ހުޅުވުނީ. 2023 ގަ ކުރިމަތިލާތި. ދިވެހިންނަކީ ގޮތް އެނގޭބައެއް ނޫން. ރައީސަކަށް ހޮވާވެސްފާނެ.
ކިހިނެތް
13 February 2023
ކުރިންވެސް މީހުން ހަމަނުވެފަ އޮތް ޕާޓީއެއްގެ ލީޑަރު މިފަހަރު އާ ނަމެއްގަ ޕާޓީއެއް އުފެއްދީމަ ވަކި މީހުން ހަމަވާނެތަ؟ ޕާޓީގެ ނަން ގޯސްވެގެންތަ މީހުން ހަމަނުވެގެން އުޅުނީ؟
ވަހުތާން
13 February 2023
މިދެން ކިހާ ބޮޑުކަމެއް! ޑީއާރުޕީ ދަރަނިކޮށްލާފަ ރައްމެދަށް! ކުންފުނިތައްވެސް ދަރަނިވެރިވެ ބޮޑުއެއްޗެއްދައްކަން ޖެހުނީމަ ރައްދެދަށް ދޫކޮށްލާފަ އާކުންފުނި! ރިސޯޓް ތަކުންނާއި މަހުޖަނުންނާއި ވިޔަފާރިވެރިން ބޭރުގައުމުތަކުން މީހުން ގެނެސްފަވެސް ރައްމެދަށް ދޫކޮށްލާފަ އާމީހުން ގެންނަނީ! ގާނޫނެއް ގަވާއިދެއްނެތް މި މީހުންނާހަމައަށް ފޯރާނެ! އާމު މީހާ ޓެކުސް ދައްކާ ސްޓިކަ ފީ ދައްކާލަ ދައްކާލަ ހުންނަންވީ
ކޮރަލް
13 February 2023
ޑީއާރުޕީ ގެ ލީޑަރު އެތައް ބައިވަރު ދަރަނި އޮއްވަ އެދަރަނި ތައް ނުދައްކާ ހުއްޓަ އާ ޕާޓީ އެއް ހަދަން ހުއްދަ ދެވިގެން ނުވާނެ އެވެ.
އުފެދޭނެޕާޓީއެއްނެތް
14 February 2023
އެކަން އޮއްވަ ޕީޕީއެމް ހެދީ. އަދި އޭގެން އެމްއާރުއެމް ހެދީ. އެޒަމާނުގެ ދަރަނިތައް އަދިވެސް އެއުޅެނީ. ތަސްމީނު ހެވިފަ، މިދޭތެރޭން އަންހެނުން ހުރި މެލޭޝިޔާ ސަފީރަށްް.
ސިމްޕަލް
13 February 2023
ރާއްޖޭގެ "ޒަމާނީ" ޑިމޮކްރަސީގެ ދެވަނަ ސިޔާސީ ޕާޓީ، ނިކަމެތިކޮށް، މަގުމަތިކޮށް ލުމަކީ ދެރަކަމެއް. ޑީއާރުޕީން ސިޔާސީ މައިދާނަށް ނިކުމެ، މިހާރު އެހެން ޕާޓީތަކަށް ގޮސްފައި ތިބި ހުރިހާ އެންމެންވެގެން ނަމަވެސް ޑީއާރުޕީއަށް ރަނގަޅު މުސްތަގްބަލެއް ހޯދާ ދޭން އެބަޖެހޭ.
ކަނބުރުގެ
13 February 2023
ޑީއާރްޕީގެ ބާނީ ޒައީމުއަށް ޑީއާރްޕީ އަލުން ދީ. އޭރަށް ޑީއާރްޕީ ވަރުގަދަ ވެދާނެ.
ޢަލިސް
13 February 2023
ޒާމާނީ ދުވަސްކޮޅު ތިބި ބޭފުޅުން ޕާޓީ މިލިޔަނުން ދަރުވާލާފައި ގޮސް އުޅުއްވަނީ ގައުމުގެ ވެރިކަމުގައި ހުންނަ މީހެއްގެ ބަޑު ދަށަށް ވަނަމުން.
ރަދީިފު ބިން ރަފައިދާ
13 February 2023
ދެން ޖާބިރު ފެންނާނީ ވަޅުގާ ފެހިޖަހާފާ ހުންނަފަދައިން ފެހިޖަހާފައިހުންނަ މީހެއް ފާޑަށް ދެއްތޯ؟