މީހަކަށް ހަމަލާދިން ކްރައިމް ސީނެއް ބަންދުކޮށްފައި: ހާރިސް މަރާލި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
13 ފެބުރުއަރީ 2023 - 12:44
ހުޅުމާލޭ ހާފްވޭ ހައުސް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހާރިސް އަބްދުލްއަފޫރުގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ސެޕްޓެމްބަރު، 2017 ގައި ހާރިސް މަރާލި މައްސަލާގައި ދައުވާކުރީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި މައްސަލަ އިސްތިއުނާފް ކުރަން އިއްޔެ ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.
ހާރިސް އަށް ޔާމީން ހަމަލާ ދެނިކޮށް އެއްވެސް ހެކިވެރިއަކަށް ފެނިފައެއް ނުވެ އެވެ. އަދި ސިއްރު ގިނަ ހެކިންތައް ވެސް އެ މައްސަލާގައި ހެކިބަސް ދޭން ކޯޓަށް ހާޒިރެއް ނުވެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ހާރިސް މަރާލީ ކުރިން ހިނގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy