ފަތުވާދޭ މަތީ މަޖިލީހުގެ ރައީސަށް މުހައްމަދު ރަޝީދު އިބްރާހިމް، އައްޔަންކުރެއްވުމުގެ ލިޔުން ރައީސް ޔާމީން (ކ) ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
18 ޖެނުއަރީ 2017 - 15:04
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަގާމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރު އަދި ކުރީގެ ފިގުހު އެކަޑެމީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝައިޚް ރަޝީދު، ފަތުވާ ދޭ މަތީ މަޖިލީހުގެ ރައީސަކަށް އައްޔަންކުރެއްވީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުން ރައީސް އަބްުދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.
ފަތުވާދޭ މަތީ މަޖިލީހުގެ ރައީސަކަށް ޝައިޚް ރަޝީދު އައްޔަން ކުރެއްވި އިރު، މިދިޔަ މަހުގެ ތެރޭގައި ރައީސް ވަނީ އެ މަޖިލީހަށް ޝައިޚް އާދަމް ޝަމީމާއި އިސްހާގު މުހައްމަދުފުޅު ވެސް އައްޔަން ކުރައްވައިފި އެވެ.
ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަގާމަށް ޝައިޚް ރަޝީދު މިއަދު އައްޔަން ކުރެއްވުމަށް ފަހު ރައީސް ޔާމީނާ (ކ) ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ބާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިސްލާހެއް ގެނެސްފަ އެވެ. އެ ގާނޫނުގައިވާ ގޮތުން، އިސްލާމީ ފަތުވާދޭ މަޖިލިސްގެ ނަމުގައި އޮފީހެއް ރައީސް ގާއިމް ކުރައްވަން ވެސް ޖެހިވަޑައިގަންނަވަ އެވެ. އެއީ، އިސްލާމިކް މިނިސްޓަރަށް ޖަވާބުދާރީވާ، އެ މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ ވަކި އިދާރާއެކެވެ. ފަތުވާ ދޭ މަޖިލީހުގެ އޮފީސް ގާއިމްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ،
ފަތުވާދޭ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގްހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެ ކަންކަމާ ގުޅޭ ދިނީ ލަފާ ފޯރުކޮށްދިނުމަށް އުފެއްދި މަޖިލީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަބީދު
18 January 2017
ހޯޙޯޙޯ....އަނެއްކާވެސް.
ކުކޫ
18 January 2017
ޝޭހްއަށް ޔާމިން ފެކްޝަނަށް މަރުހާބާ!
ކެނެޑީ
18 January 2017
މިރާއްޖޭގައި އުޅޭ "ޢިލްމުވެރިން" ފަތުވާ ނެރުމަށްވުރެ ނުނެރުން މުޖްތަމަޢުއަށް ފައިދާ ބޮޑީ.