"އިންޑިއާ އައުޓް" ނަމުގައި މާލޭގައި ބޭއްވި މުޒާހަރާއެއްގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ފުލުހުންނާ ވާހަކަދައްކަވަނީ: އިދިކޮޅުން ބުނާ ގޮތުގައި ސަމަދަށް މާރިޔާ މަލާމާތްކުރެއްވީ އިންޑިއާ ރުއްސަން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 ފެބުރުއަރީ 2023 - 15:10
އިންޑިއާ އިން ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް، އަބްދުއްސަމަދަށް މަލާމާތް ރައްދުވާ ގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާހަކަދެއްކެވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ ރުއްސަން ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ދެއްކެވި ވާހަކަތައް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުށްވެރިކޮށްފަ އެވެ. އެ ބަޔާނުގައި ބުނިގޮތުގައި، ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ވާހަކަތައް ދައްކަވަނީ އިންޑިއާ ސަރުކާރު ރުއްސަންވެގެންނެވެ.
ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރު ޖޯކު ޖައްސަވައި، މަލާމާތްކުރެއްވުން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ވާހަކަތަކަށް، މާރިޔާ މާފަށް އެދިވަޑައިގަތުމަށް ވެސް އެ ބަޔާނުގައި ގޮވައިލި އެވެ.
ސަމަދަށް ނިސްބަތްކޮށް މާރިޔާ ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ https://t.co/4Gw3kJlbD6
— Mihaaru (@Mihaarunews) February 18, 2023
އިދިކޮޅުން ބުނީ ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުންއަރާ ކޮންމެ ވަގުތެއްގައި ވެސް ގައުމު ސަލާމާތްކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށް ވާއިރު، އެއްވެސް އިރެއްގައި ސިފައިންގެ އާއި ފުލުހުންގެ ތެރޭގައި މަސައްކަތްކޮށްފައިވާ މީހަކު ގައުމަށް ހަރާންކޯރު ނުވާނެ ގައުމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެހެންކަމުން، ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނޑިންތަކެއް ކަމަށް ސިފަކުރައްވާ، ޖޯކު ޖައްސަވައި، އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާއީ ވަޒީރުކަމުގައި ހުންނެވުން އެއީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގުވަޒަން ކުރާ މިންވަރު ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތަށް ދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އެ ގައުމުގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީ ވެސް ރައްޔިތުންނަށް އޮޅުވާލައިގެން މި ސަރުކާރުން ކުރަމުން އަންނަ ކަންކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ވަނީ ސަމަދަކީ "ފިނޑިއެއް" ކަމަށް ސިފަކުރައްވައިފަ އެވެ. އަދި ދިވެހި ސިފައިން މިއަދު މި ތަމްރީނުކުރަނީ އެކަހަލަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ އެގޮތަށް ވިދާޅުވީ ސަމަދު އަކީ ކުރިން ފުލުސް އޮފީހުގައި މަސައްކަތްކުރި މީހަކަށް ވާތީ އެވެ.
އެއީ މާރިޔާ، ސަމަދަށް ކުރެއްވި ވަރަށް ބޮޑު "މަލާމާތެއް" ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެހެން ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި މާރިޔާ ދައްކައިގެންވާނެ ފެންވަރުގެ ވާހަކައެއް ނޫނެވެ. މާރިޔާގެ އެ ވާހަކަތަކާ ގުޅިގެން އެކި ބޭފުޅުން ވެސް ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.
އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅޭ ސަމަދު، މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓީ އޭނާ ބޭސްފަރުވާއަށް އާއިލާއާ އެކު ބެންގަލޫރަށް ގޮސް އުޅެނިކޮށެވެ. އޭގެ ދެ ދުވަސް ފަހުން އިންޑިއާއިން އޭނާ ޑީޕޯޓްކޮށްލީ އެވެ. ރާއްޖެ އައިސް މީޑިއާއަށް ދިން އިންޓަވިއުގެއްގައި އޭނާ ބުނީ ދެން އިންޑިއާއަށް ހިނގައްޖެ ނަމަ، ޖަލަށް ލާނެ ކަމަށް އެ ގައުމުގެ އިމިގްރޭޝަނުން ބުނެފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީލާގ
19 February 2023
ދިވެއްސަކައް ވީތީ ތިކަމާ ދެރަވޭ ވަރައް .. މާރިޔާ މެން ވެރިކަމާ ހެދި ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ
ފާތުމަގެ
19 February 2023
ދިވެއްސަކަށް ވީތީ އަހަރެން ދެރަވަނީ އަދަބެއް އަހްލާގެއް އުޅުމެއް އިލްމެއްނެތް ހިލްމެއް ނެތްބަޔަކު މަގުތަކައް ނިކުމެ ގައުމާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލާތީ.
ޙިނި
19 February 2023
ޕީޕީއެމް މުޒާހަރާ ތަކުގައި އުމުރުން ދުވަސްވީ އިސްރައްވެހިން ނެރެ ބައިވެރިކުރުމަކީ ވަރައް ދެރަކަމެއް، އެބޭފުޅުން ރިޓަޔަރ ކޮއް ގޭގައިތިއްބާ މުޒާހިރާ ކުރުވާ ، ބޮޑެތި މުޖުރިމުންނާނާ ގައްދަާރުން ޖަލުން ނެރެން ގޮއުވާ، މިދެން ކޮންސަކަރާތެއްތަ. މާރަންގަޅުވާނެ އެބެފުޅުން އުމްރާ އައް ފޮނުވިއްޔާ
ފިނރުޓޭ
19 February 2023
ބަލަގަ މި ގައުމަކަށްވެސް ނާރުވާނެ މި ގައުމަށް ބަވާ ހެވެއް ނޭދޭ މީހަކު! ދެން ކޮން ވާހަކަ އެއް ދައްކާކަށްހޭ މި ބުނީ އެނގިއްޖެ! މި ކަން އަހަރުމެންޖެހޭނީ ގަބޫލު ކުރަން! ހަމަ ޕަބްލިކުގަ ހިތުހުރިހާ އެއްޗެއް ގޮވާފަކަ ނޭރޭނެ ރަށްރަށަކަށް! އެކަން ދަންނަން ޖެހޭނީ ތި ޔާމީނު ފޫބުޑުން އުޅޭ މީހުން! ޔާމީނު ނޫނީ އޭނަގެ އައުވާނުން އައިތަ ތިޔަ ސަމަދުބެޔެއްގެ ހިމާޔަތުގަ!
އަލީހަމީދު
19 February 2023
ބީޖޭޕީ ރުއްސަންވެސް ސަމަދުބެ އަށް މަލާމާތް ކިއްގެންނުވާނެ. އެއީ ގައުމުގެ ބޮޑުދިދަ. މަށަށްް މަޖަލީ ސަމަދުބެއަށް ސަމަދުބެގެ އެއްވެސް ކުށެއް ނެތަކަންވެސް ނޭގުނީމަ.
އިބްރާ1
19 February 2023
ސަމަދު ޖެއްސީ ސްޓަންޓް. އޭނާ ޑީޕޯރޓެއްވެސް ނުކުރޭ. ޑްރާމާ ކުޅުނީ. ޑީޕޯރޓް ކުރިކަމުގެ ހެކި ލިޔެކިޔުމުންބދައްކަބަލަ. މީނާ އަމިއްލަޔަށް މާލެއައިސް ކުޅުނު ޑްރާމާއެއް. ދިވެހިން ގެ ބައެއް މީހުން ހާދަ ގަމާރޭ ދޯ!؟؟
ލޮލްސް
19 February 2023
ޕޕޕ ކުދިންނަށް ތިގޮތަށް ފެންނަންޔާ އަހަރުމެންނަށް ބުނެވިދާނެ ކަލޭމެން ސަމަދު އިންޑިއާއަށް ފޮނުވީވެސް ބީޖޭޕީ ރުއްސާށޭ އެހެންނޫނީ އެމީހުންނަށް އެވަރަށް އެއްޗެހިގޮވާފަގޮސް އެގައުމަކަށް ނާރާނެދޯ
އަހްމަދ
19 February 2023
ކޮށްލަން ބޭނުންވަނީ ސަމަދު ބެއަށް އެންމެ 2 ސުވާލު. މިހުރިހާ ދުވަހު ބަހައްޓާފަ ހުރި ތުނބުޅިއެއް އިންޑިއާއަށް ދާން ބާލާ އޮމާންކޮށްގެން ތިދިޔައީ ކީއްކުރަންތޯ؟ ކާކަށް އޮޅުވާލާނަމޭ ހިތާތޯ؟
ސަމަދުބެ އަންހެނުން
19 February 2023
ސަމަދުބެހިތުން އިންޑިޔާ މީހުންނަށް އޮޅުވާލަން. އިންޑިޔާއިން އައީ ހޭރެމުން.
މުހައްމަދު..
19 February 2023
ޑިފެންސް މިނިސްޓަރު ހުވަޔާއި ޚިލާފުވުމުގެ ސަބަބުން މަގާމުގައި ހުރުމުގެ ޝަރުތު ގެއްލިއްޖެ. އޭނާއަކީ ގާނޫނީ ވަކީލަކަށް ވާތީ އެކަން އޮންނަ ގޮތް ރަގަޅަށް އެނގޭނެ. އެހެންކަމުން އޭނާ އިސްތިއުފާ ދޭންޖެހޭ ނުވަތަ ގާނޫނުގައިވާ ގޮތަށް މަގާމުން ދުރުކުރުން ޖެހޭ.
އަސްލު...
18 February 2023
ހަގީގަތުގައިވެސް އަޅުގަޑަށް ގަބޫލުކުރެވިފަ އޮންނަނީ ސަފައިންގެ މީހާ އަކީ ވަރަށްވެސް ރަގަޅު އިހުތިރާމް ލިބިގެންވާ މީހެއްގެ ގޮތުގައި، އަދި އެމީހާއަކީ އާއްމުމީހުންނާއި ތަފާތު އަޙުލާގުރަގަޅު ހުރިހާއެންމެންނަށް އިޙްތިރާމު ކުރާމީހެއްގެގޮތުގައި، މަގުމަތީގައި އާއި އާމުތަންތަނުގައި ވަކިބަޔަކާ ޖައްސާލައިގެން ހަޅޭލައްވައި ހިތަންއެރިހާއެއްޗެއް ގޮވާ މީހެއް ނޫން ގޮތުގައި ވުން ފެނުން އެގޮތާޚިލާފަށް އޫޅެންފެށީމަ އިހުތިރާމެއް ނުލިބޭނެ، ލިބޭނީ މަލާމާތް....
ޜަނިން މޭޓް
18 February 2023
ޜަނިން މޭޓް ޢަކައްސަމަދު.