ރަށަކަށް ދިއުމަށް ޓަކައި ބަޔަކު ލޯންޗަކަށް އަރަނީ: ކަނޑު އުޅަނދަކަށްލާ މުދަލެއް ގެއްލިއްޖެނަމަ ބޯޓުގެ ވެރިފަރާތުން ޒިންމާ ނަގަން ޖެހޭ. --. ފޮޓޯ: ނިޝާން އަލީ /މިހާރު
21 ފެބުރުއަރީ 2023 - 12:18
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރިފަރާތުން ދޭންޖެހޭ ގޮތަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ގަވައިދު އެކުލަވާލައިފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލި އެ ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މެއި މަހުން ފެށިގެންނެވެ.
އޭގައި ބުނެފައި ވަނީ އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާ އެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ އަތުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގައި ބަދަލު، އުޅަނދެއްގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.
ނަމަވެސް ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އެއްގޮތަށް، އުޅަނދުގެ ކެޕްޓަން ނުވަތަ ފަޅުވެއްރިއެއްގެ ގަސްތަކާ ނުލާ މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ދޭކަށް ނުޖެހޭނެ އެވެ.
- އެ މުދަލަކާ ގުޅޭ މައުލޫމާތު، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ ކެޕްޓަނަށް، މުދަލުގެ ވެރިފަރާތުން ދޭން ޖެހޭނެ
- މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު ޖަހަން ޖެހޭނެ
- މުދަލުގެ ބާވަތާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަމާއި ބަހައްޓަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އުޅަނދުގެ ވެރިފަރާތަށް ދޭނެ ޖެހޭ
- މުދަލެއް އެރުވުމަށް ފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުން، މުދަލުގެ ވެރިފަރާތުން ބޭނުންނަމަ، އުޅަނދުގެ ކެޕްޓަނަށް ދޭން މަޖުބޫރު އެ ގަވައިދުގައިވާ ކަންކަމާއި ހިލާފުވާނަމަ 1،000-2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުބެ
22 February 2023
އީ ޕޯޓަލް އިން ފާޚާނާ ވެސްކުރެވެނީ މިހާރު.
ކައުންސެލަރު
21 February 2023
މީހުންނަށް އުނދަގޫ ކުރާނެ ގޮތެއްއަޅެ ނޭނގިގެންތަ ތިޔައުޅެނީ؟ ފުލައިޓަށް އަރުވާ ބާލާ އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ؟ ބީ އެމް އެލް ގަ ހުންނަ ތިޖޫރީގެ ފޫ ގޮސްގެން ރުފިޔާ މަދުވީމާ ޒިންމާ ވާންޖެހެނީ އެތަނަށް ފައިސާ ރައްކާކުރަން ލީމީހާ. މޮޔަވެދާނެ؟
ހަސަނިކު
21 February 2023
ބޭންކުގައި ހުންނަ ފައިސާއަށް ބޭންކުގެ ފަރާތުން އިހުމާލުވާއިރު މިކަމަށްވެސް ބޭންކު ޒިންމާކުރުވަންޖެހޭ.
ބަލާވެރިކަން
21 February 2023
(މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު ޖަހަން ޖެހޭނެ، މުދަލުގެ ބާވަތާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަމާއި ބަހައްޓަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އުޅަނދުގެ ވެރިފަރާތަށް ދޭނެ ޖެހޭ.) ޤަވާއިދާ ޚިލާފު ވާވަރު ހޯދަން، މިކަން ބަލަހައްޓާނެ މިނިސްޓްރީގެ ބޭފުޅަކު ކޮންމެ އުޅަނދެއްގެ ކައިރީ ބެހެއްޓީމާ ދިރާގު އުރީދޫއަށްވުރެ މާގިނަ ފައިސާ ދައުލަތަށްލިބޭނެ.
ބޮޑުމީހާ
21 February 2023
އާއްމު ވިޔަފާރިކުރާ މީހުން ޖެހޭނެ ހުރިހާ ކަމެއްގެ ޒިންމާނަގައި ޖޫރިމަނާވެސް ދައްކަން. ދައުލަތުގެ ޒިންމާ އެއް ބިދޭސީންގެ ކަންތައް ހަމައަކަށް އެޅުވުމަކީ. ޓެކްސް ޕޭޔަރުންގެ ލާރި ދީފަ އެކަމަށް ވަރުވަރުގެ މީހުން ލާފަ ތިބީ. އެކަމަކު ޒިންމާ ނަގާނެ މީހަކު ނެތް. ކޮރަޕްޝަން ހިންގިޔަސް ޒިންމާވާނެ މީހަކު ނެތް.
ހުސެންޓޭ
21 February 2023
ހިތަށް އަރާ ބީއެމްއެލް އަކީ ވެސް އުޅަނދެއް ނަމައޭ!؟ ހެހެ!
ބަގު
22 February 2023
ލޯގޯ އިން އެކަން ކަށަވަރެއް ނުވޭތަ އެއީ ރިޔަލު ދޯންޏެއް
ާއަލިމޯޑު
21 February 2023
ދެން ތީގަ ވާނެ ގޮތަކީ މުދާ އުފުލާ ބޯޓުން ދުރާލާ އަންގާނެ މީގެ ފަހުން މިބޯޓުން މުދާ ގެންދެވޭނީ މުދަލަށް އެއްވެސް ގެއްލުމެއް ލިބުނަސް ބޯޓުން ޒިންމާ ނުނަގާ ގޮތަށް ކަމަށް.ދެން ޖެހޭނީ އެގޮތް އޯކޭ ވެގެން މުދާ އަރުވަން އެމުދާ ރަށަށް ގެންދަން ބޭނުންނަމަ.ބޯޓަކީ ޓެކްސީ ފަދައިން އެދުއްވާ މީހުންގެ އަމިއްލަ ތަކެތި.ދަތް ނުހުންނަ ގާނޫނު ގިނައިން ރާއްޖޭގަ ހަދާނީ
ހުޅުމާލެޒް
21 February 2023
މިހާރުވެސް ބޯޓްށް މުދާއަރުވަނީ ބޯޓުން ޒިންމާ ނުނަގާގޮތަށް ކަން މުދާއަރުވާ ފަރާތްތަކަށް އެނގި ތިބެއެއް ނޫންތަ؟
މެސީ1
21 February 2023
ލާރިވެސް އެއީ މުދާ، އެހެންވީމާ އެކައުންޓުން ލާރި ގެއްލޭ ނަަމަ ބޭންކްއިން ޒިންމާވެ ބަދަލު ދޭންޖެހޭނެ ތާ
ކަނަގަނަ
21 February 2023
ސީކްއިން ބޯޓުން ގެންދިޔަ ޓީވީއެއް އެމީހުންގެ އިހުމާލުން ހަލާކުވި ވާހަކަ ބުނުމުން އެމީހުން އޭގެ ޒިންމާއެއް ނޫފުލާ އެކަމަކު ބުނިވަރަކަށް ނާލުދިނިން
ސިމްޕަލް
21 February 2023
ފުރަތަމަ ކަމަކަށް އުޅަނދުތަކަށް މުދާ އަރުވާ ބޭލެވޭނެ ފަސޭހަ ނިޒާމެއް ހަމަޖައްސަން ގަވާއިދެއް ހެދުން ކީއްތޯ؟ ބައެއް އުޅަނދުތަކަށް މުދާ އަރުވަން ޖެހެނީ، ކޮނޑަށް ލައިގެން ހަތަރު ފަސް އުޅަނދު ތެރެއަށް އަރައިގެން ގޮސް. އަދި ބައެއް ފަހަރު އެއްގަމު ތޮއްޓާ އުޅަނދާ ދޭތެރޭ ބާއްވާފައި އޮންނަ ފިލާގަޑަކަށް އަރައިގެން ވެސް އެބަ ދާންޖެހޭ.