ފުލުހުން އަތުލައިގަތް ޑްރަގްތަކެއް: ޕޯސްޓް މެދުވެރިކޮށް އެހެން މީހެއްގެ ނަމުގައި ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
23 ފެބުރުއަރީ 2023 - 21:20
އެހެން މީހެއްގެ ނަމުގައި ޕޯސްޓް މެދުވެރިކޮށް ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2021 ގައި ޕޯސްޓް މެދުވެރިކޮށް ގެނައި ޕާރުސަލަކުން 13 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ޕާރުސަލާ ހަވާލުވާން ދިޔަ މީހާގެ މައްޗަށެވެ. އެ މީހާ ބުނެފައިވަނީ ރައްޓެއްސަކު ގުޅާފައި ބުނެގެން އެ ޕާރުސަލް ނަގަން ދިޔައީ ކަމަށެވެ.
ކޯޓުގެ ހުކުމުގައިވަނީ ޕާރުސަލް އެތެރެކުރީ އެހެން މީހެއްގެ ނަމުގައި ކަމަށް ވިޔަސް އަދި ޕާރުސަލް ނަގަން ދިޔައީ ރަހުމަތްތެރިއަކު ބުނެގެން ކަމަށް ބުންޏަސް، އެ ރަހުމަތްތެރިޔާ ހޯދަން ފުލުހުން މަސައްކަތް ކުރުމުން ދައުވާލިބޭ މީހާ އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ދީފައިނުވާ ކަމަށެވެ.
ޕާރުސަލް ނަގަން ދާން އެދުނު ރަހުމަތްތެރިޔާގެ ފުރިހަމަ މައުލޫމާތު ނޭނގޭ ކަމަށް ދައުވާލިބޭ މީހާ ތަހުގީގުގައި ބުންޏަސް، ފޯނު ނަމްބަރެއް ނުވަތަ ދިރިއުޅޭ ތަނެއް ނޭނގޭ މީހަކު ބުނެގެން އެފަދަ އެއްޗެއް ނަގަން ގޮސްދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެއީ ހަގީގަތުގައި ވެސް ރަހުމަތްތެރިއަކު ބުނެގެން ނަގަން ދިޔަ އެއްޗެއް ނަމަ، އެއީ ކާކުކަން ހާމަކުރަން ދައުވާލިބޭ މީހާ އެކަށީގެންވާ މަސައްކަތެއް ކުރީހެވެ. އަދި ޕާރުސަލްގައި ޖަހާފައި އޮތް ނަމާއި އެޑްރެސް ދިމާ ނުވާއިރު އައިޑީކާޑު ނަމްބަރު ވެސް ދިމާނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވުމުން އޮޅުވާލައިގެން ޑްރަގް އެތެރެކުރަން އުޅުނީ ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
އޭގެ އަދަބެއްގެ ގޮތުން، އޭނާ އުމުރަށް ޖަލަށްލުމާ އެކު އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި އެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ.
ޕޯސްޓް ހިދުމަތް މެދުވެރިކޮށް ޕާރުސަލްތަކުގައި ޑްރަގް އެތެރެ ކުރުމަކީ މިހާރަކަށް އައިސް އާންމުކޮށް ހިނގާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔު
25 February 2023
ޑްރަގް އެތެރެކޮށް، ކުށް ސާބިތުވެ، ޖަލަށްލުމަށް ހުކުމްކުރެވޭ މީހާގެ ނަމެއް ފޮޓީއެއް ގިނަފަހަރު ހާމަނުކުރޭ. ނަނަވެސް ފަނޑިޔާރެއްގެ ނިންމުމާގުޅޭ ޝަކުވާއާގުޅޭ ސުލޫކީ މައްސަލައެއް ހުށަހެޅުނަސް އެ ފަނޑިޔާރުގެ ފުރިހަމަ މައުލޫމާތާއި ފަނޑިޔާރުގެ ފޮޓޯއާއެކު ހާމަކުރެވެމުން ގޮސްގޮސް އޮތީ. ވ ދެރަ.
2000
25 February 2023
ބީ އެމް އެލް މައްޗަށް ތިޔަފަދަ ހުކުމެއް އަންނަން ޖެހޭ. ސަބަބަކީ މީހުންނަށް ވަގަށް ފައިސާ ނެގޭ ގޮތަށް ބޭންކު ސިސްޓަމް ރާވާ އެގޮތަށް އަމަލު ކުރަމުން ދާތީ. އަހަރެންގެ ރައްޓެއްސެގެ މުސާރަ ޖަމާވި ބާރަށް ކަހާލައިފި. ބޭންކު ކަހާތައް ހިރުވާވެސް ނުލާ
އަޙުމަދު.
24 February 2023
އިންސާފުވެރިހުކުމެއްކަމަށްދެކެން .އޭނަޒިންމާވާން ޖެހޭނެ ޙަމަތިގޮތަށް އޮޅުވާލައިގެން މީހުންގެއެކައުންތަކުގަ ހުންނަ ފައިސާތަށް އެހެން މީސްމީހުންގެ އެކައުންތަކަށް ކަހާލުމަށްފަހު އެމީހާކައިރިއަށް ގޮސް ނުވަތަ ގުޅަފަބުނަނީ އޭއް ފުރެންޑް އޮޅިގެން ކަލޭގެއެކައުންޓަށް ޖަމަކުރެވިފަހުރި ފަިސާކޮޅުނަގާފަ ދީބަލާށޭ ބާލާމީހަކު އެބަފޮނުވަމޭ މިހުރީ ދައްތަހޮސްޕިޓަލުގަ ބާއްވައިގެނޭ ބުނެ އޮޅުވާލަިގެން ފައިސާކޮޅު ބޭނުން ކޮއްލީމަވެސް ޒިންމާވާންޖެހޭ ހަމަ އެކަކުނެއް.
ރަމްޒީ1
24 February 2023
މި ހުކުމާމެދު މަގޭ ޚިޔާލު ޕޯސްޓުން ފޮނުވި ޕާރުސަލް ބަލާ ދިޔަމީހާގެ ޒިންމާއެއް އޭނަ އެތަނަށް ފޮނުވި ރަހުމަތްތެރިޔާ އެއީ ކާކުކަން ސާފުކޮށް ކަމާ ބެހޭ ފަރާތަށް ބުނެދިނުން އެކަންނުވެ އަދި އެޕާރސަލްގެ ހަޤީގަތް ނޭގި އެއާ ހަވާލުވުމަކީ ނުވަތަ ބަލާ ދިޔުމަކީ ތިމާކުރި އެނ
ނުބައި
24 February 2023
ތި މަސްތުވާތަކެތި އެތެރެ ކުރިގޮތް ކަމުނުދަނީ. ނިކަން ކިލޯ ކިލޯ އެތެރެ ކޮށްބަލަ. އަކުރެއް ފިއްޔެއް ނޫނީ އޭނަ ހައްޔަރު ކުރިގޮތް . ހެކި ހޯދަން މަސައްކަތް ކުރިގޮތް ކަމުނުގޮސް ސަލާމަތް ވެގެން އަންނާނެ.
އެމްސް
24 February 2023
ޖަލުގަ އޮވެގެން 1 އަހަރު ތެރޭގަ 1 ލައްކަ ރުފިޔާ ހޯދާނީ ކިހިނެއްބާ؟ ވަޒީފާ އެއްގަ އުޅެގެންވެސް 2 އަހަރުންވެސް 1 ލައްކަ ހޯދުން ވާނީ އުނދަގޫ ކަމަކަށް!
ހެހެހެހެހެ
24 February 2023
އެގްރާމް ކޮޅު ވިއްކާލައިގެން މިލިއަނެއްވެސް ހެދޭނެ ކަންނޭގެ
އިސް ގާޒީ
24 February 2023
ބަރާބަރު ހުކުމެއް. ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނީ މިފަދަ މަސައްކަތުން
ޢަޙުމަދު
24 February 2023
ޙަމަ ތިގޮތަށް މީހުންގެ އެކައުންޓް ތަކުން އޮޅުވާލައިގެން ފައިސާ ނަގާ އެފަިސާ ބޭނުން ކުރާމީހުން ޒިންމާވާން ނުޖެހެނީ ކީއްވެ. ؟ އަދި ތިޔަ ހުކުމް އިންސާފު ވުމަކުން ނުފުދެ.
ބުރާންތި
24 February 2023
އުމުރަށް ޖަލަށްލާ މީހަކު އެއްލައްކަ ރުފިޔާ ދައުލަތަށް ދައްކާނީ ކިހިނެއް؟ ކަލޭމެން ގާނޫނު ތިހަދަނީ ދެންވެސް ތިބީ ވާންޗޯ މީހުން ކަމަށް ހީކޮށްގެންތަ؟ ބަލަ ޑުރަގު ގާނޫނަކީ ބަޔަކަށް ދައްކާލާ ދަޅައެކޭ!
ވަހީދުއްދީން
24 February 2023
އެއްފަޅިން ވިސްނީމަ ތިހެން ތިވަނީ. ޖަލުގައި ހިންގާ މަސައްކަތު ޕޮރުގޮރާމުތަކުން ފައިސާ ހޯދައިގެން އާއިލާއަށް ފުނުވާ މީހުން ވެސް އެބަތިބި. އަނެއްކޮޅުން މަހުޖަނުން ވެސް ޑްރަގު މައްސަލަތަކުގައި އެބަ ބަންދުކުރޭދޯ.
ނަޝީދުބެ
24 February 2023
ޖަލުގައި ހުންނާނެ ވަޑާން ގެއެއް. އެތަނުގައި މަސައްކަތް ކޮށްގެން މަހަކު 333 ރުފިޔާ ދައުލަތަށް ދެއްކިޔަސް 25 އަހަރު ތެރޭގައި ޖޫރިމަނާ ޚަލާސް ކުރެވޭނެ. އަތުންފައި މަސައްކަތެއް ނުކޮށް ހަކުރު ވިއްކައިގެން އާމްދަނީ ހޯދަން އުޅުމަކީ މޮޔަ ވިސްނުމެއް. އާއިލާ ބިކަވެ ތިމާ ގޮޅިއަކަށް ފެތޭނެ.
ވަހީދުބޭބެ
23 February 2023
ސްކޫލު މަދްރުސާތަކުން ކިޔަވައިގެން މުޖުތަމައަށް ނުކުންނަ އިރު ހެޔޮނުބައި ވަކިކޮށް ހުންނަ މަޅިތަކާއި ގޯޅިތަކުން ސަލާމަތްވެ ތިބެން ނޭނގޭ. ފޮތްފަންސުރު ދަބަހަށް އަޅައިގެން ބެލެނިވެރިޔާ ފަހަތުން ދެކޮޅުދެޅަށް ހިނގާފައި ގޭމުކުޅެން އުޅެފައި 18 އަހަރުވީމަ ނުކުންނަނީ މަގުތަކަށް. އެއިރު މަގު ހިނގާކަށް އަދި ނޭނގޭ.
ހެއްވާމަޖާ
23 February 2023
އުމުރަށް ޖަލަށް ލީމަ އޭނާ ކިހިނެއް ލޯނެއްނަގާނީ ފައިސާ ދައްކަން. ޖަލަށް ލީމަ އިތުރަށް ފައިސާލިބެނީތަ؟ ހުކުމުގައިވާ ކަންކަން ޖަސްޓިފައި ކޮށް ނުދެވޭ. އެއްވެސް ހެއްކެއް ދެކިފައެއް ނެތް އެއީ އެމީހާގެ ޑްރަގްސް ކަމަށް. ބުއްދިގަބޫލޭ ކިޔާފަ އުމުރުދުވަހު ޖަލަށް ލެވޭތަ؟ ބުުއްދިގަބޫލުކުރެވޭނެ އަންނި ވެލާނާގެއިން ވައްކަން ކުރިކަން. ޔާމީނު ރިޝްވަތުނެގިކަމަށް ވެސް ބުއްދި ގަބޫލުކުރެވޭ. އެކަމަކު ހުކުމެއް ނުކުރެވޭ އެގޮތަކަަށް
ސާލިހު
24 February 2023
ދެން ހަމަ އޮޅުވާލައިގެން ޕޯސްޓުން ޑްރަގް އެތެރެކޮށް ވިއްކަން ދޫކޮށްފައި ބަހައްޓަންވީތަ؟ ކިތައް ޒުވާނުންގެ ހަޔާތް ބަރުބާދުވެ މަގުތަކުގައި ސަލާން ޖަހަން ޖެހިފައިވާކަން ހެއްވާމަޖާއަށް އެނގޭތަ؟