ފުލުހުން ހުޅުމާލޭގެ ތަނެއް ފާސްކުރަނީ: މާރާމާރީ ހިންގަން ބޭނުންކުރާ ހަތިޔާރާއެކު ހައްޔަރުކުރި 8 މީހަކު ކޯޓުން އިއްޔެ ވަނީ ދޫކޮށްލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ފެބުރުއަރީ 2023 - 10:40
މާރާމާރީ ހިންގަން ބޭނުންކުރާ ހަތިޔާރާއެކު ހައްޔަރުކުރި 8 މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
މި މަހުގެ 10 ގައި އެ މީހުން ހައްޔަރުކުރީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމައި ހިންގަން އުޅުމާއި ރޭވުމުގެ ތުހުމަތުގަ އެވެ. ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބެހެއްޓުމުގެ ތުހުމަތު ވެސް އެ މީހުންނަށް ކުރި އެވެ.
އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަސް ހަމަވުމުން، އިއްޔެ ކޯޓަށް ގެންދިއުމުން ވަނީ އެކަށީގެންވާ ވަރަށް އިތުރު ހެކި ހުށަހަޅާފައި ނެތް ކަމަށް ބުނެ، އެ މީހުން ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ބަންދުން ދޫކޮށްލި އަމުރުގައިވާ ގޮތުން، އެ މީހުން އެންމެ ފުރަތަމަ ބަންދުކުރީ ކޮންމެވެސް ވަރެއްގެ ހެކި ހުރެގެންނެވެ. ނަމަވެސް އެ މުއްދަތު ފާއިތުވިއިރު، އެ މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައެއް ނުވެ އެވެ.
މާރާމާރީތަކާއި ތަންތަނަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ: ސީޕީ https://t.co/228aNVJBID
— Mihaaru (@Mihaarunews) February 25, 2023
ހަމައެކަނި ހުށަހަޅާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުތަކެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައި ބުނީ، އެ މީހުން ތިބި އެޕާޓްމަންޓުގެ ތެރެއިން ކަތިވަޅި އާއި ވަޅި ފެނިފައި ވިޔަސް، އެފަދަ ތަކެތި ފެނުމަކީ އިތުރު ހެއްކަކާ ނުލައި، މާރާމާރީ ހިންގަން ގެންގުޅޭ ތަކެތި ކަމަށް ނުބެލެވޭނެ ކަމަށެވެ. އަނިޔާ ލިބިފައިވާ މީހެއްގެ ފޮޓޯތައް ފުލުހުން ހުށަހެޅިޔަސް، އަނިޔާ ދިނުމުގައި އެ މީހުން ބައިވެރިވެފައިވާ ކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް ހުށަހާފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު ދޫކޮށްލިއިރު، މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި އެވެ.
އެ މާރާމާރީތަކުގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެ، އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދުލީބެއްޔާގެ ތެދުބަސް
26 February 2023
ހައްޔަރުކުރަނީ ހަމައެކަނި ރައްޔިތުންނަށް ދައްކާލަން. ދެން އެހާހިސާބުން އެކަން އެނިމުނީ. މިއަދުވެސް އިބޫ ޖަލްސާއެއް ބާއްވައިފިއްޔާ ތަންއޮންނަނީ ފުރިބަންޑުންވެފާ.
ފެރީނިޒާމު
26 February 2023
މިކަހަލަ ކޭސް ތަކުގަ ފަނޑިޔާރުގެ ނަންވެސް ޖަހަން ޖެހޭނެ. އޭރުން އިނގޭނީ ގޮތެއް ނިންމަން.
ހަސަނު
26 February 2023
ފަނޑިޔާރުގެ އަދިވެސް މުޅިން ސާފު ނުވާ ކަމުގެ ހެއްކެއް މީ...
ސަސި
26 February 2023
ޕޮލިސް ކޮމިޝަނަރ ބޮޑެތި ސިންގާ ކަރާ ފަޅަނީ. ދެން އޮންނާނީ ގޭންގުތަކުގެ ހިސާބު ކިތާބު ކިޔާދިނުން
ވެންތިލޭޓަރު
26 February 2023
މަތިން އަންނަ އޯޑަރަށް ތޫނު ހަތިޔާރާ ގެންގުޅުނުކަމުގެ ހެކި ހުށަނާޅާ މިނިވަން ކުރީ. ތޫނު ހަތިޔާރުން ބިރުދެއްކުމަކީ ޓެރަރިޒަމް ގެ ހުކުމް އަންނަ ވަރުގެ ކުށެއް. "ނަމަވެސް އެ މުއްދަތު ފާއިތުވިއިރު، އެ މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައެއް ނުވެ އެވެ" ގަސްތުގައި ދޫކޮށްލީ.
2ވަނަ ދައުރު ރުތުލެސް
26 February 2023
ސޯލިހް ކެމްޕޭނުގައި އުޅުނު ކުދިން ދަނޑިކޮށީ ސެޓިފިކޭޓް އޮންނަ ކުދިން އިސްތިސްނާވާނެ
ވަލިއްޔުލް އަމރ
26 February 2023
ތިހެން ހުކުން ކުރާ ފަނޑިޔާރުންގެ ވަނަވަރު ހާމަނުކޮށް މިކަމެއް ނުހުއްޓުވޭނެ. ރައްޔިތުން ނިކުމެ ގޭންގުތައްވެސް ފަނޑިޔާރުގެ ވެސް ސާފުކުރަންވީ
ސަދޫމު ސިޓީ
26 February 2023
ގާޒީއައް ސަލާމަށްފަހު ދަންނަވަމެވެ މީހުން ފޮރޮޔާ ކަތުވަޅި ކޮޓަރިތެރޭގަ ފޮރުވައިގެން ގެންގުޅެނީ ފާރޮށި ކަޅުސަޔާ ޖަހައުގެން ކާހެން ކާން ގެންގުޅޭށެވެ ވ ސަލާމެވެ
ރިޒްމާން
26 February 2023
އިންޓެލް ރިޕޯޓަށް ބަލާފަ ހުކުމް އިއްވަނީ ހަމައެކަނި ސިޔާސީމީހުނަށް..އެއިރަކު އޮންނަ ސަރުކާރަކުން ދުއްވާލަން ބޭނުންވާ ސިޔާސީ މީހުނަށް..ރައްޔިތުންނަށް ނުރައްކާކުރާ ގޭންގް މީހުންނަށް އިންޓެލްރިޕޯޓުން ކުރެވޭކަމެއް ނޯވޭ؟؟
އަހްމަދ
26 February 2023
ފިލިޕީންސްގަ ހެދިހެން ޑުރަގް ވިއްކާ މީހުންނާ ގޭންގު ތަކުގެ މީހުނަށް ވަގުތުން ހަރުކަށި އަދަބު ދޭން ޖެހޭ. އެނޫންގޮތަކުން ތިކަމެއް ނުވާނެ.
ޖަލީލީ
26 February 2023
މިއުޅޭ މީހުންތެރޭ ތިކަން ކުރާން ކެރޭނެ ކަމަށް ކިރިޔާވެސް ގަބޫލު ކުރެވެނީ އުމަރު ނަސީރުއަށް.