01 މާޗް 2023 - 09:36
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ އެ މައްސަލަ ހައްލު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ފެބްރުއަރީ 25، 2022 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާޖަރީއެއް ހެދުމަށް، އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި އެވެ. އެ ދުވަހުގެ ހެނދުނު 6:00 ގައި ފައިސަލްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ ހެނދުނު 9:30 ގަ އެވެ.
އެކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނީ، ރައީސްގެ މަގާމާ ފައިސަލް ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ) ގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބަލަންޖެހޭ ކަމަށެވެ.
އެ މާއްދާގައި ބުނާ ގޮތުން އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމާ ހަވާލު ވާނީ ނައިބު ރައީސެވެ.
އެހެންވެ، މިހާރު ރައީސަކީ ފައިސަލް ކަމަށް ވެސް ދުސްތޫރީ ގޮތުން ބަލަން ޖެހޭ ކަމަށް ފެންނަން އޮތް ކަމަށާއި ނަމަވެސް އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާފައި ވާތީ އޭގެ ސަބަބުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް ފެންނަ ކަމަށް ގަރާރުގައި ވެ އެވެ.
"...މި މައްސަލާގައި ފައިސަލާ ކުރުވަނިވި ސާފު ހައްލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭތީ އެފަދަ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހެޅީމެވެ،" އެ ގަރާރު ވެ އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހުގަ އެވެ.
މިފަދަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައި ކަމަށް ވެސް ގާނޫނުއަސާސީގައި އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާނޫންއަސާސީ
02 March 2023
ގއގަ އޮންނަނީ ރޖ އަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން މަޖިލީހުގެ މަޖްލިސް ރައީސް އަށް އަންގާފަ
ކޮރަލްރީފް
01 March 2023
އަޅެ އެކަމަކުދޯ؟؟؟ ރައީސް އެެހެރީ ނުން އިރާންގަ
އިބްރ
01 March 2023
އަޅުގަނޑު ދެކެނީ ރައީސަކީ ނައިބްކަމަށް ނިމިގެން ހިނގައިދާނެކަމަށް. އަދި ފައިސަލަށްވެސް ރައީސްކަން ކޮށްފައިވާ ފަރާތަކަށް ދެވޭ އިނާޔަތާއި ރައްކާތެރިކަން ލިބެންޖެހޭކަމަށް.
މަޒް
01 March 2023
ޕްރީ ސްކޫލް ކުދިންނަށް ވުރެންވެސް ވިސްނުން ދެރަ ބައެއް މީ
ފާލު
01 March 2023
ވެރިއަކަށް ހުރިމީހާގެ ނެތީ ކަމެއް. ވެރިކަން ފައިސަލަށް ހަވާލުކޮށްދޭށޭ ކިޔާފައި މަޖުލީހަށް ސިޓީ ފުނުވީމަ، މަޖުލީހުން ފައިސަލު ގެނެސް އުއްތަމަ ފަނޑިޔާރު ކުރިމަތީގައި ރައީސް ކަމުގެ ހުވާކުރުވީ. އެކަން އެގޮތަށް ކުރީމަ، ވެރިއަކީ ފައިސަލުކަމަށް ބަލަންޖެހޭ ގާނޫނީ ގޮތުން.
މަޖީދު
01 March 2023
ޓޮމް މެން ޕޕޕ މެމްބަރުން މަޖިލީހުގަ ކުރާނެކަމެއް ނެތިގެންތަ ތިއުޅެނީ އަޅެ
މުޑަނަ
01 March 2023
ރައީސަކީ ޔާމީނުކަމަށް ކަނޑައަޅަން ގަރާރެއް ވައްދަންވީނު ޓޮމް އޭރަށް މާރަގަޅުވާނެއްނު ތެޔޮ ކޮންޓްރެކްޓްތައް އަނެއްކާވެސް ނެގޭނެއްނު އޭރަށް
ވަހީދުބޭބެޖ
01 March 2023
ނަޝީދަށް ނުވެގެން، ނުވިވާހަކަ މަޖުލީހަށް އެންގީމަ، ނާބަކަށް ހުރި ވަހީދު ހުވާކުރީ. އެހިސާބުން އޭނަ ވެއްޖެ ރައީސަކަށް. ހަމަ އެފަދައިން ސާލިހު އޮޕަރޭޝަނެއް ކޮށްގެން ހޭނާރާނެ ކަމަށް ގަބޫލު ކުރެވިގެން މަޖުލީހަށް ސިޓީއެއް ފުނުވީ. ނައިބަކަށް ހުރި ފައިސަލު ރައީސްކަމުގެ ހުވާކުރީމަ އޭނަ ގާނޫނީ ގޮތުން ރައީސަކަށް ނުވާނެތޯ؟
ރިޔާޒު ރަށީދު
01 March 2023
ތިބުނާ ދުވަހެއްގަ އަންނި ދިނީ އިސްތިއުފާ. އިބޫ ކުރިކަމަކީ ފައިސަލާ ވަގުތީ ގޮތުން ހަވާލުކުރީ.
ރަޝީދު ރިޔާޒު
01 March 2023
ވަގުތީ ގޮތުން ރައީސްކަން ނާއިބު ރައީސާ ހަވާލު ކުރެވޭތަ؟ މީ ކުޅޭކުޅޭ ކުޅިވަރެއްތަ؟
ރިޔާޒު ރަށީދު
01 March 2023
ނައިބަކީ ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތު ހަވާލުވާންޖެހޭ ހާލަތެއްގަ އެކަން ކުރަން މީހެއްކަން ނޭންގެންޏާ ދެން ކީއްކުރާނީ
ބުއްތަށި
01 March 2023
ތިޔަށްވުރެ މާ ރަނަގަޅުވާނެ ރައީސްއަކީ ޓޮމް ކަމަށް ނިންމަން ގަރާރެއް ހުށާހެޅިއްޔާ!
ކިރުތަށި
01 March 2023
މަޖަލެއްނޫން
ފޯކާސްޓަރު
01 March 2023
އަހަރުން، އާންމު ރައްޔިތުންނަށް އޮޅިގެން، ނޫނީ ނޭނގިގެންނެއް ނޫޅެމޭ މި ރާއްޖޭގެ ރައީސަކީ ކާކު ކަމެއް. ދެން ކޮންހާ ވަގުތެއްތަ ތިޔަ ބޭކާރުކުރަނީ. ބަޣާވާތްކުރަން އުތަ ތިޔަ ރެޑީވަނީ؟
ރައިސް ކްކަރު
01 March 2023
ގާނޫނީ ހަމަތަކުން ބަލާބަލަ ރައީސަކީ ކާކުތޯ؟ އަންނިގެ ސިޓީ މަޖުލީހަށް ދިޔަމަ ވަހީދު ހުވާކުރީ. އެހިސާބުން ވަހީދަކީ ރައީސް. އެމްޑީޕީން ހުޅުޖެހީމަ ވެސް ވަހީދު ހުރީ އެގޮތުގަ. ފައިސަލަށް ކެރުނު ނަމަ އޭނަ ހުންނާނީ ވެރިކަމުގަ.
ފަލޫދާ ޕާޓީ
01 March 2023
ތިޔަ ސުވާލު މައްސަލައަކަށް ވެގެން އުޅެނީ ޕީޕީއެމް ތެރޭގައި އެކަނި! އުފެދެންވީ ސުވާލަކީ ޔާމީނު ނޫން ބައިކުޅަބައި ލީޑަރެއް ނަމަވެސް ޕާޓީގައި އެބަހުރިހޭ؟ ކުރިއަށް ފައެއް އަޅަންނުކެރި ހީކަރުވާ ކިތަންމެ ބޮޑު ގްރޫޕެއް އޮތަސް އެއެންމެންނަކީ ވެސް އަމުދުން ގައުމެއް ހިންގަން ކަމުދާނެ ފިނޑިންނޭ. ދެވަނަ ލީޑަރަކަށް އެއްވަސްނުވެވޭ ނަމަ ތިޔައީ ސިޔާސީ ޕާޓީއަކަށް ވެސް ކުފޫހަމަނުވާ ގްރޫޕަކީ ނޫންހޭ؟ އަމިއްލަ މައްސަލަ ހައްލުވޭތޯ އުޅެން ވެއްޖެ ނޫންހޭ؟
އެހެންވީމަ ރައީސް ފައިސަލު
01 March 2023
ތިވަރަށް ޒާޓީ ނުވެ މިކަމުގެ ގާނޫނީ ހަމަތައް ހުރިނެތްގޮތް ބަލާބަލަ. ސާލިހު އޮޕަރޭޝަނެއް ކުރަން ޖެހިގެން އަހާލީމަ ޑރ ބުނީ ހެއިއެރުން ފިޕްޓީ ފިފްޓީއޭ. އެހެންވެ މަޖުލީހަށް ސިޓީއެއް ފުނުވީ ވެރިކަން ފައިސަލަށް ވަހާލުކުރަން. މަޖުލީހުން އުއްތަމަ ކުރިމަތީގައި ފައިސަލު ލައްވާ ރައީސްކަމުގެ ހުވާ ކުރުވީ. އެހިސާބުން ވެރިމީހާ އަކީ ފައިސަލަށްނޫންތަ ވާނީ.