އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު: އޭނާ ވިދާޅުވީ ސަލަފަކީ ސިޔާސީ މަސައްކަތްކުރަން ނުކެރުނު ބަޔަކު ފިލާ ތިބި ޖަމާއަތެއް ކަމަށް. -- ފޮޓޯ: ރައީސް އޮފީސް
01 މާޗް 2023 - 13:02
ޖަމިއްޔަތުއް ސަލަފަކީ ސިޔާސީ މަސައްކަތްކުރަން ނުކެރުނު ބަޔަކު ފިލާ ތިބި ޖަމާއަތެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ސަލަފުން އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމުންނެވެ. ޕީޕީއެމުން ބުނި ގޮތުގައި، އެއީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީއާއެކު ސަލަފުން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނިޒާރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިންގެ ބައިވެރިވުމާއެކު މިފަދަ ކަންކަން ހިންގުމަކީ ހިތާމައެއް ކަމަށެވެ.
ގާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމިއްޔާތަކަށް، ޖަމިއްޔާތަކުގެ ރަޖިސްޓްރާ ނަސޭހަތްތެރިވެ، އެކަން ހުއްޓުވަން ޖެހޭ: ނިޒާރު
އޭނާ ވިދާޅުވި ގޮތުގައި، އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ހުއްދަކުރާ ބައްދަލުވުމެއް ނޫނެވެ. ސިޔާސީ ޕާޓީތަކާއެކު އިންތިހާބުތަކާ ގުޅޭ މަޝްވަރާކޮށް، ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަންނަން ވާނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޕާޓީއެއް އުފައްދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޖަމިއްޔާތަކުގެ ގާނޫނުގައިވާ ގޮތުން އެއްވެސް ޖަމިއްޔާއަކުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާކަމެކެވެ.
2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި @JAMIYYATHSALAF އިސްވެރިންނަށް ވަރަށް ބޮަޑަށް ޝުކުރު ދަންނަވަން. pic.twitter.com/4gq7CFfEBn
— Progressive Party of Maldives (@ProgressPartyMV) February 28, 2023
"އިސްލާމްދީނުގެ ދައުވަތަށް ހާސިލްވެ މަދަނީ ޖަމިއްޔާ ހިންގަން ވާނީ ގާނޫނުގެ ތަރަހައިގެ ތެރޭގައި،" ނިޒާރު ވިދާޅުވި އެވެ.
"ގާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމިއްޔާތަކަށް، ޖަމިއްޔާތަކުގެ ރަޖިސްޓްރާ ނަސޭހަތްތެރިވެ، އެކަން ހުއްޓުވަން ޖެހޭ."
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅުން ސަލަފާއެކު މަޝްވަރާކޮށްފައި ވާއިރު، އެ ޖަމިއްޔާއިން މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް މިފަހުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެ ޖަމިއްޔާއިން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ކުރީގެ ރައީސް ޔާމީނަށް ތާއީދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްސެ
02 March 2023
ސަލަފުން ސިޔާސީ ދާއިރާއަށް ނިކުންނަން ނުކެރެނީ ނިކުމެއްޖިއްޔާ އެތެރެން ލާ ދާވެ ހަޑިވެފަ ހުރި ގަންޖުފަރާސް ބޭރަށް ނެރެ ހާމަވާން ފަށާފާނެތީ...
ސަލަފް އަވަސް
02 March 2023
ކުރިއަރުވަ
ކުޑޭ
02 March 2023
ސަލަފުގަ ވަރަށް ރަނގަޅު އިލްމުވެރިން އެބަތިބި، ސަލަފުގެ އަގުވެއްޓެނީ އަލީ ރަމީޒާއި ބިންޖަނާބު ގެ ސަބަބުން
ޒުވާބު ނުކުރެ
02 March 2023
ދީނީ ޖަމްޢިއްޔާއަކަށް ސިޔާސީ މީހުނާވެސް ވާހަކަ ދެކެވޭނެ. ދީނީ ބަޔަކަށް ސިޔާސީ ޕާޓީވެސް ހެދޭނެ މަގާމުވެސް ހޯދޭނެ. ކޯލިޝަންވެސް ވެވޭނެ. އެހެން ޕާޓީތައްވެސް ދީނީ ޖަމާޢަތްތަކާވެސް ބޭނުންވީމާ އެޑީލްކުރަނީނު. ދެރައީ ދެބައިމީހުން ވެސް ތިތިބަ އަނެއްކޮޅަށް ކަންކަން ޙަރާމް ކުރަނީނުން. ހަމަ ނާޖާއިޒު ދީނީ އެވެވެނީ. އެކަމަކު ނަޒީރު އެބުނިހެން، ސަލަފު ޖަމްޢިއްޔާ ތިގޮތަށް އުޅެންވިއްޔާ އިލެކްޝަންސްގަ ރަޖިސްޓްރީވުން އުސޫލަކީ.
ކަކުނިބޯ
01 March 2023
ރަނގަޅުގޮތަކީ އެމް ޑީ އެން ނޫން އެހެންޖަމިއްޔާތަކުގެ ވާހަކަތޯ؟
1206
01 March 2023
ސިޔާސީންނާ މަދަނީ ޖަމިއްޔާ އަކުން ބައްދަލުކުރުން، ސިޔާސީ ވާހަކަ ދެއްކުން، ސިޔާސީ ފިކުރު ފާޅުކުރުން ދިވެހި ޤާނޫނުތަކުން މަނާ ކުރޭތޯ ނޫސްވެރިޔާ ބެލިންތޯ؟ ބެލި ނަމަ އެ ބެލުމުން ނޫސްވެރިޔާ އެނގުނު އެއްޗެއް ޚަބަރު ކިޔާ އާންމު މީހާއަށް ތިލަކޮށް ދިނުން އެއީ ނޫސްވެރިޔާގެ ޒިންމާ. ނުބަލާ ނަމަ، އެއީ ޚަބަރު ފެތުރުމުގެ ޒިންމާއަށް ނޫސްވެރިޔާ ވެފައިވާ އިހުމާލެއް. މަ ބުނާނީ: ބައި ދޮގު ތެދަކަށް ނުވޭ. އަދި، ބައި ތެދު ގޮދަކާ އެއްވަރު. މިއީ އަސާސީ ނޫސްވެރިކަން.
ކަނބިލި
01 March 2023
ދީނުގެ ނަމުގައި ސިޔާސީ ޕާޓީ ހަދައިގެން އުޅެނީ ދުނިޔަވީ މަންފާއަށް. އަދާލަތު ޕާޓީ ދީނުގެ ޓެގު އަޅައިގެން ދީނަށް ޓަކައި ގައުމަށްޓަކައި ކޮންދިން އެންމެ ކަމެއްވެސް ބުނެބަލަ. މަގާމުތަކުގައި ޖީބަށް ބަރުވާ ގޮތަށް އުޅުންނޫން ކަމެއް ކުރެވޭބާ. ކޮންމެ ވެސް ބޮޑު ސިޔާސީ ޕާޓީއެއްގެ އެލިގަނެގެން އެކަށީގެން ނުވާ ބޮޑެތި މަގާމުތައް ހޯދައިގެން ކުރެވުނު ކަމަކީ ކޮބައިބާ. ކަލޭމެން އިޚްލާސްތެރި ނަމަ މިއަދު ކަލޭމެންގެ ފަހަތުގައިވެސް ރައްޔިތުންތަކެއް ތިބީސް.
12066
03 March 2023
އަދާލަތަށް ހަގީގަތް އެނގޭ. އެމީހުންނޫޅޭ މޮޔަވެގެނެއް. އިޙްލާސްތެރިކަމަކީ ތިމާއަމިއްލަޔަށް ހެދިގެންއުޅޭއްޗެއް. ވިހިރުފިޔާދިނަސް ވޯޓްދޭނެތިމާ
ނަމެއްނެތި
01 March 2023
ދީން ވިއްކައިގެން ދުނިޔޭގެ ދަހިވެތިކަމުގައި ބޮޑެތި މަގާމުތައް ހޯދާ މީހުންގެ ވާހަކަ ހުރިގޮތް ނިކަށް ދެކިލަބަލަ. އަދާލަތޭ މިކިޔަނީ ނީލަމުގައި ވިކޭ ބަޔަކަށް.
އެލަފު
01 March 2023
ސަރުކާރުގައި ތިބެގެން މިގައުމުގެ ފަތުވާ މަޖްލިސް ވާ ކޮށްލާފަ އެ ބާއްވަނީ ދީނީކަން ބޮޑުކަމުންތަ؟
ކޮބާއެމީހުން
01 March 2023
ސިޔާސީ މަންފާއަށްޓަކައި ދީން ވިއްކާލާފަ ބޮޑެތި މަގާމުތައް ހޯދައި، ކުރީގަ ލާދީނީކަމަށް ބުނި މީހުންނާ ފަހުން އެކުވީ ކޮން ދީނީ ޕާޓީއެއްތަ؟