މަރާލާފައިވާ މުހައްދު ލިޓަން (ކ) އަދި އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނިޒާމް (ވ)
03 މާޗް 2023 - 16:59
ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ލިޓަން މޫދަށް ވައްޓާލުމަށް ފަހު ބޯޓުގައި ހުރި އޭނާގެ ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ، ލިޓަންގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މުހައްމަދު ނިޒާމް ނެގި ކަމަށް ދައުވާގައި ބުނެފި އެވެ.
ނިޒާމްގެ މައްޗަށް ކުރި ދައުވާތަކުގެ ތަފްސީލް ހާމަކޮށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މީޑިއާއަށް ދިން މައުލޫމާތުގައިވާ ގޮތުން ލިޓަން މޫދަށް ވައްޓާލީ ވިލިމާލެއިން ފުރައިގެން ގޮސް ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް، އޭނާއަށް ނޭނގި ހުއްޓާ މޫދަށް ކޮށްޕައި ވައްޓާލައިގެންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލިމާލެ އިން ފުރި ތެޔޮ ބޯޓެއްގައި ހުރި ލިޓަންގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ. އެކަމަކު ނިޒާމްގެ މައްޗަށް މަރުގެ ދައުވާ އުފުލަން ނިންމިކަން ކުރިން ވެސް ވަނީ ހާމަކޮށްފަ އެވެ.
"މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ދުވަހުގެ އިރުއޮއްސި 7:00 އާއި، 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި. އެ މީހުން ދަތުރުކުރި "ހެދޭކުރި" ދޯނީގައި ހުރި މުހައްމަދު ލިޓޮންގެ 51،000 އަށް ވުރެ ގިނަ ފައިސާ މުހައްމަދު ނިޒާމް ވަނީ ވަގަށް ނަގާފައި،" ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ގަސްތުގައި މީހަކު މެރުމާއި ވައްކަން ކުރުމުގެ ދައުވާގެ އިތުރުން ނިޒާމުގެ މައްޗަށް ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.
އެ މަސްތުވާތަކެއްޗަކީ އެ މީހުން ދަތުރުކުރި ބޯޓުން ވަގަށް ނެގި ފައިސާއިން ގަނެފައިވާ ތަކެތި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާކުރަނީ ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ބަލައި ފާސްކުރިއިރު، ބަރުދަނުގައި 3.3 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.
މި ކުށްތަކުގެ ތެރެއިން މީހަކުމެރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. މި މައްސަލާގައި ނިޒާމްގެ ކިބައިން ގިސާސްގެ ދިޔައަށް ވެސް އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
05 March 2023
ހެޔޮ ނުވާނެ ދޯ އެކަން އެ ގޮތަށް ކުރާކަށް! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ!
ރަދީފްއޮފިޝަލް
05 March 2023
އެމް ޖޭގެ ''ސްމޫތު ކްރިމިނަލް'' ، މެޓަލިކާގެ ''އަންފޮގިވެން'' ކޫލިއޯގެ ''ގޭންގް ސްޓާސް ޕެރެޑައިސް'' އަދި ޓްރެސީ ޗަޕްމަންގެ ''ފާސްޓް ކާރ'' ފަދަ ލަވަތަކުގަ އެ ބުނެދޭ ވާހަކަތައް މިއަދުވެސް ރެލެވެންޓް.ވ.ވެދުން
ގަނަޕަތިބަައްޕާ
04 March 2023
ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. މީހަކު މަރާލާފައި އެކަން ސިއްރުކޮށްގެން ހުއްޓާ އެކަން ބޭޒާރުވާން ކަންތަށް މެދުވެރިވިގޮތް ނިކަން ދެކިބަލަ. ކަނޑުން މަރުވެފައި އޮތް ނުވެސް ދަންނަ އަދި ކާކުކަން ނޭނގޭ އިންސާނެއްގެ ހަށިގަނޑެއް ފެނިގެން އޭނާ ފަޟީޙަތް ވެގެން ދިޔައީއެވެ. އެ ކާކުކަން ނޭނގޭ ހަށިގަނޑާއި ލިޓަންގެ މަރާއި ގުޅިލާމެހިގެން ކަންހިނގާދިޔަގޮތް ތިމާގެ އަމިއްލަ ދުލުން ހުލާސާކޮށް މައްސަލައިގެ ފުނަށް އުނދަގުލެއްނެތި ވާސިލްވެ ނިމުނީ. ﷲއަކްބަރު
ޚޮސްކޮސް
04 March 2023
ކޮއްޕާވައްޓާލި ނަމަ ފެނުނީސް ، ތިވާނީ މަރާލާފަ ބަރުއެލުވާފަ ދޫކޮއްލީކަމަށް ، އަދި ލިޓޮން ކޮންތާކުން ހޯދި 51000 ރުފިޔާއެއް؟ ތިތެޔޮބޯޓުގެ މުސާރަހާދަބޮޑޭދޯ
ކޮތަރޭ
04 March 2023
ޓެރަރިޒަމް ގެ ދައުވާ ސާބިތު ވެއްޖެ ނަމަ 15 އަހަރަށް ޖަލަށް. މީހަކު މަރާލައިފިނަމަ 10 އަހަރަށް ޖަލަށް. ޖުޑީޝަރީ އާއި މަޖިލިސް ސެކިއުލާ ވީމާ ވާނެ ކަންކަން މިފެންނަނީ.
އަބްޑޫޅް
04 March 2023
ރާއްޖޭގެ ގާރޫނުތައް، އަންދުވަހު އާދަ މަތީން، ޒަމާނޫއްސުރެން ސެކިޔުލާ އެވެ. ނޭގެނީ ތަ އެވެ؟
އައިމިނާ
03 March 2023
ބޮޑުވަރު . މީހަކުމެރޫމަ 10 އަހަރު ގެ ޖަލުޙުކުމެއް. އެހެން ވުމުން މިހާރު ބޮޑުކަމަކަށް ނުވޭ މީހަޖުމަރާލުން އެ މީހުން ގާތުގަ.
ބޮޑުމީހާ
03 March 2023
މިކަހަލަ އިޖްތިމާއީ ކަމެއް ހައްލުުކުރަން ގޮވާލާނެ، މުޒާހަރާއެއްކޮށްލާނެ ސިޔާސީ ޕާޓީއެއް އެކްޓިވެސްޓެއް ދިވެއްސެއް މިގައުމުގައި ނެތް. ކޮންމެވެސް މީހަކު ޖަލުން މިނިވަންކުރުމާއި، ކޮންމެވެސް މިނިވަންކަމެއް ހޯދުމާއި، ޑިމޮކްރަސީ ހޯދަން މަގުތައް އޮންނާނީ ފުރާލާފައި. މިނިިވަންކަމާއި ޑިމޮކްރަސީ މިއަދު ލިބި އާއްމު ހާލަތު އޮތީ ކިހިނެއްތޯ ސުވާލުކޮށްލާނެ މީހަކު ނެތް
ޑިމޮކްރަސީ
04 March 2023
އެންމެން އަހަނީ ޑިމޮކްރަސީ ކޮބާހޭ، އެކަކުވެސް ނާހާ ޑިމޮކްރަސީ ކިހިނެއްހޭ ?
ބޮޑުމީހާ
03 March 2023
މަސްތުވާތަކެތީގެ ވަބާގައި ޖެހި އަތުންފައިން ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭ ހިސާބަށްގޮސްފި. މަސްތުވާ އެތިކޮޅެއް ގަންނަން ލާރިކޮޅެއް ލިބެން އޮތީ މީހެއްގެ ފުރާނަ ދުއްވާލައިގެން ކަމަށްވަންޏާ އެކަންވެސް ކުރަން ފަސްނުޖެހޭތަން މިފެންނަނީ. ގައުމުގެ ވެރިން ގާނޫނު ހިންގުމުގެ ބަދަލުގައި ކޯލިޝަން ހަދަން އުޅެނީ، ރައްޔިތުން މިތިބީ އެމީހުންގެ އަވާގައިޖެހި އަވާމެންދުރެއްގައި، ޖީލުތަކެއް ހަލާކުވެ ނެތި މިދަނީ ހަރުދަނާ ސިޔާސަތެއް ނެތުމާއި ފީކަޅާ ވެރިންގެ ސަބަބުން
ހިލްޓަން ޚަލީލް
03 March 2023
ބައިލައްކަ އައްވެސް މިހާރު މީހުން މަރަނީ ދެއްތޯ؟
ކުރަންވީއޭ
03 March 2023
ތިޔާއީ ފުލުހުން ބުނާ އެއްޗެއް އެކަނި ދޯ އަޑު މިއިވެނީ ހަގީގަތުގައި ޖެހޭނެ ދެ ފަރާތުން ވެސް ދައްކާ ވާހަކަ އަޑުއަހަން ފުލުހުންނަށް މަމެން ދުވަހަކު ވެސް އެއްގޮތަކަށް ވެސް އިތުބާރު ނުކުރަމޭ ދެން ކުފޫ ހަމަ ނުވާ މީހުންނޭ ޕޮލިހުންގެ އިދާރާ ގައި ތިބެނީ މުޅިން ވެސް ފުލުހުންގެ އިދާރާ އުވާލާ ސިފައިންނާއި އެކަން ހަވާލު ކުރަންވީއޭ...
ޑެނީ
03 March 2023
ނޫނޭ ފުލުހުން ކުރާ ގިނަ ތަހުގީގް ތައް ވަރަށް ދިމާވޭ ހާއްސަކޮއް މަރުތަކުގެ މައްސަލަ ސީދާ ބައިވެރިވި މީހުން ހޯދާފަ ހުރީ . މަށަށް މިވީ ތާ ހަމައެކަނި ފުލުހުންގެ ތަހުގީގަކުން ގަބޫލު ނުކުރެވޭ މަރުގެ މައްސަލައެއް ފާހަގަ ވީ އަފްރާސީމް މައްސަަލަ އެކަނި
Draw your our
03 March 2023
ރަގަޅުު ވާހަކައެއް. ރައްޔިތުންގެ ބައިތުލްމާލު ން މުސާރަ ނަގައިގެން ބޮޑުކަޑަން ތިބޭ ބައެއް. ގައުމުގެ އަމާންކަން ކީއްކުރަން ޓްރެފިކްވެސް ބަލަހައްޓައި ނުލެވޭބައެއް
އެލްއޯއެލް
04 March 2023
ޝަރީއަތުގެ މަޖިލީހަށް ވަނީމަ ދެކޮޅު ގެ ވާހަކަ އަޑު އިވޭނެ. އެކަން ކޮށްލާ.