މިދިޔަ މެއި މަހުގެ ތެރޭގައި ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ނިންމާލުމުގެ ރަސްމިއްޔާތު: މިފަހަރުގެ ސާވޭ ކުރިއަށް ގެންދިޔައީ އުތުރުގައި.
03 މާޗް 2023 - 20:23
އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ތިން ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭގައި ބައެއް ސަރަހައްދުތަކުގައި އުދައިގެ އޮބްޒަވޭޝަންތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ނޫސްބަޔާނުގައި ބުނީ އިންޑިއަން ނޭވަލް ޝިޕް އިންވެސްޓިގޭޓާ އިން ޖެނުއަރީ 19 އިން ފެބްރުއަރީ 26 ގެ ނިޔަލަށް ހައިޑްރޯގްރެފިކް ސާވޭގެ ތިން ވަނަ ބުރު ކުރިއަށް ގެންގޮސްފައި ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހއ. އާއި ހދ. އާއި ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރުގެ ސަރަހައްދު ސާވޭ ކޮށްފައިވާ ކަމަށެވެ.
މި ސާވޭ ނިންމައި، މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި އެ ގައުމުގެ ސަރުކާރުން ވަނީ ސާވޭ ކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްފަ އެވެ.
އެ ސާވޭގައި އެ އަތޮޅުތަކުގެ 6،308 ކިލޯމީޓަރުގެ ސައުންޑިން ކަށަވަރު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ ސައުންޑިން ލައިންތަކުން 2،630 އަކަ ކިލޯމީޓަރުގެ ސާވޭއެއް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި އިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓް ހަދާފައި ވަނީ 1934 ވަނަ އަހަރު ކުރި ސާވޭތަކުގެ މައްޗަށް ބިނާކޮށެވެ. އެހެންވެ އެ ސަރަހައްދުގެ ސާވޭ ހެދިއިރު އެތަން ސާވޭ ކުރީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އެކި އުޅަނދުފަހަރު ބޭނުންކޮށްގެން ކަމަށް ބުންޏެވެ.
"ހެލިކޮޕްޓަރާއި ބޯޓު ދަތުރުތަކާއި 88 ކިލޯމީޓަރުގެ ފައި މަގުގައި ސާވޭކުރުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ސާވޭކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައިވޭ. މި ސާވޭގައި އިހަވަންދިއްޕޮޅު އަވަށުގެ ތެރެއިން އަލަށް 52 ޝޮލް ފެނިފައިވޭ." ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން ބުނީ އެ ސާވޭގެ ސަބަބުން އުޅަނދުފަހަރުގެ ނޭވިގޭޝަން ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިގްތިސޯދު ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށެވެ. އޭގެ ތެރޭގައި އަޕްޑޭޓް ނޭވިގޭޝަން ޗާޓާއި އިލެކްޓްރޯނިކް ޗާޓުތައް އުފެދޭނެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ކުޅުދުފުއްޓާއި މާރަންދޫ އަދި ހޯރަފުށީގެ އުދައިގެ އޮބްޒަވޭޝަންތަކެއް ވެސް މި ސާވޭގެ ތެރެއިން ކުރި އެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި އެ ސަރަހައްދުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް ބުންޏެވެ.
"ކުޅުދުފުއްޓާއި މާރަންދޫ އާއި ހޯރަފުށީގައި ވެސް އާ ބެންޗްމާކްތަކެއް ގާއިމުކޮށްފައިވާއިރު އޭގެ ސަބަބުން އުދައިގެ ސައްހަ ރީޑިން އާއި އަންދާޒާތަކަށް މަގުފަހިވެގެންދާނެ އެވެ،" ހައިކޮމިޝަނުން ބުންޏެވެ
އެ ސާވޭގެ ސަބަބުން، އިހަވަންދިއްޕޮޅާއި ތިލަދުންމަތި ހިމެނޭ ގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ޗާޓް ޗާޕުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ.
ހައިކޮމިޝަނުން ބުނި ގޮތުގައި އެ ސާވޭ ކުރިއަށް ގެންދިޔައީ ސިފައިންގެ ތެރޭގައި ހައިޑްރޯގްރެފިކް ފެސިލިޓީތައް ގާއިމުކުރުމަށް އިންޑިއާ އިން ރާއްޖެ އަށް އެއްބާރުލުން ދިނުމުގެ ސިޔާސަތުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުމުގެވެދުން
04 March 2023
އިންޑިއާ ނޭވީއަށް ސާރވޭން ވީ ހަމަ އެއްވެސް ފައިދާއެއް ނެތްކަމަށް އެހީކުރުވަނީ. ކިހާ ގަބޫލުކުރެވޭ ވާހަކައެއް. އެއީ ކުރިއަށް އޮތްތަނުގަ މިމީހުންނަށް ކިހާ މުހިއްމު ސަރަހައްދަކަށްވީމަ އެވަރުގެ ތަފްސީލު އެ ހޯދީ. މަޖްލިހުގަ ހުސް ފުޅިތަޅަން ދަސްވެފަ ތިބޭ މީހުންނަކަށް އެކަހަލަ ކަންކަން ދެނެގަންނާކަށް ނޭނގޭނެކަން އިންޑިއާއަށް އެނގޭނެ.
ޖާބެ.
04 March 2023
ނެސްޓް ފޮ އިންޑިޔަން ސަބްމެރީންސް ޒަކަރިޔިޔާ ތިކުރީ މިގައުމައް ދިވެހިން ތާރީހުގަ ދުވަހަކުވެސް މާފެއް ނުކުރާނެ އަދި އަދަބުވެސް ދޭނެކަމެއް
ބަރަބަރި
04 March 2023
އުދަ އެރުމުގެ ކަންކަމާ ވެސް ހަވާލުވީ ތަ މިހާރު
ހަސަންދީ
04 March 2023
ހާދަ ގަމާރޭދޯ؟ ސަބްމެރީން ދުއްވާކަށް ކަޑުގެ އަޑީގެ ޗާޓެއް ބޭނުމެއްނުވާނެ، ސަބްމެރީނަކީ އެއައްވުރެ މާއެޑްވާސް އެއްޗެއް 2 ވަނަ ބޮޑުހަގުރާމައިން ފެށިގެން ދުނިޔޭގައި ސަބްމެރީން ބޭނުންކުރަނީ ކަޑުގެޗާޓެއް ކުރަހާގެނެއްނޫން އެތައްކިލޯމީޓަރެއް އޭގެން ސްކޭންކޮށް ވަގުތުން ވަގުތައް ހުރިހާ ޑީޓޭލެއް ލިބޭނެ އެއީ ކަޑުކޮހުން ހަދާފަހުރިއެއްޗެއްނޫން..
އިސްތިރި
04 March 2023
ހެހެ ކަލޯ ސަބްމެރިންއަކީ ސްކޭންކުރަމުން ބަރުގޮނު އަޅަމުން ދުއްވާ އެއްޗެއްނޫން އެއްވެސްކަހަލަ ސިގްނަލެއް ބޭރު ނުކޮށް ދުއްވަންޖެހޭ އެއްޗެއް އެއީ. އެހެންނޫނީ ސަބްމެރިން އޮތްތަން ފަޅާއަރާނެ ވަގުތުން. ކަލޭ ހިތުން ވަރަށް މޮޅު ވާހަކައެއްތާދޯ ތިބުނީ.
ޝޮކްތެރަޕީ
04 March 2023
މި ސަރުކާރު ވަރައް ކަޑަ.
މުޑަހަންޖާ
04 March 2023
އެމެރިކާގެ ސަބްމެރިންއެއް ސައުތުޗައިނާކަނޑުއަޑީގެ ތިލައެއްގަޖެހި ހަލާކުވިތާ ދުވަސްކޮޅެއްނުވެ ނޭޓޯގައި ހިމެނޭ އިނގިރޭސިވިލާތުންވެސް ކުއްލިއަކަށް ދިރާސާއޭ ކިޔައިގެން ކުދިކުދި ސަބްމެރިންގަ ރާއްޖޭގެ މުހިންމު ދިމަދިމާލަށް ފުލުފުލުގަ ފީނަން ފަށައިފި. އެމީހުން އެކަންކުރަނީ ސައިންޓިސްޓުންނޭކިޔާފަ އޮފީސްތަކު ކުދިންވެސް އެއަށް އަރުވައި ފޮޓޯނަގަނަގާފަ ނޫސްތަކުގަ ޖަހައިގެން. އައްޑޫ ދެކުނު ތިލައިގެ ޑޭޓާވެސް އެންމެފަހުން ނަގައިފި.
ފަހުދު.
03 March 2023
ދެން އިންޑިޔާ ސަބްމެރީން ތަކައް ރާއްޖޭގެ ކަންޑުއަޑިގައި ހަމަޖެހިލައިގެން އުޅެލެވޭނެ. މިވަރުގެ ކަނޑުކޮހުން މި ރާއްޖޭގައި އުޅުނު އެހެން ޒަމާނެއް ނާދޭ
ތައްޓޭ
04 March 2023
ބަލަގަ ސަބްމެރީންތަކުގައި ހުރެޔޭ އެތައްހާސް ފޫޓެއް ސްކޭންކޮށް އެދަތުރުކާ މިސްރާބުގެ އުސްމިނާ ތިރިމިނާ ހުރިހާއެއްޗެއް ފެންނަން ކުޑާކޮށް ގޫގުލް ދޮންބެކައިރީ އަހާފަ ތިފަދަ މޮޅުވާހަކަ ދައްކަބަލަ .. ހެހެހެހެ
ދޯޕައްޓާ
04 March 2023
ކަނޑުއަޑީގެ އުސްމިނާއި ފުންމިން ބެލޭނެ ހަމައެކަނިގޮތަކީ އަޑު ފޮނުވުން. އަޑުއަޑުލައްވަމުން ދުއްވަން ބިލިއަން ޑޮލަރު ހަރަދުކޮށްގެން ކޮންމެހެން ސަބްމެރިން ބަންނާކަށްނުޖެހޭދޯ. ކަލޭ ތިދައްކަނީ އުމަރު ސަބްމެރިންގެ ވާހަކަ ކަންނޭގެ.
ޖީޕީއޭ4.0
03 March 2023
ޝަމާލްމެން ލަދުގަންނަންޖެހޭނެ ޔުނިފޯރމް އަޅައިން ހުވާ ކޮއްގެން ތިބެ ޤައުމު ތިހެން އެހެން ބަޔެއްގެ ނުފޫޒުގެ ދަށަށް ދޫކޮށްލަން. ހަމަ ރަގަޅަށް ފިތިފަ. މިފަހަރުގެ ރިޔާސީ ވޯޓަކީ ޤައުމު ސަލާމަތްކުރަންދޭ ވޯޓެއް.
މޮހިތު
03 March 2023
އިންޑިޔާ އަށް ރާއްޖޭގެ ކަނޑުއަޑީގެ ބުލޫ ޕްރިންޓެއް ތިޔަ ދިނީ..! ކޮން އުދައެއް؟
މިހާރު އަސްލު
03 March 2023
ހަގީގަތަކީ ސަބްމެރިން ދުއްވޭނެ ގޮތާއި ކަނޑުގެ އަޑިގުދަންތައް ހޯދުން